26 May 2021 | 15:09
އިންޑިއާގެ ޓޫލް ކިޓުގެ އަދިރިފަރާތާއި މޯދީ ސަރުކާރު

އިންޑިއާގެ ފުލުހުންގެ ޖަމާއަތެއް މިދިޔަ ހޯމަދުވަހު ވެރިރަށް ނިއުދިއްލީގައި ހުންނަ ޓްވީޓަރު އޮފީހުގެތެރެއަށް ތަހްގީގެއް ހިންގަން ވަދެއުޅުނެވެ. އެމީހުންދިޔައީ އިންޑިއާ ޓްވީޓަރު އޮފީހުގެ ވެރިޔާއަށް އެތަހްގީގުގެ ނޯޓިސް ދިނުމަށެވެ. ފުލުހުން ތަހްގީގުކުރަން އުޅެނީ " ކޮވިޑް 19 ޓޫލްކިޓް" ގެ ނަމުގައި ޓްވީޓަރުގައި ދައުރުވި ޕޯސްޓަކާއި ގުޅިގެންނެވެ. ފުލުހުން ޓީމެއް ޓްވީޓަރު އޮފީހުގެތެރެއަށްވަނީ ' ކޮވިޑް 19 ޓޫލްކިޓް" މިޕޯސްޓަކީ ވަރަށް ބޮޑަށް ކަންކަން އޮޅުވާލައިގެން ކޮށްފައިވާ ޕޯސްޓެއްކަމަށް ވެރިކަންކުރާ ބީޖޭޕީގެ ލީޑަރެއްކަމުގައިވާ ސަމްބިތާ ޕަތްރާ ވިދާޅުވެފައިވަނިކޮށެވެ.

ބީޖޭޕީން ތުހުމަތުކުރަނީ ޓޫލްކިޓް މިއީ ކޮވިޑާއި ގުޅިގެން އިންޑިއާއާއި އަދި ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އަގުވަށްޓާލުމަށް އިދިކޮޅު ކޮންގްރެސްޕާޓީން އަޑީގައި އޮވެގެން ފަތުރާ އެއްޗެއްކަމަށެވެ. އަގުވަށްޓާލަން ގޮވަނީ " އިންޑިއާ ސްޓްރެއިން" އަދި މޯދީ ސްޓްރެއިން" އެވެ. އެކަމަކު ކޮންގްރެސް ބުނަނީ މިއީ އެޕާޓީގެ އަގުވަށްޓާލުމަށްޓަކައި ބީޖޭޕީން އަޑީގައި އޮވެގެން ފަތުރާ ފޭކް ޓޫލް ކިޓެއް ކަމަށެވެ. އަދި ކޮންގްރެސްއާއި ގުޅުވަން ފޭކް ވަގު ލިއުމެއް ހަދަން އެޕާޓީގެ ލޯގޯ ހިމެނޭ ޑޮކިއުމަންޓެއް ފޯޖްކުރިކަމަށް ބީޖޭޕީގެ ލީޑަރުންގެ މައްޗަށް ތުހުމަތުކޮށް އެމަސައްލަ ބަލައިދޭން ކޮންގްރެސްއިން ފުލުހުންނަށް ހުށަހަޅާފައިވެއެވެ.

އިންޑިއާގެ "ޓޫލް ކިޓް " ގެ މައްސަލަ އެންމެ ފުރަތަމަ ހިލުނީ ފެބްރުއަރީމަހުގެތެރޭގައި އެގައުމުގެ ދަނޑުވެރިން ސަރުކާރާއި ދެކޮޅަށްކުރި ބޮޑު މުޒާހަރާއަށް ތާއިދުކުރުމަށް ސޯޝަލް މީޑިއާގެ ތެރޭގައި ފެށުނު ހަރަކާތަކުންނެވެ. " ޓޫލް ކިޓް" އަކީ އެމުޒާހާރާއަށް ތާއީކުރާކަން ދެއްކުމަށް ކުރެވިދާނެ ކަންކަމުގެ މައްޗަށް ލިޔެފައިވާ ލިޔުމެއް ފައިލެކެވެ.

މިފައިލް ހިމެނޭ ހޭޝްޓެގެއް ތައްޔާރުކުރެވި ސޯޝަލް މީޑިއާގެތެރޭގައި ދައުރުވާން ފެށުމުން އިންޑިއާ ސަރުކާރުން ވަރަށް ހަރުކަށިކަމާއެކު އެއާއި ކުރިމަތިލިއެވެ. މިއީ ބޮޑުވަޒީރާއި ސަރުކާރުގެ އަގު ވަށްޓާލުމުގެ އިތުރަށް އިންޑިއާގެ އަގުވަށްޓާލުމުގެ ހަރަކާތެއްކަމަށް ސިފަކޮށް އެޓޫލް ކިޓް ފައިލް ޝެއަރކޮށްގެން އުޅުނު ޒުވާންކުދިންތައް ހިފައި ހައްޔަރުކޮށް ޖަލަށް ލިއެވެ. މިހާރުވެސް އޮތީ ޝަރީއަތް ހިންގާލަ ހިންގާލައެވެ. އެކުދިން ޖަލުގެ ތޭރިތަކުގައި ތިއްބައި ބައެއްކުދިންގެ އާއިލާގެ މީހުން ކޮވިޑް ބަލީގައި މަރުވެ ދިޔަ ޚަބަރު އިންޑިއާގެ ނޫސްތަކުގައި ޖެއްސެވެ. ދުނިޔޭގެ ވަރަށް މަޝްހޫރު މީހުންވެސް މިހޭޝްޓެގް ޝެއަރކޮށް ދަނޑުވެރިންގެ މުޒާހަރާއަށް ތާއީދުކުރާކަން ފާޅުކުރުމުން އެކަމާއިދެކޮޅަށް ތެދުވީ އިންޑިއާގެ ޚާރިޖިއްޔާއިންނެވެ.

ކޮންމެއަކަސް އިންޑިއާ ސަރުކާރާއި އެގައުމުގެ ބޮޑުވަޒީރަށް ފާޑެއް ކިޔައިފިނަމަ މިހާރު ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީކަމަށް ބުނާ އިންޑިއާ ސަރުކާރުން އެކަން ވަރަށް ސީރިއަސްކޮށް ނަގައި، ގައުމުގައި އެކަހަލަ ވާހަކައެއް ދައްކައިފިނަމަ އެމީހަކު ހައްޔަރުކޮށް ޖަލަށްލައި މިކަހަލަ ކަންތައްތައް ކުރާތަންދަނީ ފެންނަމުންނެވެ.

ކޮވިޑްގެ ދެވަނަ ރާޅުގެ ތެރޭގައި އެގައުމަށް ކުރިމަތިވި މުސީބާތުގެ ދަނޑިވަޅުގައި ހޮސްޕިޓަލްތައް ފުރި އިންޑިއާގެ ސިއްހީ ނިޒާމު ގާތްގަޑަކަށް އިދަޖެހި، ބަލިވާ ރައްޔިތުމީހާއަށް އިންޓެންސިވްކެއަރގައި ނޭވާލާނެ އޮކްސިޖަން ކޮޅެއް ނުލިބި، ހޮސްޕިޓަލްތަކަށް ބަލިމީހުން ނުވައްދައި ބަލިމީހުން މަގުމަތިވެ، ދޭނެ ބޭހެއް ބޭސްފިހާރައަކުން ނުލިބި، މަރުވާ މީހުންގެ ހަށިތަކަށް ހަދާނެގޮތެއް ނޭގި، ނަފްސީ ނަފްސީއަށްވެ އަދި އަދަދު ކުރަން ނޭގޭހާ ގިނަ ބަޔަކު މަރުވެދިއުމުން ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ވަރަށް ބޮޑެތި ފާޑުކިއުންތަކެއް ކުރިމަތިވެ އޭނާގެ މަގްބޫލްކަން ވަރަށް ބޮޑަށް ދަށަށް ދިޔައެވެ.

މީގެ ދެހްފަތާއެއްކުރިން ނިއުދިއްލީގެ މަގުތަކުގައި ކޮންމެވެސް ބަޔަކު ލިއުންތަކެއް ތަތްކުރިއެވެ. އޭގައި ލިޔެފައި ހުންނަނީ ބޮޑުވަޒީރު މޯދީއަށް ނިސްބަތްކޮށް، އަހަރެމެންގެ ކުދިންނަށް ދޭން ހުރި ވެކްސިން އެކްސްޕޯޓް ކުރީ ކީއްވެގެންތޯއެވެ. އެލިއުންތައް ނުކުތުމާއެކު ނިއުދިއްލީގެ ފުލުހުން އެކްޓިވޭޓްވެ އެލިޔުންތައް އެޅި މީހުން ހިފައި ހައްޔަރުކުރިއެވެ. މިއީ ބޮޑުވަޒީރުގެ އަގުވަށްޓާލަން ކުރާ ކަމެއްކަމަށް ތުހުމަތުކޮށެވެ. މީހުން ހައްޔަރުކުރާން ފެށުމުން އިދިކޮޅު ޕާޓީތަކުން ވަރަށް ބޮޑަށް ސަރުކާރަށް ފާޑުކިއެވެ.

ދިވެހި ރާއްޖެނަމަ މިހާލަތު އޮތީ ބޮޑުވަޒީރުކަމާއި ރައީސްކަންކުރެއްވި އިބްރާހިމް ނާސިރާއި ރައީސް މައުމޫންގެ ދުވަސްވަރުއެވެ. އެލީޑަރުންނަށް މިހާރުގެ ދިވެހިން ނިސްބަތްކުރަނީ ޑިކްޓޭޓަރުންނޭ ކިޔައެވެ. ރައީސް ނުވަތަ ބޮޑުވަޒިރާއި ދެކޮޅަށް އެއްޗެއް ބުނާ ކޮންމެ މީހަކު ހިފައި ހައްޔަރުކޮށް އެއީ ގައުމީ ސަލާމަތާއި ގައުމުގެ އެއްބައިވަންތަކަމަށް ބުރޫއެރުވުންކަމަށް ތުހުމަތުކުރާނަމަ އެލީޑަރަކު އެވަނީ ހަމަ ކިތަންމެ ރީތި ހެދުމެއް ލައިގެން ކިތަންމެ އުސް ގޮނޑިއެއްގައި ވެޑުވިގެން އިނަސް އަދި ކިތަންމެ ބާރުގަދަ ހަތިޔާރެއް އަތުގައި އޮތަސް މިހާރުގެ މިނިވަން ޑިމޮކްރެސީގެ ފަލްސަފާއިން ކިޔާނަމަ ހަމަ އެމީހަކުވާނީ ރަތްލާޖެހި ޑިކްޓޭޓަރަކަށެވެ.

އިންޑިއާގައިވެސް އަޑުތައްދަނީ ގަދަވަމުންނެވެ. ސަރުކާރުން މިހާރު ނިންމާފައިވަނީ ބޮޑުވަޒީރުގެ މޫނުމަތި ރީތިކުރުމަށް ވަރުގަދަ ކެމްޕެއިނެއް ކުރުމަށެވެ. އެގޮތުން އެގައުމުގެ ވިލެޖްތަކާއި ތަންތަނަށް މިބަލިމަޑުކަމުގެތެރޭގައިވެސް ސަރުކާރުގެ ވަޒީރުންކުރެ ކޮންމެ މީހަކުވެސް ދަތުރުކޮށް މީހުންނަށް ސަރުކާރުން ފޯރުކޮށްދޭ އެހީތަކުގެ ވާހަކަދައްކައި ހަދަންޖެހޭނެކަމަށް ނިންމައިފިކަމަށް އެގައުމުގެ ނޫސްތަކުގައި މިއަދު ލިޔެފައިވެއެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސްކޫލުތައް އުފާވެރި މާޙައުލަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ: މިނިސްޓަރ
އެ ޚިޠާބުގައި ވަޒީރު ފާހަގަކުރެއްވީ ޢިލްމީ ފަންނުވެރި އަދި މަސައްކަތްތެރި ޖީލެއް ބިނާކުރުމުގައި މުދައްރިސުން ވާ ގުރުބާނީ ބަލައިގަތުމުގެ މުހިންމުކަމެވެ. މުޖުތަމަޢުގައި މުދައްރިސުންނަށް ޙައްޤު ގަދަރާއި އިޙްތިރާމު އިތުރުކޮށް އެ ދާއިރާ ކުރިއެރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
05 Oct 2026
ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
ފުލުހުން ބުނީ، މާލެއިން ފުރައިގެން އއ. ހިމަންދޫއަށް ދަތުރުކުރި ލޯންޗަކުން ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
05 Oct 2026
ކިނބިދޫ ގޮނޑުދޮށުން ވެލި ނުނެގުމަށް ކައުންސިލުން އިލްތިމާސްކޮށްފި
އެ ކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި ގޮނޑުދޮށުން ވެލި ނެގުމާ ގުޅޭ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ދަނީ ލިބެމުންނެވެ.
05 Oct 2026
މާލޭ ޓްރެފިކް މައްސަލައާ ގުޅޭ ގޮތުން މާލެ ޓްރާންސްޕޯޓް އޮފީހުން ސީޕީއާ ބައްދަލުކޮށްފި
ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ގްރޭޓާ މާލެ ސަރަޙައްދުގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅެން ހުރި ފިޔަވަޅުތަކާ ގުޅޭ ގޮތުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
05 Oct 2026
މުދައްރިސުންނަކީ ޤައުމުގެ ކުރިމަގު ބައްޓަންކޮށް ހިތްވަރު ދީ މަގު ދައްކައިދޭ ފަރާތް: ނައިބު ރައީސް
ދުނިޔޭގެ ޓީޗަރުންގެ ދުވަހާ ގުޅިގެން ރާއްޖޭގެ ނައިބު ރައީސް މުދައްރިސުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި އެ ފަރާތްތަކަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.
05 Oct 2026
ކުރިން އެމްޑީޕީން ބުނީ ރަސްމާލެއަކީ އަގެއް ނެތް ވެލިގަނޑެއް ކަމަށް
ރަސްމާލެ ހިއްކުމުގެ މަޝްރޫއު ފެށިގެން އައިއިރު އިދިކޮޅު ފަރާތްތަކުން އެއީ "އަގެއް ނެތް ވެލިގަނޑެއް" ކަމަށް ބުނެ ވާހަކަ ދެއްކި ނަމަވެސް، މިއަދު އެއީ ދައުލަތުގެ އެންމެ ބޮޑު ރައުސުލްމާލު ކަމަށް އެ ފަރާތްތަކުން ވެސް ގަބޫލުކޮށްފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ޙުސައިން އިމްރާން ލަޠީފް (އިއްމު) މިއަދު ވިދާޅުވެއްޖެއެވެ.
05 Oct 2026
އީގަލް ހިލްސް އެއްބަސްވުން ހާމަކުރުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި
ދޮޅު މަހުގެ ޗުއްޓީއަކަށް ފަހު މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމެވެ. އެ މައްސަލައިގައި ބަޔާންކޮށްފައިވާ ގޮތުން, ސެޕްޓެމްބަރު 21 ގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ރައްޔިތުންގެ ފައިސާއިން ހިއްކާފައިވާ ރަސްމާލެއިން 500 ހެކްޓަރަށް ވުރެ ބޮޑު ބިމެއް 99 އަހަރަށް އީގަލް ހިލްސްއަށް ދޫކޮށްލީ ބިމު ކުއްޔެއް ނުވަތަ އެކުއިޒިޝަން ކޮސްޓެއް ނެގުމެއް ނެތި, ހިއްކުމުގެ ޚަރަދު ވެސް ދައުލަތަށް އަނބުރާ ލިބޭނެ އެއްވެސް ގޮތެއް ނެތް ހާލުގައެވެ.
05 Oct 2026
އެމްބިއުލާންސާ ގުޅުވައި، ފަތުރާ ވާހަކަތައް ނަޑެއްލާ ކައުންސިލުން ކުށްވެރިކޮށްފި
ގދ. ނަޑެއްލާގެ މަގުތަކާ ގުޅޭގޮތަށް އެ ރަށަށް އައު އެމްބިއުލާންސެއް ގެނައުމާ ގުޅިގެން، ހަޤީޤަތް އޮޅުވާލައި އެކި ފަރާތްތައް ބަދުނާމުކޮށް ދޮގު ވާހަކަ ފަތުރަމުންދާކަން ފާހަގަކޮށް އެކަން އެ ރަށު ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.