މިސްކިތުން ނަމާދު ކުރާ ފަރާތްތައް ޖޫރިމަނާކުރަން ފަށައިފި

30 May 2021 | 10:07

މާލެ ސަރަހައްދުގެ މިސްކިތްތަކަށް އަރައި ނަމާދު ކުރާ ފަރާތްތައް ޖޫރިމަނާކުރަން ފަށައިފިއެވެ.

އިންޑިއާ ވޭރިއަންޓާއެކު މާލެ ސަރަހައްދުގައި ކޮވިޑްގެ ހާލަތު ގޯސްވެފައިވާއިރު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އިސްލާމިކް މިނިސްޓްރީން މެއި 19، 2021 ގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލަންއެންގުމަށް ފަހު މިސްކިތުން ފެން ކަނޑައި މިސްކިތްތަކުގައި ތަޅުއަޅުވާފައިވާއިރު، މިސްކިތްތަކަށް އަރާފަރާތްތައް ޖޫރިމަނާކުރަން ވެސް މިއަދު މިވަނި ފަށަފައެވެ.

އެގޮތުން މާލެ ލޮކްޑައުންކުރެވިފައިވާ ވަގުތު ބޭރުގައި އުޅުމަށް ފާސްލިބިފައިވާ މީހަކު މިސްކިތައް އެރުމުން އޭނާ 1000ރ އިން ޖޫރިމަނާކުރިކަމަށް ބުނެ އަހްމަދު ޢަލީ ނަމަކަށް ކިޔާ މީހަކު ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

"ފުރުގާން މިސްކިތުން ފޭބިވަގުތު ނަމާދުކޮށްގެންތޯ ފޭބީ ކިޔާފަ ސުވާލު ކުރުމަށްފަހު 10 ވަރަކަށް މިނެޓު ތެރޭ 1000 ރުފިޔާ އިން ޖޫރިމަނާކޮށްފައި. ސްލިޕްގައި އިންނަނީ ބޭރުގައި އުޅުމުގެ ހުއްދަ ނެތިގެންކަމަށް 119 އަށް ގުޅާލީމަ ބުނީ މިސްކިތައް ނަމާދައް އެރުމަކީ މަނާކަމެކޯ" އަހްމަދު ޢަލީގެ ފޭސްބުކް ސްޓޭޓަސްގައި ލިޔެފައިވެއެވެ.

މިސްކިތްތައް ތަޅުއަޅުވައި ފެން ކަނޑަލާފައިވާއިރު މާލެ ސަރަހައްދުގައި އޮފީސްތަކާއި، އެހެނިހެން މަސައްކަތް ކުރުމަށް ޖހުއްދަދެވި މީހުން ވަޒީފާތަކަށް ނިކުންނަމުން ގެންދެއެވެ. މާލެ ސަރަހައްދު ކޮވިޑްއާއެކު ހުއްޓިފައިނުވާ އިރު މިސްކިތްތައް މިފަދައިން ބަންދުކުރުން ވެގެންދަނީ ވަރަށް ގިނަ ފަރާތްތަކަށް ދަތިތަކާއި ކުރިމަތިލާންޖެހިފައިވާކަމަކަށްކަން މީސްމީޑިއާގައި އަޑު އުފުލަމުން އަންނަ ބައެއް އާންމުން ދަނީ އަޑު އުފުލަމުންނެވެ.

އެގޮތުން މާލެ، ވިލިގިލި އަދި ހުޅުމާލެ ގައި ދިރިއުޅޭ ފަރާތްތަކުން ރަށުން ބޭރުގައި ވަޒީފާ އަދާކުރާއިރު ނަމާދުކުރުމަށް ދާން ޖެހެނީ މިސްކިތަށެވެ. އެހެންކަމުން މިއީ މި ފަރާތްތަކަށް ނަމާދު ކުރުމަށް އެޅިފައިވާ ވަރަށްބޮޑު ހުރަކަހަށް މިވަނީ ވެފައެވެ.

މީގެ އިރުތުން ރާއްޖޭގައި ދިރިއުޅޭ ބޭރުގެ ފަރާތްތައް ވެސް ދިރިއުޅުމުގެ ހާލަތު ހުރިގޮތުން ގޭގައި ނުވަތަ ލޭބަރ ކޯޓާގައި ނަމާދު ކުރެވޭނެ ގޮތެއް ނެތް އިރު އެ ފަރާތްތަކަށް ވެސް ނަމާދުކުރުމަށް މިވަނީ ބޮޑު ގޮންޖެހުމަކަށް ވެފައެވެ.

މިސްކިތައް ނަމާދު ކުރަން އަރާފަރާތްތައް އެއްހާސް ރުފިޔާއިން އަންނަނީ ޖޫރިމަނާކުރަމުންނެވެ.

އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުން ކޮވިޑް19 އާއި ގުޅިގެން އަމަލު ކުރާ ގޮތްތަކަށް ގިނަ ބަޔަކު ފާޑުކިޔަމުން ގެންދާއިރު ރާއްޖޭގެ މިހާރުގެ ކޮވިޑް ހާލަތު ގޯސްވެފައިވަނީ އިންޑިއާ ވޭރިއަންޓް ރާއްޖެ އަށް ފެތުރުން ހުއްޓުވަން އަވަސް ފިޔަވަޅުތަކެއް ނޭޅުމާއި ލޯކަލް ކައުންސިލް އިންތިހާބަށް އިންތިހާއަށް ލުއިތައް ސަރުކާރުން ދީގެންނެވެ. އެގޮތުން ޕޮސިޓިވް ވެފައިވާ ފަރާތްތަކަށް ވެސް ވޯޓުލެވޭ ގޮތައް ހުޅުވާލައިގެން ވަނީ މިދިޔަ އިންތިހާބު ބާއްވާފައެވެ.

Advertisement

ކޮމެންޓް