30 May 2021 | 19:08
ބޮމުގެ ހަމަލާއާ ގުޅިގެން އެސްޕީޖީ އަށް ބަދަލުތަކެއް ގެންނަން މާރިޔާއަށް ރައީސް އެންގެވި: މަބްރޫކް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން، އެމްއެންޑީއެފްގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ) އަށް ބަދަލު ގެންނަން ޖެހޭ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، ޑިފެންސް މިނިސްޓަރ މާރިޔާ އަޙުމަދު ދީދީއަށް އެންގެވިކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް އަޒީޒު ވިދާޅުވެއްޖެއެވެ.

މަބްރޫކް މިހެން ވިދާޅުވީ، ކުރީގެ ރައީސުންގެ ސެކިއުރިޓީ ބަލަހައްޓާ ކޮމާންޑަރާއިއެކު އެސްޕީޖީގެ ލީޑަރޝިޕް ވަނީ ސަރުކާރުން ބަދަލު ކުރައްވާފައެވެ.

މިކަމާއި ގުޅޭގޮތުން ރައީސް އޮފީހުގެ ތަރުޖަމާން މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، 6 މޭ 2021 ގެ ޓެރަރިސްޓް ހަމަލައާ ގުޅިގެން ދައުލަތުގެ އިސްވެރިންނަށް ފޯރުކޮށްދޭ ސެކިއުރިޓީ އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސްގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕަށް ބަދަލުތައް ގެންނަން ޖެހޭ ކަމަށް ދެކިވަޑައިގެން އެކަން މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އަންގަވާފައި ކަމަށެވެ.

އެސްޕީޖީއަށް ގެނެސްފައިވާ ބަދަލުތަކަކީ ރައީސް ޞާލިޙުގެ އެންގެވުމަކަށް ގެނެސްފައިވާ ބަދަލެއްކަން ރަސްމީކޮށް އެނގިފައިވާއިރު، އެ ބަދަލުތަކުގެ ތެރޭގައި އެސްޕީޖީގެ ކޮމާންޑަރާއި ޑެޕިއުޓީ ކޮމާންޑަރު އަދި ފަސްޓް ސާޖަންޓުގެ މަގާމަށް އާ ބޭފުޅުން ވެސް ވަނީ ހަމަޖައްސަވާފައެވެ.

އެސްޕީޖީގެ ކޮމާންޑަރަކަށް ކުރިން ހުރި ކާނަލް ނަސްރުއްﷲ އިބްރާހިމް މަޖުދީގެ ބަދަލުގައި، އެސްޕީޖީގެ އާ ކޮމާންޑަރަކަށް ހަމަޖެއްސެވީ ލެފްޓިނެންޓް ކާނަލް އަބްދުލް މުއިއްޒު މުސްތަފާއެވެ.

އަދި އެސްޕީޖީގެ ޑެޕިއުޓީ ކޮމާންޑަރަކަށް އައްޔަން ކުރީ މޭޖާ މޫސާ އަމީޒެވެ. އަދި އެސްޕީޖީގެ ފަސްޓް ސާޖެންޓްގެ ގޮތުގައި ހަމަޖައްސާފައިވަނީ ފަސްޓް ސާޖެންޓް އަބްދުﷲ ޖަމީލެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާއި ގުޅޭ އިންޓެލިޖެންސް މަޢުލޫމާތު ނުލިބުމުގެ މައްސަލަ ބޮޑުވެފައިވާއިރު، އެމްއެންޑީއެފުން ވެސް ވިދާޅުވެފައިވަނީ އެ ހާދިސާގެ އިންޓެލިޖެންސް މަޢުލޫމާތު ކުރިން ލިބިފައި ނުވާކަމަށެވެ. އަދި މިކަމާއި ގުޅިގެން އިންޓެލިޖެންސް އޮޑިޓެއް ހެދުމަށް ރައީސް ޞާލިޙު ވަނީ ނިންމަވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
16 Sep 2026
ސިޔާސީ ލީޑަރަކު ޖަލަަކަށް ނުލަން، ބިރެއް ނެތި ސިޔާސީ މަސައްކަތް މިހާރު ކުރެވޭނެ: ރައީސް
ޕީއެންސީގެ ކޮންގްރެސް ނުވަތަ މަތީ މަޖިލީސް ފެށުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި އޮތް ސިޔާސީ ވެރީން ޖަލަށް ލުމުގެ ސަގާފަތް ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.
16 Sep 2026
އެތެރޭގެ އިންތިހާބަށް ފަހު ބައިބައިވުމެއް އައިސްގެން ނުވާނެ: ރައީސް
"އަޅުގަނޑުމެންގެ ތެރޭގައި އެއްވެސް ކަހަލަ ބައިބައިވުމެއް އިންތިޚާބު ނިމޭ ހިސާބުން އައިސްގެން ނުވާނެ. އަޅުގަނޑުމެން މި ތިބީ ވަރަށް މާތް، ވަރަށް މަތިވެރި މަޤްސަދެއްގައި ނިކުމެ،" ރައީސް ވިދާޅުވި އެވެ.
15 Sep 2026
ރާއްޖެ ފުދުންތެރި އަމާން ރާއްޖެއަކަށް ހެދޭނީ މަދުވެގެން ދެ ދައުރު، ވެރިކަންކުރަން ދީގެން
ކޮންގްރެސް ޕާޓީން މަސައްކަތް ކުރަމުންދަނީ ދިވެހީންގެ ކަންކަން ނިންމުމުގެ ބާރު ދިވެހީންގެ އަތްމަތީގައި އޮންނަ، އަދި ބޭރުގެ އެއްވެސް ބަޔަކަށް ބަރޯސާނުވެ އަމިއްލަ ފައިމައްޗަށް ތެދުވެ ތިބި ފުދުންތެރި ރައްޔިތަކު ދިރިއުޅޭ "ދިވެހީންގެ ރާއްޖެ"އެއް ބިނާކުރަން
15 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ސެމީގެ ފަހު ޖާގަ ބާރަށް އަދި ވަށަފަރަށް
މުބާރާތުގެ ސެމީފައިނަލް މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބްރާސްފަތި ދުވަހެވެ. ފައިނަލްމެޗް ކުޅުމަށް ހަމަޖހެިފައިވަނީ 19 ވާ ހޮނިހިރުދުވަހުގެ ރޭ 20:30 ގައެވެ.
15 Sep 2026
އިންޑިއާގައި ދަރިމައިވުމުގެ ނިސްބަތް، އާބާދީ ދެމެހެއްޓޭ މިންވަރަށްވުރެ ދަށަށް
އިންޑިއާގެ އެކި ސަރަހައްދުތަކުގައި މި ނިސްބަތް ވަރަށް ބޮޑަށް ތަފާތެވެ. ތަޢުލީމީ ފެންވަރު ދަށް އަދި ތުއްތު ކުދިން މަރުވާ ނިސްބަތް އެންމެ ބޮޑަށް އުޅޭ އެއް ސްޓޭޓަކީ ބިހާރެވެ.
15 Sep 2026
ކޮންގްރެސްގެ މަތީ މަޖިލީސް ހުޅުވުމުގެ ޖަލްސާގައި ރައީސް ނަޝީދު
ކޮންގްރެސްގެ މަތީ މަޖިލީސް ހުޅުވުމުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ދެއްވި ދައުވަތު ގަބޫލުކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ޖަލްސާއަށް ވަޑައިގެންފި އެވެ.
15 Sep 2026
ޖަޕާނުގައި ކްރިކެޓް އާލާކުރަނީ
މުޅި ޖަޕާނުގައިވެސް ހުންނަނީ 16 ކްރިކެޓް ދަނޑެވެ. އެ ގައުމުގެ އަންހެން ޓީމު ދުނިޔޭގެ ރޭންކިންގގެ 39 ވަނައިގައި އޮތްއިރު، ފިރިހެން ޓީމު އޮތީ އެއަށްވުރެ ދެ ދަރަޖަ ފަހަތުގައެވެ.
15 Sep 2026
ބަންގްލަދޭޝްގައި ހިމަބިހި އަދިވެސް ކޮންޓްރޯލް ނުކުރެވޭ
މި އަހަރުގެ މާޗު މަހުން ފެށިގެން ހޮސްޕިޓަލްތައް ފުރި، ތަކެތި ދަތިވެ، ބަލި ކުދިން އިތުރުވަމުންދާއިރު، ހިމަބިހީގެ ސަބަބުން މަރުވި ޝައްކުކުރެވޭ އަދި ކަށަވަރުވެފައިވާ އެއް ހާސް މަރު ވަނީ ރިޕޯޓުކޮށްފައެވެ.