01 Jun 2021 | 06:14
ލަކްޝަދީބު ސަލާމަތްކުރަން ގޮވާލަމުންދާ ގޮވާލުމުގެ އަޑުތައް ގަދަވަނީ

އިންޑިއާގެ ޔޫނިއަން ޓެރިޓަރީއެއްގެ ގޮތުގައި އޮންނަ ލަކްޝަދީބު ނުވަތަ ލަކްޝަދްވީޕްގެ ރަށްތަކުގެ އާންމު ދިރިއުޅުމުގެ ވައްޓަފާޅިތަކަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެފަދަ ބަދަލުތަކެއް ގެނައުމަށް ކުރަމުންދާ މަސައްކަތާއި ދެކޮޅަށް އެ ސަރަހައްދުގެ ރައްޔިތުން ކުރަމުންދާ ކެމްޕެއިނަށް ލިބެމުންދާ ތާއީދު އިތުރުވާން ފަށައިފިއެވެ.

ލަކްޝަދީބަކީ 1956 ވަނަ އަހަރުން ފެށިގެން އިންޑިއާގެ ޔޫނިއަން ޓެރިޓަރީއެއްގެ ގޮތުގައި އޮންނަ ސަރަހައްދެކެވެ. މީގެ މާނައަކީ އެއީ ސީދާ އިންޑިއާގެ މައި ސަރުކާރުގެ ބާރު ހިނގާ ސަރަހައްދަކަށްވުމެވެ. އެހެންކަމުން އެ ސަރަހައްދުގެ ކަންކަން ބެލެހެއްޓުމުގައި އިސްކޮށް ހަރަކާތްތެރިވާނީ އިންޑިއާގެ ގާނޫނު އަސާސީއާއި އެއްގޮތްވާ ގޮތުގެ މަތީން، އެގައުމުގެ ރައީސް އައްޔަންކުރާ ޚާއްސަ އެޑްމިނިސްޓްރޭޓަރެކެވެ. އެހެންކަމުން އެ ސަރަހައްދުގައި އަމަލުކުރަންޖެހޭ ގާނޫނުތަކާއި ގަވާއިދުތައް ހެދުމުގެ ކަންކަމުގެ ބޮޑު ޒިންމާއެއް އެޑްމިނިސްްޓްރޭޓަރުގެ ކިބައިގައިވެއެވެ.

މި އުސޫލުގެ ދަށުން އެ ސަރަހައްދުގެ އެޑްމިނިސްޓްރޭޓަރުގެ މަގާމުގައި މިވަގުތު ހުރި ޕްރަފޫލް ޚޯޑާ ޕަޓޭލް އަންނަނީ ލަކްޝަދީބުގެ އާންމު ދިރިއުޅުމުގެ ވައްޓަފާޅިއަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެފަދަ ގަވާއިދުތަކެއް ތައާރަފްކުރުމަށް މަސައްކަތްކުރަމުންނެވެ. އިންޑިއާގައި މިހާރުގެ ބާރަތިޔަ ޖަނަތާ ޕާޓީ (ބީޖޭޕީ)ގެ އިސް މީހެއްކަމަށްވާ ޕްރަފޫލްގެ މި ވިސްނުންތަކުގެ ސަބަބުން މަހުޖަނު ވިޔަފާރިތަކާއި ހިންދޫންގެ ކަނާތު ފިޔައިގެ ފަރާތްތަކުގެ ފަރާތުން، ލަކްޝަދީބުގެ ޖަޒީރާ ރަށްތަކުގެ މައްޗަށް އާދަޔާ ޚިލާފަށް ބޮޑެތި ނުފޫޒު ފޯރަފާނެކަމަށް އެ ސަރަހައްދުގެ ރައްޔިތުން ދަނީ ބުނަމުންނެވެ.

އެގޮތުން ޕްރަފޫލް ހުށައަޅާފައިވާ ބައެއް ކަންކަމުގެ ތެރޭގައި ލަކްޝަދީބުގައި މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ރިސޯޓްތަކުގައި ރާ ވިއްކުމުގެ ހުއްދަ ދިނުމާއި، ދެ ދަރީންނަށްވުރެ ގިނައިން ތިބޭ ފަރާތްތަކުން އެ ސަރަހައްދުގެ އެތެރޭގެ އިންތިޚާބުތަކުގައި ވާދަކުރުމުގެ ފުރުސަތު ބަންދުކުރުމުގެ އިތުރުން ބީފް ގަނެވިއްކުން މަނާކުރުން ފަދަ ކަންތައްތައް ހިމެނެއެވެ. މީގެ އިތުރުން ލަކްޝަދީބު ޑިވެލޮޕްމެންޓް އޮތޯރިޓީއަކަށް އާންމުންގެ ބިންތަކުގެ މައްޗަށް ވަރުގަދަ ބާރު ފޯރުވޭނެފަދަ ބިލެއް ހުށައެޅުމަށްވެސް ވަނީ ނިންމާފައެވެ. މިކަންކަމުގެ ސަބަބުން އެ ސަރަހައްދުގެ މީހުންގެ އާންމު ދިރިއުޅުމުގެ އާދަކާދަތަކަށް އަސަރުކޮށް، މަހުޖަނުންނާއި އެހެނިހެން ނުފޫޒުގަދަ ފަރާތްތަކުން ބޭނުންވާނެގޮތށް ލަކްޝަދީބުގެ ކަންތައްތައް ހިނގާފާނެކަމަށްބުނެ އެ ސަރަހައްދުގެ ރައްޔިތުން ދަނީ ހުށައެޅިފައިވާ އުސޫލުތަކާއި ދެކޮޅަށް އަޑުއުފުލަމުންނެވެ.

އެގޮތުން މީސް މީޑިއާގައި "ސޭވް ލަކްޝަދީބު"ގެ ނަމުގައި އެ ސަރަހައްދުގެ ރައްޔިތުން ދަނީ ބޮޑު ކެމްޕޭނެއް ހިންގަމުންނެވެ. މި ކެމްޕެއިންގެ އަޑުތައް ބައިނަލްއަގްވާމީ މީޑީއާތަކާއި ހަމައަށް ފޯރާފައިވާއިރު، ބީޖޭޕީއާއި އިދިކޮޅު ސިޔާސީ ފަރާތްތަކުންވެސް ދަނީ ގެނައުމަށް ރާވަމުންދާ ބަދަލުތަކާމެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން އިންޑިއާގެ ކޮންގްރެސް ޕާޓީގެ ލީޑަރެއްކަމަށްވާ ރާހުލް ގާންދީ އަދި ކެރެލާ ސްޓޭޓްގެ ޗީފް މިނިސްޓަރ ޕިނަރާއި ވިޖަޔަން ވަނީ ލަކްޝަދީބުގެ ރައްޔިތުންނާއެކުގައިވާކަން ހާމަކޮށް ޓްވީޓްކޮށްފައެވެ. އަދި ކެރެލާގެ ގާނޫނު ހަދާ މަޖިލީހުންވެސް ވަނީ މިފަދައިން ހިމެނޭ ގަރާރެއް ފާސްކޮށް، ލަކްޝަދީބުގެ ކަންތައްތަކުގައި އިންޑިއާގެ މައި ސަރުކާރުގެ ވިސްނުންތަކާއި ދެކޮޅުކަން ހާމަކޮށްފައެވެ. މި ގަރާރުގައި ލަކްޝަދީބުގެ އެޑްމިނިސްޓްރޭޓަރކަމުން ޕްރަފޫލް ޕަޓޭލް ވަކިކުރުމަށްވެސް ވަނީ ގޮވާލާފައެވެ.

ނަމަވެސް ޕްރަފޫލް ވަނީ ކިޔަމުންދާ ފާޑުކިޔުންތަކަށް ބެލުމެއްނެތި، ލަކްޝަދީބަށް ބޮޑެތި ބަދަލުތަކެއް ގެންނާނެ ބިލްތަކުގެ ދެލިކޮޕީތައް އިންޑިއާގެ ޔޫނިއަން ހޯމް މިނިސްޓްރީއަށް ފޮނުވާފައެވެ.

އޭނާ ބުނިގޮތުގައި މި ނިންމުންތަކުގެ މައިގަނޑު ބޭނުމަކީ ލަކްޝަދީބު އަމާންކޮށް، އެ ސަރަހައްދުގެ ފަތުރުވެރިކަމުގެ ސިނާއަތް ރާއްޖެ ފަދައިން ތަރައްގީކުރުމެވެ. މިކަންކަމާއި ގުޅިގެން އެގައުމުގެ ހޯމް މިނިސްޓަރ އަމިތު ޝާހް ވަނީ ލަކްޝަދީބުގެ ރައްޔިތުންގެ ރުހުން ހޯދުމަކާއި ނުލައި މިފަދަ ބޮޑު ނިންމުމެއް ނުނިންމާނެކަމަށް ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.