އެމްޑީޕީއާ ދެކޮޅު މީހުންގެ ދޫބުރިކުރަން ހުއްދަކުރާ އިޞްލާޙުވެސް އަދި ހުށަހަޅާނެ: މަލީޙު

01 Jun 2021 | 13:30

މިދާ ރޭޓުންދާނަމަ އެމްޑީޕީ އިން އަދި އެމީހުންނާ ދެކޮޅު މީހުންގެ ދޫބުރިކުރަން ހުއްދަކުރާ އިޞްލާޙު ވެސް ހުށަހަޅާނެ ކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރ މުޙައްމަދު މަލީޙު ޖަމާލް ވިދާޅުވެއްޖެއެވެ.

މަލީޙު މިހެން ވިދާޅުވީ ނަފުރަތުގެ ޢަމަލުތަކުގެ ގޮތުގައި ގިނަ ކަންތައްތަކެއް ކަނޑައަޅާ އެކަންކަން ކުރާ މީހުންނަށް ބޮޑެތި އަދަބުތައް ދެވޭގޮތަށް ޤާނޫނުލް ޢުޤޫބާތަށް އިޞްލާޙު ހުށަހަޅައިފައިވާތީ ކުރެއްވި ޓުވީޓެއްގައެވެ.

އެކަމާއި ގުޅިގެން މަލީޙު ވިދާޅުވީ، މިދާ ރޭޓުންދާނަމަ އެމްޑީޕީން އެމީހުންނާ ދެކޮޅު މީހުންގެ ދޫބުރިކުރަންވެސް ހުށަހަޅާނެ ކަމަށެވެ.

އަދި މިކަހަލަ ތާކުންތާކު ނުޖެހޭ ބޭކާރު އިޞްލާޙުތައް ލުމަށްވުރެ އެމްޑީޕީގެ މަގުއޮޅިފައިވާ ފެކްޝަނަށް ހެވާއި ނުބައި ކިޔަވައި ދިނުން މާ ރަނގަޅު ކަމަށްވެސް މަލީޙު ވިދާޅުވިއެވެ.

"ތާކުންތާކު ނުޖެހޭ ބޭކާރު އިޞްލާޙުތައްލުމަށްވުރެ އެމްޑީޕީގެ ފެކްޝަނަށް ހެވާއި ނުބައި ކިޔަވާދީ އެމީހުން އިސްލާޙުކުރުން މާ ރަނގަޅު." މަލީހު ވިދާޅުވިއެވެ.

މީގެ އިތުރުން މަލީޙު ވިދާޅުވީ، ޕާޓީ ތެރެއިން އެކަންކަން ނުވާނަމަ އިޞްލާޙުކުރުމުގެ މަސައްކަތް ހިލޭ ސާބަހަށް ކުރުމަށް މިތިބީ ތައްޔާރަށް ކަމަށެވެ.

Advertisement

ކޮމެންޓް