02 Jun 2021 | 00:07
އަލިފުށީގައި 40 މީހަކަށް ކޮވިޑް ޖެހިފައި، ރަށަށް ހަމަހިމޭންކަން

އަލިފުށީގައި ކޮވިޑް19 ފެތުރި އެބަލި ޖެހުނު މީހުންގެ އަދަދު 40 އަށް އަރައިފިއެވެ.

އަލިފުށި ޞިއްޙީ މަރުކަޒުން މަޢުލޫމާތު ދެއްވި ގޮތުގައި، އެރަށުން އިއްޔެ އެކަނި ވެސް 12 މީހަކު ޕޮޒިޓިވް ވިއެވެ. އަދި މިއަދުގެ މިހާތަނަށް 3 މީހަކު ޕޮޒިޓިވްވެފައިވެއެވެ.

ޕޮޒިޓްވި މީހުންގެ އަދަދު 40 އަށް އެރިއިރު އެރަށުގެ ގިނަ ގެތަކެއް މިހާރުވަނީ ކަރަންޓީން ކޮށްފައެވެ. އެރަށުން ވާހަކަ ދެއްކި މީހަކު ބުނީ ކަރަންޓީނު ނުކުރާ ގެތަކުން ވެސް އާންމުކޮށް މީހުން ބޭރަށް ނިކުމެ ނޫޅޭތީ ރަށު ތެރެ އޮންނަނީ ވަރަށް ހިމޭންކޮށް ކަމަށެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި، އެރަށުން ބަލިވި މީހުންގެ ހާލު ޖުމުލަ ގޮތެއްގައި ރަނގަޅެވެ. އަދި ޙާލަތު ގޯސްވެގެން އެއްވެސް މީހަކަށް ޞިއްޙީ މަރުކަޒުގައި ފަރުވާ ދެމުންނެއް ނުދެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެރަށަށް ކޮވިޑް-19 ފެތުރުނީ، ވެކްސިންގެ ދެ ޑޯޒް ޖަހައިގެން ކަރަންޓީން ނުވެ އެރަށަށް ދިޔަ މީހެއްގެ ފަރާތުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
16 Sep 2026
ހިއްސާދާރުންގެ ޓެކްސް ރެސިޑެންސީ މަޢުލޫމާތު ޔަޤީންކުރުމަށް އިލްތިމާސްކޮށްފި
ޑިވިޑެންޑް ޓެކުހާ ގުޅޭ ޤާނޫނީ ލާޒިމުކުރުންތަކާ އެއްގޮތަށް ފައިދާ ދޫކުރުމަށްޓަކައި ހިއްސާދާރުން ޓެކްސް ދައްކަންޖެހޭ ޤައުމުގެ މަޢުލޫމާތު ބެލުމަށްފަހު އެ މަޢުލޫމާތު އަޕްޑޭޓުކުރުމަށް ދިރާގުން މިއަދު އިލްތިމާސްކޮށްފިއެވެ.
16 Sep 2026
ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފި
އެ ސަމާލު ނެރެފައިވަނީ ފަތިހު 5:30 އިން ހެނދުނު 11:30 އާ ހަމައަށެވެ. މެޓުން ބުނީ އެ ވަގުތުތަކުގައި ބޯކޮށް ވާރެވެހުމާ އެކު ގުގުރުން އެކަށީގެންވާ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލާ ހަމައަށް ވައިގަދަވެދާނެ ކަމަށެވެ.
16 Sep 2026
ސަޕްލައި ދޯންޏެއް އަރިއަޅާލައި ކާށިދޫ ކަނޑަށް ދިޔަވަނީ
ފުލުހުން ބުނީ "ސީލައިން 3" ނަމަކަށް ކިޔާ ސަޕްލައި ދޯނީގައި ބަރުކޮށްފައި ހުރި ލަކުޑިތައް ހިފެހެއްޓުމަށް އަޅާފައިވާ ބެލްޓު ކަނޑައިގެން ދިޔުމުގެ ސަބަބުން އެ ދޯނި އަރިއަޅާލައި ދިޔަވަމުންދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 09:57 އެހައިކަންހާއިރު ކަމަށެވެ.
16 Sep 2026
ޕީއެންސީގެ ނައިބު ރައީސްކަމަށް 6 ބޭފުޅަކު އިންތިޚާބުވެއްޖެ
ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނައިބު ރައީސްކަމުގެ މަގާމަށް ހަ ބޭފުޅަކު އިންތިޚާބުކޮށްފިއެވެ. މި އިންތިޚާބުގައި ވާދަކުރެއްވި ބޭފުޅުންގެ ތެރެއިން ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގަތީ މަޖިލިސް މެންބަރު އަސްމާ ރަޝީދު އަދި މުހައްމަދު ނިމާލަށެވެ.
16 Sep 2026
ހުޅުމާލޭގައި އެކްސިޑެންޓުވި ދެބަފައިންގެ ތެރެއިން ބައްޕަ ނިޔާވެއްޖެ
ފުލުހުންގެ މީޑިއާ އޮފިޝަލް "ވޮއިސް" އަށް މައުލޫމާތު ދެމުން ވިދާޅުވީ، 2026 އޮގަސްޓް 31 ވަނަ ދުވަހުގެ ހެނދުނު 07:36 އެހައިކަންހާއިރު ހުޅުމާލެ ފޭސް 2 ގެ ދުނބުރިގަސްމަގާއި ހީނާމާހިނގުން ގުޅޭ ކަންމަތީގައި ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި 62 އަހަރުގެ ދިވެހި ފިރިހެން މީހާ ނިޔާވެފައިވަނީ ސެޕްޓެމްބަރު 15 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށެވެ. އޭނާއަށް ފަރުވާ ދެމުންދިޔައީ ޓްރީޓޮޕް ހޮސްޕިޓަލުގައެވެ.
16 Sep 2026
ޝޯޓް ކަޓް ދޫކޮށް ރަނގަޅު ގޮތުގައި ބަރުދަން ލުއި ކުރާނެ ގޮތް
ބަރުދަން ލުއިކުރާ ވާހަކަ ދެކެވޭ ކޮންމެ ފަހަރަކު ބައެއް މީހުންގެ ފަރާތުން "10 ދުވަހުން 10 ކިލޯ ލުއިކުރެވޭ" ކަމަށް ބުނެ އެކިއެކި އެއްޗެހީގެ ވާހަކަތައް ދައްކާ އަޑު އިވެއެވެ. އަހަރެމެންގެ ތެރެއިން ބައެއް މީހުން އެ ކަހަލަ ”ޝޯޓްކަޓް“ ތަކަށް ޝައުގުވެރިވަނީ އެހާ އަވަހަށް ނަތީޖާ ފެންނާނެ ކަމަށް ވައުދުވާތީއެވެ. އެކަމަކު ހަޤީޤަތަކީ އެ ގޮތް ނޫން ގޮތެއް ޚިޔާރުކުރުން މާ ބުއްދިވެރިވާނެ ކަމެވެ. މިއަދު މި ބަލައިލަނީ ޝޯޓް ކަޓް ދޫކޮށް ރަނގަޅު ކެއުމާއި ކަސްރަތުން ހިކުމުގެ ފައިދާތަކަށެވެ.
16 Sep 2026
މަނީ ލޯންޑްރިންގެ މައްސަލާގައި މަދޫރޯގެ އަރިސް އެލެކްސް އިއުތިރާފުވެއްޖެ
ވެނެޒުއެލާގެ ކުރީގެ ރައީސް ނިކޮލަސް މަދޫރޯގެ އެންމެ އަރިސް އެއް އެހީތެރިޔާ އަދި އެ ގައުމުގެ ކުރީގެ އޮފިޝަލެއް ކަމަށްވާ އެލެކްސް ސާބް، އެމެރިކާގެ ކޯޓެއްގައި މަނީ ލޯންޑްރިންގެ ކުށަށް އިއުތިރާފުވެއްޖެއެވެ.
16 Sep 2026
މައްކާގެ ދެކުނަށް ހޫތީން ފޮނުވާލި ޑްރޯނެއް ސައުދީ އަސްކަރިއްޔާއިން ވައްޓާލައިފި
މުސްލިމުންގެ އެންމެ މާތް އެއް ބިން ކަމުގައިވާ މައްކާގެ ވައިގެ ސަރަހައްދަށް އަމާޒުކޮށް ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ފޮނުވާލި ޑްރޯނެއް ސައުދީ އެއާ ޑިފެންސުން ވައްޓާލައި ނައްތާލައިފިއެވެ.