ގުޅީފަޅުގައި ހެދި ކޮވިޑް ފެސިލިޓީ ބޭނުންކުރަން ފަށައިފި

01 Jun 2021 | 22:52

ގުޅިފަޅުގައި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހަދާފައިވާ ކޮވިޑް ފެސިލިޓީގެ މަސައްކަތް ނިންމާ ބޭނުންކުރަން ފަށައިފިއެވެ.

250 އެނދުގެ މި ފެސިލިޓީއަކީ ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން މުވައްޒަފުންގެ އެކަމަޑޭޝަން ވެސް ހިމެނޭގޮތަށް ތައްޔާރު ކޮށްފައިވާ ފެސިލިޓީއެކެވެ.

ހެލްތު މިނިސްޓްރީން މަޢުލޫމާތު ދެއްވި ގޮތުގައި މިދިޔަ އާދިއްތަ ދުވަހު ވަނީ ފެސިލިޓީގެ މަސައްކަތް ނިންމާ ހަވާލު ކޮށްފައެވެ. އަދި މިއަދު އެ ފެސިލިޓީ ބޭނުން ކުރަން ފަށާފައިވާކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.

އެޗްޑީސީން އިއްޔެވަނީ ޑޮކްޓަރުންނާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ބޭފުޅުން ތިއްބެވުމަށް ތައްޔާރުކުރި ބައިގެ އެންމެ ފަހުގެ މަސައްކަތްތައް ކޮށްފައެވެ.

ކޮވިޑަށް ފަރުވާ ދިނުމަށް ޚާއްޞަކޮށް ތައްޔާރު ކޮށްފައިވާ ކޮވިޑް ފެސިލިޓީއެއް މިހާރުވެސް ހުޅުމާލޭގައި ހުރެއެވެ. އަދި މިއީ މިވަގުތު އެންމެ ގިނަ އަދަދެއްގެ މީހުންނަށް ފަރުވާ ދެމުންދާ ފެލިސިޓީއެވެ.

ސަރުކާރުން ދަނީ ކޮވިޑަށް ފަރުވާ ދިނުމަށް ފެސިލިޓީތައް އިތުރު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޢިމާރާތް ވެސް މިހާރު ވަނީ އެކަމަށް ޚާއްޞަކޮށް ތައްޔާރު ކުރަން ފަށާފައެވެ.

Advertisement

ކޮމެންޓް

Advertisement