06 Jun 2021 | 19:13
ރާއްޖެއިން ޗައިނާގެ ވެކްސިން ގަތުމުގެ ވިސްނުމެއްނެތް: އިންޑިއާގެ މީޑިއާ


ރާއްޖެގައި ކޮވިޑްގެ ނުރައްކާތެރި ރާޅެއް ފެތުރި ގިނަ އަދަދަކަށް މީހުން މަރުވަމުންދާއިރު ރައްޔިތުން ކޮވިޑުން ރައްކާތެރިކޮށްދިނުމަށް އެންމެ މުހިއްމު ވަސީލަތެއްގެ ގޮތުގައި ކޮވިޑް ވެކްސިން ހިމެނިފައިވިޔަސް ދުނިޔޭގައި އެންމެ ގިނައިން ކޮވިޑް ވެކްސިން އުފައްދާ ޗައިނާއިން ކޮވިޑް ވެކްސިން ގަތުމުގެ ވިސްނުމެއް ދިވެހި ސަރުކާރުން އަދި ނުގެންގުޅޭކަމަށް ހެލްތު މިނިސްޓަރ ކެރެފާ އަހުމަދު ނަސީމާއި ޙަވާލާދީ އިންޑިއާގެ ނޫސްތައް ބުނެފިއެވެ.

އިންޑިއާގެ މަޝްހޫރު މީޑިއާއެއްކަމަށްވާ ޓައިމްސް އޮފް އިންޑިއާގައި ރާއްޖޭގެ ހެލްތު މިނިސްޓަރާއި ޙަވާލާދީ އިއްޔެ ޝާއިއުކުރި ރިޕޯޓެއްގައި ބުނެފައިވަނީ އިންޑިއާއިން ވެކްސިން ނުލިބިގެން ރާއްޖޭގެ 1 ލައްކަ 10 ހާސް މީހުން ވެކްސިންގެ އިންތިޒާރުގައި ތިބިކަމަށެވެ. އިންޑިއާއިން ނުލިބިގެން މިހާރު އެހެން ގައުމުތަކުން އެސްޓްރާޒެނެކާގެ ވެކްސިން ލިބޭތޯ ރާއްޖެއިން މަސައްކަތްކުރާކަމަށްވެސް ބުނެފައިވެއެވެ.

ހެލްތު މިނިސްޓަރ ވިދާޅުވިކަމަށް މިނޫހުގައި ލިޔެފައިވަނީ ޗައިނާއާއެކު ވެކްސިން ގަތުމުގެ އެއްވެސް ކޮމާޝަލް އެއްބަސްވުމެއް ހަދަން ދިވެހި ސަރުކާރުން މަސައްކަތް ކުރަމުން ނުދާކަމަށެވެ. މިސަރަޙައްދުގެ ގައުމުތަކުގެ ތެރެއިން ނޭޕާލަށް މިހަފްތާގެތެރޭގައި ޗައިނާއިން މިލިޔަނެއްހާ ކޮވިޑް ވެކްސިން ޑޯޒް ހަދިޔާ ކުރާނެއެވެ. އަދި އިންޑިއާގެ ގޮނޑިކޮއްކޮ ސަރުކާރެއް އޮންނަ ބަންގްލަދޭޝްއިންވެސް ޗައިނާއިން 15 މިލިޔަން ވެކްސިން ޑޯޒް ގަތުމަށް އެއްބަސްވުމުގައި ސޮއިކޮށްފައިވާކަމަށް ބުނެފައިވެއެވެ. ސްރީލަންކާއިންވެސް ޗައިނާގެ ވެކްސިނެވެ. އެހެންވިޔަސް އިންޑިއާގެ އަވަށްޓެރި ދިވެހި ރާއްޖެއިން އިންޑިއާގެ ކޮވިޝީލްޑް ނުވަތަ އެސްޓްރާޒެނެކާގެ ވެކްސިނަށް ބަރޯސާވެގެން އޮތްކަމަށް ބުނެފައިވެއެވެ.

އިންޑިއާގެ ސިރަމް އިންސްޓިޓިއުޓުން ދޭން އެއްބަސްވި ވެކްސިން ނުލިބުމުން ދިވެހި ރާއްޖެއަށް ދަތިތަކާއިކުރިމަތިވެފައިވާ ކަމަށް ހެލްތު މިނިސްޓަރު ވިދާޅުވެފައިވެއެވެ.

" އާނ ބައެއް މީހުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ދިންތާ 12 ހަފްތާ ފަހަނައަޅައިގޮސްފި." ޗައިނާއިން 2 ލައްކަ ޑޯޒް ވެކްސިން ދިވެހި ރާއްޖެއަށް ފޯރުކޮށްދީފައިވިޔަސް މިހާރު ޗައިނާއިން ވެކްސިން ހޯދަން ދިވެހި ސަރުކާރުން ނޫޅޭކަމަށް ހެލްތު މިނިސްޓަރު ނަސީމު ވިދާޅުވެފައި ވެއެވެ.

ދިވެހި ރައްޔިތުންނަށް ވެކްސިން ދޭން އިންޑިއާގެ ކޮވިޝީލްޑް ލިބޭގޮތް ނުވުމުން ދިވެހި ސަރުކާރުން މިހާރު މަޝްވަރާކުރަމުންދަނީ ޑަބްލިޔުއެޗްއޯއިން އަދި އެޕްރޫވްނުކުރާ ރަޝިޔާގެ ސްޕަޓްނިކް ވެކްސިން ހޯދުމަށްކަމަށް އެންމެފަހުން ނޫސްވެރިންނާއި ބައްދަލުކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެފައިވެއެވެ. މިނޫސްކޮންފަރެންސްގައިވެސް ދުނިޔޭގެ އެންމެ ގިނައިން ވެކްސިން އުފައްދާ ޗައިނާއިން ވެކްސިން ހޯދުމުގެ ވިސްނުންފުޅެއް ގެންގުޅުއްވާކަމަށް ރައީސް ވިދާޅެއްނުވެއެވެ. އިއްޔެ ޑަބްލިޔުއެޗްއޯއިންވަނީ ޗައިނާގެ ސިނޮވަކް ވެކްސިނަށް ހުއްދަ ދީފައެވެ. އޭގެކުރިން އެގައުމުގެ ސިނޯފާމް ވެކްސިނަށްވެސް ހުއްދަ ދީފައިވެއެވެ.

ބަލިވަނީ ދިވެހި ރައްޔިތުންނެވެ. މަރުވަނީ ދިވެހި ރައްޔިތުންނެވެ. ސަރުކާރު ހިންގަނީ ދިވެހި ރައްޔިތުން ދައްކާ ޓެކްސް ފައިސާއިންނެވެ. އެހެންކަމުން ދުނިޔޭގައި ވެކްސިން ލިބެން ހުރި ކޮންމެ ގައުމަކުން ވެކްސިން ހޯދުމަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ މައްޗަށް ވާޖިބެކެވެ.

ދިވެހި ސަރުކާރުން މިއަމަލުކުރަނީ އިންޑިއާގެ ހައްދުފަހަނައަޅާފައިވާ ހަރުކަށި ހިންދޫ ވިސްނުމުގެ ބީޖޭޕީ ސަރުކާރުންވެސް އަމަލުކުރި ގޮތަށެވެ. އެގައުމުގެ ރައްޔިތުން މަރުވެ މަރުވާމީހުން ގިނަކަމުން ހަދާނެގޮތް ހުސްވެ ކުނިގޮޑަށާއި މަގުމައްޗަށާއި ގަންގާކޯރަށް މަރުވެފައިވާ މީހުންގެ ހަށިތައް އުކަމުންދިޔައިރުވެސް ޗައިނާއަކީ ދުޝްމަނެއްކަމަށް ބަލައި އެގައުމުން އެއްވެސް އެހީއެއް ހޯދަން ރަސްމީކޮށް ދެކޮޅު ހެދިއެވެ. އެހެންނަމަވެސް އެންމެ ގިނަ ސާމާނު އެތެރެކުރީ އެގައުމުގެ ކުންފުނިތައް މެދުވެރިކޮށް ހަމަ ޗައިނާއިންނެވެ. ދިވެހި ސަރުކާރުގެ ސިޔާސަތު މިބައްޓަންކުރަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ފިޔަވަޅުމަތިންކަމަށް ހީވެއެވެ. އެހެންނޫނީ ޗައިނާފަދަ ދިވެހި ރާއްޖެއާއި ޒަމާންވީ ރަހުމަތްތެރި އަދި ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާބިލްކަން އެންމެ މައްޗަށް މިއަދު އޮތް ގައުމަކާމެދު މިހާ ދެރަވަރު ބަހެއް އިންޓަރނޭޝަނަލް މީޑިއާގައި ނުބުނީހެވެ. ކުރިން ރާއްޖޭގެ ޚާރިޖީވަޒީރުކަން ކޮށްފައިވިޔަސް މިބާވަތުގެ ސްޓޭޓްމަންޓްތައް ދިނުމުން ދޭހަވަނީ ޑިޕްލޮމެޓިކް ދާއިރާގެ ވިސްނުން ކޮށިކަމެވެ. ރައީސްގެ ޕްރެސްކޮންފަރެންސްގައި އަމަލުކުރި ގޮތަށް އެއްޗެއް ވިދާޅުނުވެ ހިމޭނުން ހުންނެވިނަމަވެސް ތަންކޮޅެއް ބުއްދިވެރިކަމަކަށް ވީހެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
02 Jul 2026
އެކަށީގެންވާ މިންވަރަށް ރީތިކޮށް އަތުން ލިޔަން ނޭންގޭ ދަރިވަރުންގެ އަދަދު 56 އިންސައްތާގައި
".. 44 އިންސައްތަ ދަރިވަރުންނަށޭ އެކަށީގެންވާ މިންވަރަށް މިބައިން [އަތުލިއުމުގެ ބައިން] ސްކޯ ކުރެވެނީ,"
02 Jul 2026
ޒަކާތާ ގުޅުންހުރި ހަތަރު ފޮތެއް ނެރެފި
ޒަކާތާ ގުޅޭ ހަތަރު ފޮތެއް މޯލްޑިވްސް ޒަކާތު ހައުސް އިން މިއަދު ނެރެފި އެވެ.
02 Jul 2026
މި ދުވަސްވަރު 8،000އެއްހާ ދަރިވަރުން ސުކޫލަށް ނުދޭ، ވަޒީރުގެ ކަންބޮޑުވުން
"އަޅުގަނޑަށް އެނގޭ މިއީ ވޯލްޑްކަޕް ދުވަސްވަރުކަން. އެހެން ނަމަވެސް އެކަށެއްކަހާސް ދަރިވަރުން ސުކޫލަށް ނުދިއުމަކީ އަޅުގަނޑުމެން ކަންބޮޑުވާ ކަމެއް. އެކަން ހައްލުވާން ޖެހޭ,"`
02 Jul 2026
ޔޫޒާނޭމް ބޭނުންކޮށްގެން ވަޓްސްއަޕްއިން މުޢާމަލާތްކުރެވޭ ފީޗަރ މަޑުޖައްސާލުމަށް
އިންޑިއާގެ މިނިސްޓްރީ އޮފް އިލެކްޓްރޯނިކްސް އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީން މިދިޔަ ބުދަ ދުވަހު ވަޓްސްއަޕަށް ފޮނުވި ނޯޓިސްއެއްގައި ބުނެފައިވަނީ، ކުށްވެރިން އެމީހުންގެ އަސްލު ފޯނު ނަމްބަރު ފޮރުވައިގެން މީހުންނަށް އޮޅުވާލުމުގެ ފުރުސަތު މި ފީޗަރގެ ސަބަބުން ބޮޑުވާނެ ކަމަށެވެ. އަދި ސަރުކާރުގެ އިދާރާތަކާއި، މާލީ މުއައްސަސާތަކުގެ ނަމުގައި ފޭކް ޔޫޒަރނޭމްތައް ހަދައިގެން އޮޅުވާލުމުގެ ފުރުސަތު އޮތް ކަމަށްވެސް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.
02 Jul 2026
ދުންފަތުން ނަގާ ޑިޔުޓީ ކުޑަކުރާ ބިލް ތަސްދީޤުކުރައްވައިފި
މި ބިލުގައި، ސިނގިރޭޓް، ބިޑި، ހީޓަޑް ޓޮބޭކޯ ޕްރޮޑަކްޓްސް ނުވަތަ ރޯކުރުމަކާ ނުލާ ހޫނުކޮށްގެން ބޭނުންކުރެވޭ ގޮތަށް އުފައްދައިފައި ހުންނަ ދުންފަތުގެ އުފެއްދުންތައް (ކޮންސިއުމަބަލްސް) އިން ނަގާ ޑިއުޓީއަކީ -/4 (ހަތަރެއް) ރުފިޔާ ކަމުގައި ހަމަޖައްސައި، އޭގެ އެޑްވެލޮރަމް ޑިއުޓީގެ ގޮތުގައި ނަގާ އަދަދަކީ %30 (ތިރީސް އިންސައްތަ) ކަމަށް ވަނީ ކަނޑައަޅާފައެވެ.
02 Jul 2026
ހިތަދޫ ޑްރަގް ކެފޭއެއް 90 ދުވަހަށް ބަންދުކުރަން ކޯޓުން އަމުރުކޮށްފި
އަމުރުގައި ބުނެފައިވާގޮތުން، އެ ގެ ބަންދުކުރުމުގެ އަމުރު ނެރެފައިވަނީ އެ ތަނުގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުން ގެންދާތީއާއި މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް މަސްތުވާތަކެއްޗާއި މަސްތުވާތަކެތި ހަށިގަނޑަށް ވާސިލުކުރުމަށް ބޭނުންކުރާ އާލާތްތަކާއި ވަސީލަތްތައް ފޯރުކޮށްދެމުން ގެންދާތީއެވެ.
02 Jul 2026
ރާއްޖެއިން ފަލަސްތީނަށް 50،000 ޑޮލަރުގެ އެހީ ދެނީ
މިކަން އިޢުލާން ކުރެއްވީ އިއްޔެ އދ. ގެ މައި މަރުކަޒުގައި ބޭއްވި "ޔޫއެންއާރުޑަބްލިއު ޕްލެޖިންގ ކޮންފަރެންސް" ގައެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބަޔާން އިއްވީ އދ. އަށް ކަނޑައަޅާފައި ހުންނަވާ ދިވެހިރާއްޖޭގެ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުޙައްމަދެވެ.
02 Jul 2026
މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ، އިފްތިތާހުކޮށްފި
މި އެކްސްޕޯ އަކީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން އިންތިޒާމު ކޮށްގެން މި ހިނގާ ޖުލައި މަހުގެ 2 އިން 4 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވާ އެކްސްޕޯއެކެވެ. މި އެކްސްޕޯއަކީ، ނުވަ އަހަރަށްފަހު، ރާއްޖޭގެ ފައިނޭންޝަލް ސެކްޓަރގައި މަސައްކަތް ކުރާ މުހިއްމު ހުރިހާ ފަރާތްތައް، އެއްތަނެއްގައި ބައްދަލުވެ ހިންގާ ޙަރަކާތެކެވެ.