މުއާޒްއަށް ދީފައިވާނީ ރޯ ވީޑިއޯއެއް - އުމަރު ނަޝީރު

27 Dec 2018 | 21:23

މިރޭ ކުއްލިގޮތަކަށް ނޫސްވެރިންނާއި ބައްދަލުކޮށް ކުރީގެ ރައީސުލްޖުމްހޫރީޔާ އޮފީހުގެ ތަރުޖަމާނު މުއާޒް އަލީ ވަނީ ރައީސުލްޖުމްހޫރީޔާގެ ރަސްމީ ލޯންޗުކޮޅު ގޮވި ހާދިސާއާއި ބެހޭގޮތުން ފުރަތަމަ ފަހަރަށް މީޑިއާގައި ވާހަކަދައްކައި، މި ހާދިސާއާއި މެދު ސުވާލުތަކެއް އުފައްދަވާފައެވެ.

މުއާޒް ވަނީ ފިނިފެންމާ ގޮވި ވަގުތު އަލިފާނުގެ އެއްވެސް އަސަރެއް ކުލައެއް ލޯންޗުތެރެއިން ނުފެނަކަމަށް ހާމަކޮށްފައެވެ. އަދި މިކަން ފުލުހުންގެ ތަހުޤީޤުގައިވެސް ބުނެފައިވާނެކަމަށް މުއާ ބުންޏެވެ.

މިހާދިސާގެ އަލިފާން ކަންޏެއްވެސް ފެނިފައިވަނީ އެމައްސަލަ ތަހުޤީގުކުރުމަށް ހަދާފައިވާ ކޮމިޝަންގެ އިސް މެންބަރު އަދި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަޝީރު ދެއްވި ސީޑިގައި ވާ ވީޑިއޯއިންކަން މުއާޒް މިވަނީ ހާމަކޮށްފައެވެ.

މިކަމާ ބެހޭގޮތުން "ވޮއިސް" އާއި ކުރީގެ އުމަރު ނަޝީރުވަނީ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން މުއާޒް އާއި ހަވާލުކޮށްފައިވަނީ ކޮމިޝަނަށް ލިބިފައިވާ ވީޑިއޯއެއްކަން އުމަރު ވިދާޅުވިއެވެ.

" އެއީ ކޮމިޝަންއިން ހޯދި ވީޑިއޯއެއް. އޭގެ ރޯފައިލް މީޑިއާއަށް ދެއްކީ" ކުރީގެ ހޯމް މިނިސްޓަރ އަދި ފިނިފެންމާ ލޯންޗް ހާދިސާ ތަހުޤީގުކުރެއްވި ކޮމިޝަންގައި އިސްދައުރެއް އަދާކުރެއްވި އުމަރު ނަޝީރު ވޮއިސް އަށް ކިޔައިދެއްވެވިއެވެ.

އަދި މި ވީޑިއޯ މީޑިއާއަށް ދެއްކުމަށް ނިންމި ނިންމުމަކީ ކުއްލިއަކަށް ނިންމިނިންމުމެއް ނޫންކަމަށްވެސް އުމަރު ނަޝީރު ވިދާޅުވިއެވެ.

ކުރީގެ ރައީސް އޮފީހުގެ ތަރުޖަމާނު ވަނީ ފުލުހުން މި ހާދިސާ ތަހުޤީގުކުރުމަށް ގޮވާލާފައެވެ. 

Advertisement

ކޮމެންޓް