ކުއްޖަކު ފޮތް ކިޔަނީ-
ލައިފްސްޓައިލް
26 Jun 2026 | 15:11
ފޮތްކިޔުމުގެ އާދަ މުހިއްމުވަނީ ކީއްވެ؟

ފޮތްކިޔުމަކީ ކޮންމެ އިންސާނެއްގެ ގައިގައިވެސް އަށަގަންނަވަން ޖެހޭ ވަރަށް މުހިންމު އާދައެކެވެ. މިއީ ވަރަށް އާދައިގެ ކަމެއްގެ ގޮތުގައި ފެނުނުކަމުގައި ވިޔަސް، ކުޑަކުދިންނާއި، ބޮޑެތި މީހުން އަދި ސްކޫލް ނުވަތަ ޔުނިވާސިޓީ ދަރިވަރުންނަށްވެސް ފޮތް ކިޔުމުގެ ސަބަބުން ވަރަށް ގިނަ ފައިދާތަކެއް ކުރެއެވެ. ގަވަޢިދުން ފޮތްކިޔާ މީހަކަށް އާ މަޢުލޫމާތު ލިބުމުގެ އިތުރުން، ބަހުގެ ހުނަރުތައް ކުރިއަރައި، ވިސްނުން ތޫނުވެ، ދުނިޔެއަށް ލޯހުޅުވިގެންދެއެވެ. މިއަދުގެ ދުނިޔޭގައި ގިނަ ބަޔަކު ފޯނާއި، ޓީވީ އަދި ސޯޝަލް މީޑިއާގައި ގިނަ ވަގުތުތަކެއް ހޭދަކުރެއެވެ. އެހެން ކަމުން ކުރިޔަށްވުރެ ބޮޑަށް ފޮތް ކިޔުމުގެ އާދައަށަގެންނެވުމަށް ކުރަންޖެހޭ މަސައްކަތް މިވަނީ ވަރަށް ބޮޑަށް އިތުރު ކުރަން ޖެހިފައެވެ. 

ކޮންމެ ދުވަހަކުވެސް އާ ކަމެއް ދަސްވުން

ކޮންމެ ދުވަހަކުވެސް އާ ކަންތައްތަކެއް ދަސްކުރުމަށް ފޮތްކިޔުމުން އެހީތެރިވެދެއެވެ. ފޮތްތަކާއި، ނޫސްމަޖައްލާތަކާއި، އެކި އެކި ލިޔުންތަކުގެ ޒަރީއާއިން ތާރީޚާއި، ސައިންސާއި، ސިއްޙަތާއި، ޘަގާފަތާއި، ދީނާއި އަދި ދިރިއުޅުމުގެ އެކި ދާއިރާތަކުން މަޢުލޫމާތު މުއްސަނދިވެއެވެ. އަދި ފޮތްކިޔުމުގެ ސަބަބުން މުޢާމަލާތުކުރުމުގެ ހުނަރު ރަނގަޅުކޮށް، އާ ކަންކަން ދަސްކޮށް، ގޮތް ނިންމުމުގެ ޤާބިލުކަން އިތުރުކޮށްދޭ ކަމެކެވެ. އަދިދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުންގެ ދިރިއުޅުންއެނގި އާކަންތައްތައް ދަސްވެގެންދެއެވެ. މިއީ އާ ކަންތައްތައް އުނގެނުމަށްލިބޭ ވަރަށް މުހިންމު މަޢުލޫމާތުތަކެކެވެ.

ބަސްކޮށާރު މުއްސަނދިވުން

ދަރިވަރުންގެ ގައިގައި ފޮތްކިޔުމުގެ އާދަ އަށަގެންނެވުމުގެ ސަބަބުން ބަސްކޮށާރު މުއްސަނދިވެ، ބަސް ބޭނުންކުރުމުގެ ޤަވާއިދުތަކާއި ލިޔުންތެރިކަމުގެ ހުނަރު ތަރައްޤީވެއެވެ. ޤަވައިދުން ފޮތްކިޔާ ކުދިންނަށް އާ ބަސްތަކާއި ޖުމްލަ އެކުލަވައިލާނެ ގޮތްތައް ފަސޭހައިން ދަސްވެ، މުޢާމަލާތުކުރުމުގެ ޤާބިލުކަން އިތުރުވެއެވެ. އަދި ފޮތްކިޔުމުގެ ސަބަބުން ކަންކަން އަވަހަށް ދެނެގަނެވިކިޔަވަމުންދާ މާއްދާތަކުގެ މަޢުލޫމާތު ފަހުމުވުމަށް މަގުފަހިވެގެންދެއެވެ.

ފަރުވާތެރިކަމާއި ސަމާލުކަން އިތުރުވުން

މިއަދުގެ ގިނަ ކުދިންނާއި މީހުންނަކީ ކުރު ވީޑިއޯ ތަކާއި މެސެޖުތައް ބެލުމުގައި ގިނަ ވަގުތު ހޭދަކުރަމުންދާބައެކެވެ. އެހެންކަމުން ގިނަ މީހުންނަށް ގިނަ ވަގުތު އެއްކަމަކަށް ސަމާލުކަން ދިނުންވަނީ ވަރަށް އުދަގޫ ކަމަކަށް ވެފައެވެ. އެހެން ނަމަވެސް ވާހަކައެއް ނުވަތަ ލިޔުމެއް ކިޔާއިރު، އޭގެ ފެށުމުން ނިމުމާއި ހަމައަށް ވިސްނަން ޖެހުމުގެ ސަބަބުން އެއްކަމަކަށް ސަމާލުކަން ދީގެން އިންނަންޖެހުމުގެ ސަބަބުން ފަރުވާތެރިކަމާއި ސަމާލުކަން އިތުރުވެއެވެ.

ސްކްރީނަށް ހުސްވާ ވަގުތު މަދުކުރުން

ޒަމާނީ ވަސީލަތްތަކުގެ ސްކްރީނަށް ހުސްވާ ވަގުތު މަދުކުރުމަށްވެސް ފޮތްކިޔުމުގެ އާދަ ހަރުލެއްވުމަކީވެސް ވަރަށް މުހިއްމު ކަމެކެވެ. ފޯނާއި ވީޑިއޯ ގޭމްތަކަށް މާގިނަ ވަގުތު ހޭދަކުރުމުގެ ސަބަބުން ނިދުމަށާއި، ސަމާލުކަން ދިނުމަށް ދަތިތަކެއް ކުރިމަތިވެއެވެ. ނިދުމުގެ ކުރިން ފޯނު ބޭނުންކުރުމުގެ ބަދަލުގައި ފޮތެއް ކިޔާލުމަކީ ކުދިންގެ ގައިގައި އަށަގަންނަވަން ވަރަށް މުހިއްމު އާދައެކެވެ. 

ފޮތް ކިޔުމުގެ އާދަ އަށަގަންނުވާނީ ކިހިނެއް

ފޮތްކިޔުމުގެ އާދަ އަށަގަންނުވުމުގައި ބެލެނިވެރިންނާއި މުދައްރިސުންގެ ދައުރު ބޮޑެވެ. ކުޑައިރުއްސުރެ ކުދިންނަށް ފޮތްކިޔައިދީ، ގޭގައި ފޮތް ގެންގުޅެ، ކޮންމެ ދުވަހަކުވެސް ފޮތްކިޔުމަށް ވަކި ވަގުތެއް ކަނޑައެޅުމަކީ މުހިންމު ކަމެކެވެ. ސްކޫލްތަކުގައިވެސް ފޮތްކިޔުމަކީ މަޖާ އަދި ޝައުގުވެރި ކަމެއްގެ ގޮތުގައި ހެދުމަށް މަސައްކަތްތަކެއް ކުރަންޖެހެއެވެ. ބޮޑެތި މީހުން ފޮތްކިޔާތަން ފެނުމުން، ކުޑަކުދިން އެކަން ނަމޫނާއަކަށް ބަލައި ފޮތް ކިޔުމުގެ ސަބަބުން ފޮތްކިޔުމުގެ އާދަ ކުދިންގެ ގައިގައި އަށަގަންނާނެއެވެ. 

ފޮތް ކިޔުމަށްޓަކައި ދުވާލަކު 10 ނުވަތަ 15 މިނެޓު ހޭދަކުރުމުންވެސް ބޮޑުބަދަލުތަކެއް ފެނިގެންދާނެއެވެ. އެންމެ މުހިންމު ކަމަކީ މެދުނުކެނޑި ފޮތްކިޔުމެވެ. ކުދިން ޝައުގުވެރިކަމާއެކު ކިޔާހިތްވާ ގޮތަށް ލިޔެފައިވާ ވާހަކަތައް ކިޔުމުގެ ފުރުސަތު ހޯދައި ދިނުމުން، އެކަމަށް އޮންނަ ލޯބި އިތުރުވާނެއެވެ.

ފޮތްކިޔުމަކީ ހަމައެކަނި ކުޑަކުދިންނަށް އޮތް ކަމެއް ނޫނެވެ. ބޮޑެތި މީހުންނަށްވެސް މީގެން އެތައް ފައިދާއެއް ކުރެއެވެ. ފޮތްކިޔުމަކީ އިންސާނާގެ މުޅި ދިރިއުޅުމަށް ފައިދާކުރާނެ ވަރަށް ރަނގަޅުއާދައެކެވެ. މިއީ މަޢުލޫމާތާއި، ބަހުގެ ހުނަރާއި، ވިސްނުމާއި، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކޮށްދޭ ކަމަކަށްވެއެވެ. ފޮތްކިޔުމުގެ އާދަ އަށަގަނެފައިވާ މީހަކީ އަބަދުވެސް އުނގެނުމުގެ ތެރޭގައި އުޅެވޭމީހެކެވެ. ފަހަރުގައި މި އާދަ ފެށިގެންދަނީ ކުޑަ ފޮތަކުން ކަމުގައި ވިޔަސް، މިއީ މުޅި ދިރި އުޅުމުގައިވެސް ވަރަށް ބޭނުންތެރި މުހިއްމުކަމަކަށް ވެގެންދާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
މުދައްރިސުންނަކީ ޤައުމުގެ ކުރިމަގު ބައްޓަންކޮށް ހިތްވަރު ދީ މަގު ދައްކައިދޭ ފަރާތް: ނައިބު ރައީސް
ދުނިޔޭގެ ޓީޗަރުންގެ ދުވަހާ ގުޅިގެން ރާއްޖޭގެ ނައިބު ރައީސް މުދައްރިސުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި އެ ފަރާތްތަކަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.
05 Oct 2026
ކުރިން އެމްޑީޕީން ބުނީ ރަސްމާލެއަކީ އަގެއް ނެތް ވެލިގަނޑެއް ކަމަށް
ރަސްމާލެ ހިއްކުމުގެ މަޝްރޫއު ފެށިގެން އައިއިރު އިދިކޮޅު ފަރާތްތަކުން އެއީ "އަގެއް ނެތް ވެލިގަނޑެއް" ކަމަށް ބުނެ ވާހަކަ ދެއްކި ނަމަވެސް، މިއަދު އެއީ ދައުލަތުގެ އެންމެ ބޮޑު ރައުސުލްމާލު ކަމަށް އެ ފަރާތްތަކުން ވެސް ގަބޫލުކޮށްފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ޙުސައިން އިމްރާން ލަޠީފް (އިއްމު) މިއަދު ވިދާޅުވެއްޖެއެވެ.
05 Oct 2026
އީގަލް ހިލްސް އެއްބަސްވުން ހާމަކުރުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި
ދޮޅު މަހުގެ ޗުއްޓީއަކަށް ފަހު މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމެވެ. އެ މައްސަލައިގައި ބަޔާންކޮށްފައިވާ ގޮތުން, ސެޕްޓެމްބަރު 21 ގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ރައްޔިތުންގެ ފައިސާއިން ހިއްކާފައިވާ ރަސްމާލެއިން 500 ހެކްޓަރަށް ވުރެ ބޮޑު ބިމެއް 99 އަހަރަށް އީގަލް ހިލްސްއަށް ދޫކޮށްލީ ބިމު ކުއްޔެއް ނުވަތަ އެކުއިޒިޝަން ކޮސްޓެއް ނެގުމެއް ނެތި, ހިއްކުމުގެ ޚަރަދު ވެސް ދައުލަތަށް އަނބުރާ ލިބޭނެ އެއްވެސް ގޮތެއް ނެތް ހާލުގައެވެ.
05 Oct 2026
އެމްބިއުލާންސާ ގުޅުވައި، ފަތުރާ ވާހަކަތައް ނަޑެއްލާ ކައުންސިލުން ކުށްވެރިކޮށްފި
ގދ. ނަޑެއްލާގެ މަގުތަކާ ގުޅޭގޮތަށް އެ ރަށަށް އައު އެމްބިއުލާންސެއް ގެނައުމާ ގުޅިގެން، ހަޤީޤަތް އޮޅުވާލައި އެކި ފަރާތްތައް ބަދުނާމުކޮށް ދޮގު ވާހަކަ ފަތުރަމުންދާކަން ފާހަގަކޮށް އެކަން އެ ރަށު ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
05 Oct 2026
ގަޒުފުކުރި ކަމަށް ތުހުމަތުކުރެވޭ މައްސަައިގައި އީޝާގެ އަޑުއެހުން ސިއްރުކޮށް ބާއްވައިފި
ހެނދުނު ބޭއްވި މި އިބްތިދާއީ އަޑުއެހުން ކޯޓުން ކުރިއަށް ގެންގޮސްފައިވަނީ ސިއްރު އަޑުއެހުމެއްގެ ގޮތުގައި ކަމުން، ނޫސްވެރިންނަށް ޝަރީޢަތުގެ މަޖިލީހަށް ވަނުމުގެ ފުރުޞަތެއް ލިބިފައެއް ނުވެއެވެ. މި މައްސަލަ ބައްލަވަނީގާޒީ އިބްރާހީމް ޒިހުނީއެވެ.
05 Oct 2026
ޓީޗަރުން ކުރައްވާ ބުރަ މަސައްކަތައް ޝުކުރު އަދާކުރަން: މެޑަމް ސާޖިދާ
އެކަމަނާ އެކްސްގައި ޝާއިޢުކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދަރިވަރުން ބިނާކޮށް ބައްޓަންކުރުމުގައި މުދައްރިސުން ވަރަށް މުހިންމު ދައުރެއް އަދާކުރައްވާ ކަމަށާއި މިއަދު ފެންނަ ބަދަހި މުޖުތަމަޢުތައް ބިނާކުރުމުގައި އެ ބޭފުޅުންގެ ޙިއްޞާ ވަރަށް ބޮޑު ކަމަށެވެ.
05 Oct 2026
ދަރިވަރުންގެ މުޒާހަރާތައް ހޫނުވެ ފަރަންސޭސިވިލާތުގެ 500 އެއްހާ ސްކޫލް ބަންދުކޮށްފި
ފަރަންސޭސިވިލާތުގެ ތަޢުލީމީ ވަޒީރު އެޑޮއާ ޖެފްރާ އާދީއްތަ ދުވަހު ހާމަކުރީ، އެ ސްކޫލްތަކުގެ ކިޔެވުން ހުއްޓައިލީ ސެކިއުރިޓީ ކަންކަން ހަމަޖެހިފައި ނެތުމުން ކަމަށެވެ. އެ މުޒާހަރާތައް ފެށުނީއްސުރެ 24 ސްކޫލެއްގައި ހުޅު ޖަހައި ބޮޑެތި ގެއްލުންތައް ދީފައިވާ ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.
05 Oct 2026
ވިއެޓްނާމަށް މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު 20 އަހަރަށް ޖަލަށް
ވިއެޓްނާމަށް ޣައިރުޤާނޫނީ ގޮތެއްގައި މަސްތުވާތަކެތި އެތެރެކުރި ދިވެހި ރައްޔިތަކު 20 އަހަރަށް ޖަލަށްލުމަށް އެ ޤައުމުގެ ކޯޓަކުން ޙުކުމްކޮށްފިއެވެ. މި ޙުކުމް އިއްވާފައިވަނީ ވިއެޓްނާމްގެ ޚާން ހުއާ ޕްރޮވިންސްގެ ޕީޕަލްސް ކޯޓުންނެވެ.