03 Jun 2021 | 17:17
ގެއްލިގެން ހޯދަމުންދާ މިސްބާހު ދުބާއީ މަގުން ޕާކިސްތާނަށް ދަތުރުކުރި، ވިސާ ހަމަވުމުން ދިވެހި ހައިކޮމިޝަނަށްވެސް ދިޔަ!

ހދ.ނޮޅިވަރަންފަރު/މޯނިންގް ސަން މިސްބާހު މުހައްމަދު ގެއްލިގެން އާންމުންގެ އެހީތެރިކަމަށް ފުލުހުން އެދިފައިވަނީ ނިމިދިޔަ މެއިމަހުގެ ތެރޭގައެވެ. އޭރު ފުލުހުން އެކަން އިއުލާން ކުރަމުންވެސް ބުނެފައިވަނީ އޭނާ ގެއްލުނުތާ މަހެއްހާ ދުވަސް ވެފައިވާކަމަށެވެ. އުމުރުން 25 އަހަރުގެ މިސްބާހުއާއި އޭނާގެ އާއިލާއިން އެންމެފަހުން ދިމާވެފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

މިސްބާހު ގެއްލިގެން އުޅޭކަން ފުލުހުން އިއުލާންކުރިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް ފެންމަތިވެގެންދިޔަ ޚަބަރަކީ އޭނާ ރާއްޖެއިން ބޭރަށް ފުރާފައިވާކަމަށެވެ. އެގޮތުން އޭނާ ނޮވެމްބަރ މަހުގައި ރާއްޖެއިން ބޭރަށް ފުރައިގެން ދިޔަގޮތަށް އަނބުރާ ރާއްޖެއަށް އައިސްފައި ނުވާކަމަށް ފުލުހުންވެސް ފަަހުން ހާމަކުރިއެވެ. ރޭގެ ވަގުތެއްގައި ފުލުހުން ވަނީ މިސްބާހު ރާއްޖެއިން ބޭރަށް ކުރި ދަތުރަކީ، ރާއްޖެއަށް މިދިޔަ އަހަރުގެ ތެރޭގައި އެތެރެކުރަން އުޅުނު ގިނައަދަދެއްގެ މަސްތުވާތަކެއްޗާއި ގުޅޫންހުރި ދަތުރެއްކަމަށް ބުނެފައެވެ.

އިމިގްރޭޝަންގެ ރެކޯޑްތަކާއި ހަވާލާދީ ފުލުހުން ބުނެފައިވާ ގޮތުގައި މިސްބާހު ވަނީ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުގެ ރޭ ފްލައި ދުބާއީ އެއާލައިނުގެ ފްލައިޓް ނަންބަރު އީޒެޑް 1570 އިން ރާއްޖެއިން ދުބާއީއަށް ފުރާފައެވެ. ފުލުހުން ބުނިގޮތުގައި އޭނާއާއި އެކުގައި ދުބާއީއަށް ދަތުރުކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ 8ވަނަ ދުވަހުގައި "މަސްޖަރީ 2" ނަމަކަށް ކިޔާ ދޯނިން ރާއްޖެއަށް 72 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމުގައި ހަރަކާތްތެރިވި އިރުފާން ތަގިއްޔުއެވެ. އެގޮތުން މި ދެމީހުން ދުބާއީއަށް ދާން ފުރުމަށްޓަކައި އެއާޕޯޓަށް ގޮސްފައިވަނީވެސް މި މައްސަލައިގައި ހިމެނޭ މަސްތުވާތަކެތިތައް މާލޭގައި އުފުލަން ބޭނުންކުރި ކާރުގައެވެ. މިއީ އިރުފާން ދުއްވާ ކާރެކެވެ.

ފުލުހުން ބުނިގޮތުގައި އިރުފާނާއި މިސްބާހު އެއްކޮށް ދުބާއީއަށް ދަތުރުކޮށްފައިވީނަމަވެސް، ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހުގައި އިރުފާން ވަނީ އެމިރޭޓްސް އެއާލައިންގެ ފްލައިޓް އީކޭ656އިން އެނބުރި މާލެއަށް އަތުވެފައެވެ. އަދި ނޮވެމްބަރ މަހުގެ 23ވަނަ ދުވަހު ފްލައި ދުބާއީގެ ފްލައިޓް އެފްޒެޑް 0343 އިން މިސްބާހު ވަނީ ދުބާއީއިން ޕާކިސްތާނަށް ދަތުރުކޮށްފައެވެ.


މިސްބާހު ޕާކިސްތާނުގައި، ވިސާ ހަމަވެގެން ހައިކޮމިޝަންގެ އެހީތެރިކަމަށް އެދުނު!

ފުލުހުން ގަބޫލުކުރާ ގޮތުގައި ދުބާއީއިން މިސްބާހު ޕާކިސްތާނަށް ދަތުރުކޮށްފައިވަނީ، އިރުފާން ރާއްޖެއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތީގެ ފައިސާގެ ކަންތައްތައް ނިމެންދެން މަސްތުވާތަކެތީގެ ނެޓްވޯކްގެ ބެލުމުގެ ދަށުގައި ހުންނާނެ "ގެރެންޓަރ"އެއްގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި އޭނާ ވަނީ ޕާކިސްތާނުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށްވެސް ގޮސްފައެވެ.

މިކަމާއި ގުޅިގެން "ވޮއިސް"އަށް މައުލޫމާތުދެމުން ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރ މިއުވާން މުހައްމަދު ވިދާޅުވީ، މިސްބާހު ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް ގޮސްފައިވަނީ މި އަހަރުގެ މާޗްމަހުގެ މެދުތެރޭގައިކަމަށެވެ. އެއީ އޭނާގެ އަތުގައި އޮތް ވިސާ ހަމަވެފައި އޮތުމުން، ޕާކިސްތާނުން ފުރުމަށް ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާކަމަށްބުނެކަމަށް މިއުވާން ވިދާޅުވިއެވެ. އެހެންކަމުން ދެން އަމަލުކުރަންޖެހޭނެ ގޮތް އޭނާއަށް ކިޔައިދިންކަމަށާއި، އިތުރުކަމެއްގައި އެހީތެރިކަމަކަށް އެދި އޭނާގެ ހާލަތުވެސް އަންގާފައި ނުވާކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

އޭގެ ފަހުން ޕާކިސްތާނުގައި ހުންނަ ހައިކޮމިޝަނަށްވެސް މިސްބާހުގެ ފަރާތުން ޚަބަރެއް ވެފައެއް ނުވެއެވެ. އެނގިފައިވާ ގޮތުގައި އޭނާ ހައިކޮމިޝަންގައިވެސް އުޅުނީ އެތަނުގެ މުވައްޒަފުންނަށް އެހާބޮޑަށް މައުލޫމާތުދޭފަދަ ގޮތަކަށް ނޫނެވެ. އޭނާ އެތަނަށް ގޮސްފައިވަނީވެސް އެކަނިކަމަށްވެއެވެ. މިހާތަނަށް މިސްބާހު ރާއްޖެއަށް އަނބުރާ އައިސްފައި ނުވާކަން ކަށަވަރުކުރެވޭއިރު، ގެރެންޓަރއެއްގެ ގޮތުގައި މަސްތުވާތަކެތީގެ ނެޓްވޯކްގެ ދަށުގައި އޭނާ ހުރި ހާލަތެއްވެސް އެނގޭކަށް ނެތެވެ.


މަސްތުވާތަކެތީގެ ބާރުގަދަ ނެޓްވޯކްތަކުގެ އަތްދަށުގައި ދިވެހިން!

މިފަހަކަށް އައިސް، މަސްތުވާތަކެތީގެ ބޮޑެތި ޑީލްތައް ހިނގާއިރުގައި އެކަމުގައި ހިމެނޭ ދިވެހިންގެ ފަރާތުން ބޭރުގެ މަސްތުވާތަކެތީގެ ނެޓްވޯކްގެ ބެލުމުގެ ދަށުގައި "ގެރެންޓަރ"އެއްގެ ހައިސިއްޔަތުން މީހަކު ބަހައްޓާ މައްސަލަތައް ވަނީ ފެންމަތިވާން ފަށާފައެވެ. އެގޮތުން މިފަދައިން ޕާކިސްތާނުގައި ހުރި މީހަކަށް އަނިޔާކޮށްފައިވާ ފޮޓޯތަކެއް ފުލުހުންނަށް ލިބިފައިވާކަމަށް މމިދިޔަ އަހަރުގެ ތެރޭގައި ވަނީ ބުނެފައެވެ.

ސަލާމަތީ ދާއިރާގެ ކަންތައްތައް ދިރާސާކުރައްވާ ބޭފުޅަކު "ވޮއިސް"އަށް މައުލޫމާތުދެއްވި ގޮތުގައި މަސްތުވާތަކެތީގެ ޑީލްތައް ހިނގާއިރު "ގެރެންޓަރ"އެއްގެ ގޮތުގައި މީހުން ބެހެއްޓުން އެންމެ ފުރަތަމަ ބޮޑަށް ފެށިގެންދިޔައީ ލެޓިން އެމެރިކާ ސަރަހައްދުގެ މެކްސިކޯ ފަދަ ތަންތަނުގެ ކާޓެލްތަކުގައެވެ. އެގޮތުން އެމީހުން ރަހުނެއްގެ ގޮތުގައި ޑްރަގް ގަންނަ ފަރާތުގެ އާއިލާ ނުވަތަ އާއިލާގެ މެންބަރަކު ބައިތިއްބާކަމަށާއި، އެމީހުން ބައިތިއްބާނީ އެ ޑްރަގް ކާޓެލްގެ ބެލުމުގެ ދަށުގައި އޮންނަ ތަނެއްގައިކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިފަދައިން އަމަލުކުރާ ބައެއް ފަހަރުތަކުގައި އެ ރަހުނުތަކަށްވެސް އެމީހުން ރަހުނަށް ވެފައިވާކަން ނޭނގިދާ ކަމަށާއި، ފައިސާ އަނބުރާ ނުދެއްކުމުން މި ކާޓެލްތަކުން އެމީހުންގެ ގުނަވަންތައް ވިއްކައި ނެޓްވޯކްގެ ތެރެއަށް ވައްދައިގެން ނަމަވެސް ފައިސާ ހޯދާނެކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

އޭނާ އިތުރަށް ވިދާޅުވިގޮތުގައި ޕާކިސްތާނު ފަދަ ތަންތަނުގެ ޑްރަގް ނެޓްވޯކްތަކާއެކު ހިނގާ ޑީލްތަކުގައި، ޑްރަގް ގަންނަ ފަރާތުން އެޑްވާންސަށް ވަކި އަދަދަކަށް ފައިސާ ދެއްކުމަށްފަހު ބާކީބައި ދެއްކެންދެން ގެރެންޓަރއެއްގެ ހައިސިއްޔަތުން ނެޓްވޯކްގެ ބާރުގެ ދަށުގައި ކޮންމެވެސް މީހަކު ބަހައްޓައެވެ. އަދި ފައިސާ އަނބުރާ ނުދައްކާ ހާލަތުގައި ކޮންމެ ގޮތަކުންވެސް ފައިސާ ހޯދަން މަސައްކަތްކުރާނެކަމަށާއި އެގޮތުން އެ ނެޓްވޯކްގެ ތެރެއަށް ރަހުނު ވެއްދުމާއި، ފައިސާ އަނބުރާ ހޯދަން އޭނާގެ ހުރި ކޮންމެވެސް ހުނަރެއް ފަދަ އެއްޗެއް ބޭނުންކުރާނެކަމަށް ފާހަގަކުރެއްވިއެވެ. މިފަދަ ނެޓްވޯކްތަކުން މިހާރު ހަތިޔާރު ޑީލްކުރުން ފަދަ ކަންތައްތަކުގައިވެސް ބައިވެރިވެއެވެ. އެއާއި އެކު މި ނެޓްވޯކްތަކުން ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތަކުގެ ބޭނުން ހިފައި، މުއާމަލާތްތައް ކުރުމުގައި ކްރިޕްޓޯ ކަރަންސީ ފަދަ އެއްޗެހި ބޭނުންކުރާކަމަށްވެސް ދަނީ ތުހުމަތުކުރެެވެމުންނެވެ.

ރިޕޯޓަށް މައުލޫމާތުދެއްވި ބޭފުޅާ އިތުރަށް ވިދާޅުވި ގޮތުގައި ޑްރަގް ނެޓްވޯކެއްގެ ބެލުމުގެ ދަށުގައި ގެއެއް ނުވަތަ ހޮޓަލެއްގައި ހުންނަ މީހަކަށް އެހެން ތަންތަނަށް ދަތުރުކޮށް ހަދައި، ފުރައިގެން ދިއުމުގެ ގާނޫނީ ގޮތްތަކެއް ހޯދަން މަސައްކަތްކުރެވޭނީވެސް އެކަމަށްޓަކައި ނެޓްވޯކްގެ ރުހުން އޮތުމުންނެވެ. އެހެންކަމުން ޕާކިސްތާނުގެ ނެޓްވޯކާއި މާލެއިން ޑްރަގް ގަތް މީހުންނާއި މެދުގައި ރަނގަޅު ގުޅުމެއް އޮތްކަމަށް ބެލުމުގެ ފުރުސަތުވެސް އެބައޮތެވެ. އެ ގުޅުމުގެ ތެރެއިން ކޮންމެވެސް ސަބަބަކާއި ހުރެ މިސްބާހަށް ހައިކޮމިޝަނަށް ދިއުމާއި ހަމައަށް ބޮޑު އަނިޔާއެއް ނުކުރާކަމަށް ބެލެވިދާނެއެވެ. ނަމަވެސް މިއީ އެއްވެސް ހާލަތެއްގައި ފުރިހަމައަށް ކަށަވަރުކަމެއް ނޫނެވެ. އަދި އޭނާ މިހާރު ހުރި ހާލަތާއި ތަން އެނގިފައި ނެތުމަކީ ބޮޑު ކަންބޮޑުވުމެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.