06 Jun 2021 | 06:04
ވޯލްޑް ކަޕްގައި ދެއްކި ރަތްކާޑައި ގުޅިގެން ރޮނާލްޑޯއައި އިތުރަށް ގާތްވި: ރޫނީ

2006 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި އިންގްލެންޑް އަދި ޕޯޗުގަލް ވާދަކުރި މެޗުގައި ރޫނީއަށް ދެއްކި ރަތް ކާޑައި ގުޅިގެން އޭރު ކުލަބު ފެންވަރުގައި މެންޗެސްޓާ ޔުނައިޓެޑަށް އެކުގައި ކުޅުނު ރޮނާލްޑޯ އާމެދު އެއްވެސް ރުޅިވެރިކަމެއް ނެތް ކަމަށާއި ވީހާވެސް ކަމަކީ ދެމީހުން އިތުރަށް ގާތްވުން ކަމަށް ރޫނީ ބުނެފިއެވެ.

ސަންޑޭ ޓައިމްސްގައި ރޫނީ ބުނީ އެ މެޗު ކުރިއަށް ދިޔައީ ފުދޭވަރަކަށް 'އޯކޭ' ކޮށް ކަމަށާއި ދެވަނަ ހާފުގެ ކުރީ ކޮޅު ރެފްރީ އޭނާއަށް ހިލޭ ޖެހުމެއް ނުދިނުމުން ދެވުނު ރިއެކްޝަނުގެ ނަތީޖާއަކަށްވީ އެ ރަތް ކާޑު ކަމަށެވެ.

ކުރެވުނު ފައުލަކާއި ގުޅިގެން އޭނާއަށް ރަތް ކާޑު ދެއްކުމަށް ރޮނާލްޑޯ ރެފްރީ ކައިރި ބުނި ކަމަށާއި އެއީ މައްސަލައެއް ނޫންކަމަށާއި ރޮނާލްޑޯގެ މަޤާމުގައި އޭނާ ހުރި ނަމަވެސް އެދުވަހު އޭނާވެސް ކަންތައް ކުރާނީ ހަމަ އެހެން ކަމަށްވެސް ރޫނީ ބުނެފައިވެއެވެ.

އެ ރަތް ކާޑަކީ އޭނާ އަށް ލިބެން ޙައްޤު ރަތް ކާޑެއްކަން ގަބޫލުކުރާކަމަށާއި ދަނޑުން ފައިބައިގެން ޑްރެސިންގ ރޫމްއަށް ގޮސް އިން އިރު ވިސްނެމުން ދިޔައި މެޗަށް ފަހު ވާނެ ގޮތަކާމެދުގައި ކަމަށްވެސް ރޫނީ ބުންޏެވެ. އެވަގުތު ބޮލަށް އައިހާވެސް އެއްޗަކީ ''އިންގްލެންޑް މޮޅުވި ނަމަވެސް ސެމީ އަދި ފައިނަލުގައި ކުޅެވޭނެ ފުރުޞަތު އޮތީ ގެއްލިފަ. އިންގްލެންޑް ބަލިވެއްޖެނަމަ އޭގެ ޒިންމާ ނަގަން ޖެހޭނީ އަހަރެން'' ކަމަށް ރޫނީ އިތުރަށް ހާމަކުރިއެވެ.

އެ މެޗުގައި އޭނާއަށް ދެއްކި ރަތް ކާޑަކީ ފުޓްބޯޅަ ކެރިއަރުގައި ދިމާވި އެންމެ ހިތް ނުތަނަވަސް ކުރުވަނިވި ތަޖުރިބާ ކަމަށްވެސް ރޫނީ ބުނެފައިވެއެވެ.

މެންޗެސްޓާ ޔުނައިޓެޑުގައި ރޫނީ އަދި ރޮނާލްޑޯ އެކުގައި ކުޅެ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. މި ދެކުޅުންތެރިންނަކީ ފުޓްބޯޅަ ދުނިޔެދުށް އެންމެ މޮޅު އެއް 'ޑުއޯ' ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އދ ގެ ތެރެއިން ފަލަސްތީނަށް ލިބެންޖެހޭ ހައްޤުތައް ވަނީ ހިފެހެއްޓިފައި
ފަލަސްތީނުގެ މައްސަލައަކީ ބައިނަލްއަގުވާމީ އެޖެންޑާގެ އެންމެ ކުރީގައި އޮތް މައްސަލައަށް ވީނަމަވެސް، ބައިނަލްއަގުވާމީ މުހިންމު މަޝްވަރާ މަޖިލިސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަލަސްތީނުގެ ރައްޔިތުންނަށް ބަންދުވެފައި އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން
26 Sep 2026
ނޭޕާލަށް ނިސްބަތްވާ ދެ މީހަކު ހަށިގަނޑުގައި ފޮރުވައިގެން މަސްތުވާތަކެތި އެތެރެކުރި މައްސަލައެއް
ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރި ނޭޕާލުގެ ދެ މީހަކު ހައްޔަރުކޮށް ކްރިމިނަލް ކޯޓުން ތިން ދުވަހުގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ. ދެ މީހުން ވެސް މިހާރު ތިބީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ.
26 Sep 2026
ސިނަމާލެ ބްރިޖަށް ފައިމަގުގައި އަރާ ބައެއް މީހުން އެއާޕޯޓާއި ހުޅުމާލޭ ކޮޅަށް ދާ މައްސަލަ ބޮޑުވެއްޖެ
ފުލުހުން ބުނީ ބުނީ ސިނަމާލެ ބްރިޖްގެ ވޯކްވޭގައި ބެރިކޭޑް ބަހައްޓާފައިވާ ސަރަހައްދު ހުރަސްކޮށްދާ މީހުންނާމެދު ގަވާއިދުން ފިޔަވަޅު އަޅަމުންގެންދާނޭކަމަށެވެ.
26 Sep 2026
އަންނަ އަހަރުން ފެށިގެން އައި.އެމް.އެފް ގެ ޕްރޮގްރާމުން ސްރީލަންކާ ވަކިވަނީ
ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެޤައުމުން އަންނަނީ ވަރލްޑް ބޭންކާއި އައިއެމްއެފުން ހުށަހެޅި ކަންތައްތައް ފުރިހަމަ ކުރަމުންނެވެ.
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.