09 Jun 2021 | 12:39
އައްޑޫގައި ވަކި ދައުލަތެއް ހަދަން ދެއްކި ވާހަކައާއި އިންޑިއާ ސަރުކާރުގެ ނިންމުމާއި އޮތީ ކޮންގުޅުމެއް؟

މީގެ ތިން އަހަރު ކުރިން 2018 ވަނަ އަހަރުގެ މެއި މަހުގެ ހަތްވަނަ ދުވަހު ރާއްޖޭގެ އޮންލައިން މީޑިއާއެއްކަމުގައިވާ ވަގުތު ނޫހުގައި އައްޑުއަތޮޅުގައި ވަކި ދައުލަތެއް ހަދަން ރައީސް މުޙައްމަދު ނަޝީދާއި އައްޑުއަތޮޅުގެ ބަޔަކު ވާހަކަ ދައްކާ އޯޑިއޯއެއް ލީކްވެފައިވާ ޚަބަރެއް ޖަހައި، ވަކި ދައުލަތެއް ހަދަން ވާހަކަދެއްކި ކަމަށް މީދޫ ކައުންސިލަރ ޙުސައިން ހިޔާޒް އެއްބަސްވެވަޑައިގެންނެވި ކަމަށް ލިޔެފައި ވެއެވެ. އެރިޕޯޓުގައި މީދޫ ކައުންސިލަރ ވިދާޅުވެފައިވާކަމަށް ލިޔެފައިވަނީ އެއީ މަޖަލަކަށް ދެއްކި ވާހަކައެއްކަމަށެވެ. މީދޫ ކައުންސިލަރ އަކީ އެބައްދަލުވުމުގައި ޙާޟިރުވެ އިން އެކެކެވެ.

މިވާހަކައެއް ދެކެވިފައިވަނީ ރައީސް މުޙައްމަދު ނަޝީދު އައްޑު އަތޮޅުގެ ފަތުރުވެރިކަން ޕްރޮމޯޓްކުރަން އިންޑިއާ އަށާއި ލަންކާއަށް ކުރެއްވި ދަތުރުފުޅެއްގެތެރެއިން ލަންކާގައި މަޑުކުރައްވައި ބޭއްވި ބައްދަލުކުރެއްވުމެއްގެ ތެރޭގައެވެ.

މިވާހަކައެއް ދެކެވުނުތާ ތިން އަހަރު ފަހުން މިއަދު އައްޑު އަތޮޅުގެ ރައްޔިތުން ބަހުސްކުރަމުންދަނީ އިންޑިއާގެ ފައިތިލަ ދާއިމީގޮތެއްގައި އެއަތޮޅުގެ ފަސްގަނޑުގައި ހަރު ލައްވާފައި ބަހައްޓާނީތޯ ނުވަތަ ނޫންތޯއެވެ. މިބަހުސެއް ހިގަމުންދަނީ އިންޑިއާގެ އެއްވެސް ރައްޔިތަކު ދިރިނޫޅޭ ރާއްޖޭގެ އެންމެ ދެކުނުގެ އަތޮޅުކަމުގައިވާ އައްޑުއަތޮޅުގައި އިންޑިއާގެ ޑިޕްލޮމެޓިކް އޮފީހެއް ހުޅުވަން އިންޑިއާ ސަރުކާރުން ނިންމުމުންނެވެ. ބައެއް މީހުން ސިފަކުރާގޮތުގައި އިންޑިއާގެ ޙަޤީޤީ ބޭނުމަކީ އައްޑުއަތޮޅުގައި އެޤައުމުގެ އަސްކަރީ ޖާސޫސީ އަޑުއެހުންތައް ބަލަހައްޓާނެ އޮފީހެއް ހެދުމެވެ. ކޮންސިއުލޭޓް ކިޔަނީ ދުނިޔެއަށް މަންޒަރު ރީތިކޮށްފައި ބޭއްވުމަށެވެ. މިއޮފީސް ހެދުމަށް ތާއީދުކުރާ މީހުންގެ ނަޒަރުގައި އިނގިރޭސިން އައްޑުއަތޮޅުގައި މިނިވަން ދައުލަތެއް ހަދައިދީގެން ތިބި ދުވަސްވަރު ލިބުނުފަދަ ބޮޑު ތަނަވަސްކަމެއް މިފަހަރުވެސް އެމީހުންނަށް ލިބިގެންދާނެއެވެ.

2018 ވަނަ އަހަރު ލީކްވި އޯޑިއާއާއި ގުޅޭގޮތުން ވަގުތު ނޫހުގައި ލިޔެފައިވަނީ އެއޯޑިއޯއިން އެނގޭގޮތުގައި ރައީސް ނަޝީދާއި އަދި ދެން އެބައްދަލުވުމުގައި ބައިވެރިވި އައްޑުއަތޮޅުގެ ބޭފުޅުންވެސް އެމަޝްވަރާތައްކުރީ " ވަރަށް ސީރިއަސްކޮށް ތިއްބަވައިގެންނެވެ"

" އޯޑިއޯއިން އެނގޭގޮތުގައި ރައީސް ނަޝީދުވަނީ ބްރިޓިޝް ވާޖިން އައިލެންޑްސް މިސާލަކަށް ނަންގަވައިގެން އައްޑޫ ސިޓީގައިވެސް ވަކި ދައުލަތެއް ޤާއިމު ކުރެވިދާނެކަމަށް ވިދާޅުވެފައެވެ." އެއޯޑިއޯއާއި ބެހޭގޮތުން ނަޝީދު ވަކި އެއްޗެއް ވިދާޅުވެފައިނުވާކަމަށްވެސް ބުނެފައިވެއެވެ.

އިންޑިއާގެ ޑިޕްލޮމެޓިކް ރައްކާތެރިކަން ލިބިދީފައިވާ އޮފީހެއް އައްޑުއަތޮޅުގައި ހުޅުވަން އިންޑިއާ ސަރުކާރުން ނިންމުމާއެކު އެމްޑީޕީގައި ތިއްބެވި ރައްޔިތުންގެ މަޖިލީހަށް ނިސްބަތްވެވަޑައިގަންނަވާ ހުރިހައި މެންބަރުންވަނީ އެކަމަށް އުފާކުރައްވައި ތާއީދުކުރައްވައި އެއީ އައްޑުއަތޮޅުގެ ރައްޔިތުންނަށް ނުހަނު ފައިދާހުރި ކަމެއްކަމަށް ރައްޔިތުންގެ ސިކުނޑިތަކަށް ވައްދައިދޭން ޕްރޮޕެގެންޑާ މަސައްކަތްތަކެއް ފަށާފައެވެ. އެއަތޮޅުގެ މޭޔަރުވެސް ހުންނެވީ އިންޑިއާގެ ފައިތިލަ އައްޑުއަތޮޅު ބިމުގައި ގަރާރު ކުރެއްވުމަށް ނިންމަވައިގެންކަމަށް ވިދާޅުވިއެވެ.

އިއްޔެ އެމްޑީޕީގެ ލީޑަރ މުޙައްމަދު ނަޝީދު ޔޫރަޕްގައި ހުންނަވާފައި މިމައްސަލައާއިމެދު އޭނާގެ ޚިޔާލުފުޅު ފުރަތަމަ ފަހަރަށް ހާމަކުރައްވާފައި ވެއެވެ. ނަޝީދު ވިދާޅުވީ އައްޑުއަތޮޅުގައި އިންޑިއާއިން ކޮންސިއުލޭޓް އޮފީހެއް ހުޅުވުމުން މުޅި ރާއްޖެއަށާއި އައްޑުއަތޮޅަށްވެސް ފައިދާ ކުރާނެކަމަށެވެ. މުޅިރާއްޖެއަށް ފައިދާ ކުރާނީ ކޮންގޮތަކުންކަމެއް ވިދާޅެއްނުވެއެވެ. އެކަމަކު ވިދާޅުވީ އައްޑޫ ވިސްނުމަކީ އަބަދުވެސް ދުނިޔެއަށް ހުޅުވިފައިވާ ވިސްނުމެއް ކަމަށެވެ. އެއީ އަމިއްލަ ނޭފަތުކުރީގައި ތަޅު އަޅުވާފައިނުވާ ވިސްނުމެއްކަމަށެވެ. އެވިދާޅުވާ އެއްޗެއްގެ މާނަ ރަނގަޅަކަށް ފަހުމެއް ނުވެއެވެ. އައްޑޫގެ ވިސްނުމަކީ އަބަދުވެސް ދުނިޔެއަށް ހުޅުވިފައިވާ ވިސްނުމެއްކަމަށް އެވިދާޅުވަނީ އޯޑިއޯގައި ވިދާޅުވާފަދައިން ދިވެހި ޤައުމުން ވަކިވެގަނެ އަމިއްލަ ދައުލަތެއް އުފައްދައި ދުނިޔެއާއި މުއާމަލާތު ކުރުމުގެ ވިސްނުން ބާވައެވެ. ނޭފަތުކުރީގައި ތަޅު އެޅުވުމަކީ ދިވެހި ދައުލަތުގެ ސިޔާދަތީ ބާރުގެ ދަށުގައި އައްޑުއަތޮޅު އޮތުމުން ލެވިފައިވާ ތަޅެއްކަމަށް ދޭހަކޮށްދެއެވެ. ކޮންމެއަކަސް ނަޝީދު އައްޑުއަތޮޅާއިމެދު އަޑިނޭނގޭ ވަކި ޕްލޭނެއް ގެންގުޅުއްވާހެން ދޭހަ ވެއެވެ.

އައްޑުއަތޮޅު ދުނިޔެމަތީގެ ނަރަކައަކަށް ބަދަލުވުމުގެ ފުރުޞަތު ބޮޑު

ބޭރު ބައެއްގެ ނުފޫޒުގެ ތެރޭގައި އައްޑުއަތޮޅު ބޭއްވުމުގެ މޭރުންކޮށްދޭގޮތަށް މީގެކުރިންވެސް ނަޝީދު ވާހަކަފުޅު ދައްކަވާފައިވެއެވެ. އިންޑިއާކަނޑުގައި މުސްތަޤުބަލުގައި ހިގާނެ ހަނގުރާމައެއްގެ ވަރަށް މުހިންމު ތަނަކަށް އައްޑުއަތޮޅު ވެގެންދާނެކަމަށާއި އެކަން ނިމިގެންދާނީ އައްޑުއަތޮޅުންކަމުގައި ވިދާޅުވެފައިވެއެވެ.

"މިއަތޮޅު (އައްޑޫ) މުހިއްމު ވަނީ ހަމައެކަނި ދިވެހި ރާއްޖެއަކަށް ނޫން. މިދުނިޔެ، އިންޑިއާ ކަނޑު މިދަނީ ބަދަލުވަމުން. އެކަނޑުގައި ހަނގުރާމައެއް އުފެދެމުން އެބަ އާދޭ. އިންޑިއާ އާއި ޗައިނާގެ އުދާސްތައް އެންމެ ފަހުން ތަހައްމަލް ކުރާނެ ތަނަކީ މި އައްޑު އަތޮޅު. އައްޑޫ ސިޓީ އަށް ނަޒަރު ހިންގައި މިސިޓީއާ ގުޅޭ ގޮތުން ވިސްނަނީ ހަމައެކަނި ދިވެހި ރާއްޖޭގެ ރައްޔިތުންނެއް ނޫން. މިސިޓީއާ ގުޅޭ އެންމެހައި ކަންކަން ބަލަމުން، އޮޅުންފިލުވަމުން ގެންދަނީ އެތައް ޤައުމަކުން."2018 ވަނަ އަހަރު އައްޑު އަތޮޅުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ނަޝީދު ވިދާޅު ވެފައި ވެއެވެ

ނަޝީދު އެވިދާޅުވިފަދަ ތަނަކަށް އައްޑުއަތޮޅުވެގެންދާނެ އޮތީ އެންމެ ގޮތެކެވެ. އެއީ އައްޑުއަތޮޅުގެ ބިމުގައި ބޭރު ޤައުމެއްގެ އަސްކަރީ ބޭހެއް އުފެއްދުމެވެ. އެނޫންގޮތަކަށް މިފަދަ ހަނގުރާމައެއްގައި އައްޑުއަތޮޅު ބޭނުންކުރެވޭނެ އެއްވެސްގޮތެއް ފެންނާކަށެއް ނެތެވެ. މުޙައްމަދު ނަޝީދު އިޝާރާތްކުރައްވަނީ ޗައިނާއާއެކު ހަނގުރާމައަކަށް ދާންޖެހިދާނެކަމަށް އެމެރިކާއާއި އިންޑިއާއާއި އޮސްޓްރޭލިޔާއިން ދައްކަމުންދާ ވާހަކަތައްކަމަށް ވެދާނެއެވެ. މިފަދަ ހަނގުރާމައެއް ފެށި އައްޑުއަތޮޅު ހަނގުރާމައިގެ މަރުކަޒަކަށް ބޭނުންކުރަން ފުރުޞަތު ދީފިނަމަ އައްޑޫ ރައްޔިތުންނަށް އެމީހުންގެ ފަސްގަނޑު ވެގެންދާނީ ދުނިޔެމަތީގެ ނަރަކައަކަށް ކަމާއިމެދު ޝައްކެއްވެސް ނެތެވެ. ދުވަސްކޮޅަކު ރުފިޔާފައިސާއާއި މުދާތައް މަތިން އޮހިދާނެއެވެ. އަދި މުދަލުގެ ލައްޒަތާއި އުފާތައް ދެމިއޮވެދާނެއެވެ. އެކަމަކު ހަނގުރާމައެއް ހިނގާކަމަށްވާނަމަ އަސްކަރީ މަރުކަޒުތަކަށް ބޮން ނާޅައި ނުދާނެއެވެ. އޭރުންއައްޑު އަތޮޅާއި ދިމާއިން މަތިން ބޮލަށް ފައިބާނީ އަލިފާނެވެ. ތަކުލީފާއި ވޭން ތަހައްމަލް ކުރާނީ އައްޑުއަތޮޅުގެ ރައްޔިތުންނެވެ. މާލޭގެ ބޮޑުންނެއް ނޫނެވެ. ޓުވިޓަރގައި ޖެނީ ލަތީފް ކިޔާ ބޭކަނބަލަކު މުހައްމަދު ނަޝީދުގެ ޕޯސްޓް ޓެގްކޮށް ލިޔެފައި ވެއެވެ. މިހާރު ލަކްސައްދީބު މީހުންނަށް ވަމުންދާ ގޮތް ބަލާފަވެސް ދިވެހިން ބިރު ހީވަން ރަނގަޅެވެ.

މުޙައްމަދު ނަޝީދާއި އިންޑިއާގެ ހައްދުފަހަނައަޅާފައިވާ ހަރުކަށި ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ދެމެދު އޮތް ބަދަހި ގުޅުމަކީ ދިވެހިން ދަންނަކަމެކެވެ. އެހެންވީމާ އިންޑިއާ ސަރުކާރުން މިނިންމި ނިންމުމަށް އޭނާ ތާއީދު ކުރެއްވުމުން އެއީ ހައިރާންވާންވީ ކަމެއްވެއް ނޫނެވެ.

ކޮންމެއަކަސް ސަމާސާއަކަށް ނަމަވެސް އައްޑުއަތޮޅު ދިވެހި ދައުލަތުން ވަކިކޮށް ވަކި ދައުލަތެއް ހެދުމުގެ ވާހަކަތައް އައްޑުއަތޮޅުގެ ބަޔަކާއެކު ދައްކަވާފައިވާނަމަ އެކަން ދިވެހި ދައުލަތުން ސީރިއަސްކޮށް މިއަދު ނަގަން ޖެހިފައިވެއެވެ. ދިވެހި ދައުލަތުގެ އިންޓެލިޖެންސް އިދާރާތަކުން މިކަމުގެ ފުރިހަމަ ތަޙުޤީޤެއް ހިންގަންޖެހެއެވެ. އިންޑިއާ ސަރުކާރުގެ ނިންމުމަކީ މިކަމުގެ ފެށުންކަމަށް ބަހުސް އުފެދުމުގެ ޖާގަ މިއަދު އެބައޮތެވެ. ދިވެހި ޤައުމުގެ މިނިވަންކަމާއި ސިޔާދަތަށްވުރެ މުހިންމު ވަކި މީހަކު މިދިވެހި ފަސްގަނޑުގައި ނުހުންނާނެއެވެ.


ފޮޓޯ: އައްޑޫލައިވް

ކޮމެންޓް
ގުޅޭ ލިޔުންތައް
16 Sep 2026
ރަތްކަނޑާއި ގަލްފް އޮފް އެޑަން ބަލަހައްޓަން ސައުދީން އުފެއްދި ކޯލިޝަންގައި ރާއްޖެ ބައިވެރިވެއްޖެ
މި ކަމަށް ޓަކައި މިއަދު ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ފަރާތުން "މަލްޓިނޭޝަނަލް މެރިޓައިމް ޑިފެންސް ކޯލިޝަން"ގެ ޗާޓަރުގައި ސޮއިކުރެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީ އެވެ.
16 Sep 2026
ބިޒްނަސް ކިޔަވާ ދަރިވަރުން ގިނަވުމަކީ ހާސްވާން ޖެހޭ ކަމެއް: ޑރ. ހަސަން ހަމީދު
ގައުމުގައި އާއްމު ވެފައިވާ ފަސާދައަކީ މާޒީގައި މި އަދަދު 80 އިންސައްތައަށް އެރުމުގެ ނަތީޖާ ކަމަށް ބައެއް މީހުން ބުނާނެ ކަމަށެވެ.
16 Sep 2026
އަވައްޓެރި ސްރީލަންކާގެ ކަސްޓަމްސްގެ އާމްދަނީ 2 ޓްރިލިއަން ރުޕީސްއަށްވުރެ މަތީގައި
މި ކުރިއެރުމާއެކު، މިއަހަރު ނިމޭއިރު ލަންކާ ކަސްޓަމްސްގެ އާމްދަނީ ކުރިން ލަފާކުރިވަރަށްވުރެ ބޮޑުތަނުން އިތުރުވާނެ ކަމަށް ބެލެވެއެވެ
16 Sep 2026
އިންޑިއާ މަނަވަރަކުން ޕާކިސްތާނު ސަރަހައްދަށް ވަނުމުން ޕާކިސްތާނުން އިހުތިޖާޖުކޮށްފި
ޕާކިސްތާނުގެ ފޮރިން އޮފީހުން ބުނީ މިއީ 1991 ވަނަ އަހަރު ދެ ޤައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުންތަކާ ކަނޑައެޅިގެން ޚިލާފު، އަދި ސަރަޙައްދީ ހަމަޖެހުމަށް އޮތް ނުރައްކަލެއް ކަމަށެވެ. އަދި އިންޑިއާއިން މި ހާދިސާގެ ހަޤީޤަތް އޮޅުވާލައި، ޑިޕްލޮމެޓިކް ފެންވަރުގައި ޕާކިސްތާނާ ދެކޮޅަށް ޝަކުވާ ހުށަހަޅަމުންދާ ކަމަށްވެސް އެ ޤައުމުން ބުނެއެވެ
16 Sep 2026
ކޮސޯވޯގެ ކުރީގެ ރައީސް ހާޝިމް ތާޗީ 25 އަހަރަށް ޖަލަށް
ހާޝިމް ތާޗީ އަކީ މުސްލިމެއް ނަމަވެސް ސިޔާސީ ހަޔާތުގައި އޭނާ އަބަދުވެސް އިސްކަންދެއްވީ ދީނީ ކަންކަމަށްވުރެ ބޮޑަށް ކޮސޯވޯގެ މިނިވަންކަމަށާއި ހުޅަނގުގެ ގައުމުތަކާ ގުޅުން ބަދަހިކުރުމަށެވެ
16 Sep 2026
ގައްދޫ އަތުން ޓީސީއަށް މުހިންމު މޮޅެއް
މިއަދުގެ މެޗުން ގައްދޫ އަތުން ޓީސީ މޮޅުވިއިރު، މިއީ މި ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގައި އެ ޓީމަށް ލިބުނު ފުރަތަމަ މޮޅެވެ
16 Sep 2026
ތާރީހީ ކާމިޔާބެއް: އަރަބިއްޔާގެ އެންމެ މޮޅު ދަރިވަރުންނަށް ދެބެއިން
މަތީ ސާނަވީ ބައިން އެއްވަނަ ދަރިވަރަކީ މުހައްމަދު މަބާހް މުހައްމަދެވެ. އަދި ސާނަވީން އެއްވަނަ ދަރިވަރަކީ އޭނާގެ ކޮއްކޮ މުއައްޔަދު މަބާހް މުހައްމަދެވެ.
16 Sep 2026
ޑްރަގް ވިޔަފާރި ކުރާ މީހުންނަށް ހަރުކަށި ފިޔަވަޅު އެޅޭނެ މިންގަނޑު ކުރީން އޮތީ ވަރަށް އުނދަގޫކޮށް: އިހްސާން
"ރައީސް ނިންމެވި ނިންމެވުމަކީ އަޅުގަނޑުމެން އެކަމަށް ދޭނީ [މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް] އެންމެ ހަރުކަށި އަދަބޭ. އެއީ މަރުގެ އަދަބު," މިނިސްޓަރު ވިދާޅުވި އެވެ.