07 Jun 2021 | 23:11
ޔޫރޯ ގާތްވެފައިވަނިކޮށް ބުސްކެޓްސް ކޮވިޑަަށް ޕޮޒިޓިވްވެއްޖެ

އަންނަ ހޮނިހިރު ދުވަހު ފެށުމަށް ތައްޔާރުވާ ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ވާދަކުރާ ސްޕެއިން ގައުމީ ޓމުގެ ކެޕްޓަން އަދި ތަޖުރިބާކާާރު ކުޅުންތެރިޔާ ސާޖިއޯ ބުސްކެޓްސް ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން ޓީމާއި ވަކިވެއްޖެއެވެ.

ބުސްކެޓްސް ޕޮޒިޓިވްވެފައިވާއިރު މިއީ ސްޕެއިން އަށް ލިބޭނެ ބޮޑު ހީނަރުކަމެކެވެ. އޭނާ ޕޮޒިޓިވް ކަން އެނގުނީ ޔޫރޯގައި ސްޕެއިންގެ ފުރަތަމަ މެޗު ފަށަން 8 ދުވަހަށް ވެފައިވަނިކޮށެވެ.

މިއީ ޕްރޮޓޮކޯލްތަކުގެ ދަށުން ޔޫރޯގައި ވާދަކުރާ ކޮންމެ ޓީމެއްވެސް ހަދަންޖެހޭ ޕީސީއާރު ޓެސްޓެކެވެ. ބުސްކެޓްސްގެ އިތުރުން ވެސް ސްޕެއިންގެ އިތުރު ކުޅުންތެރިންނާއި އޮފިޝަލުންގެ ނަތީޖާ ދެއްކީ ނެގެޓިވް ކަމަށެވެ.

މިކަމާއި ގުޅިގެން އުމުރުން 32 އަހަރުގެ ބުސްކެޓްސް އަށް އެންމެ އަވަހަށްވެސް ޔޫރޯގައި ކުޅުމުގެ ފުރުޞަތު ލިބޭނީ ޕްރޮޓޮކޯލްގައި ވާގޮތުން 10 ދުވަސް ފަހުންނެވެ. މިފަހަރުގެ ޔޫރޯއަށް ބޮޑެތި ތައްޔާރުތަކެއް ވަމުންދާ ސްޕެއިންގެ ޤައުމީ ޓީމުގައި ތިބި ތަޖުރިބާކާރު މަދު ކުޅުންތެރިންގެ ތެރޭގައި ބުސްކެޓްސް ހިމެނެއެވެ.

ބުސްކެޓްސް ޕޮޒިޓިވްވުމާއި ގުޅިގެން ސްޕެއިން ޤައުމީ ޓީމުގެ ހުރިހާ ކުޅުންތެރިން މިވަގުތު ތިބީ އަައިސޮލޭޝަންގައެވެ. އޭނާ ވަނީ މިދިޔަ ހުކުރުދުވަހު ޕޯޗުގަލް އާއި ދެކޮޅަށް ކުޅުނު މެޗުގައި ވެސް ކުޅެފައެވެ. އެހެންކަމުން ސްޕެއިން ޤައުމީ ޓީމުގެ އޮފިޝަލުން ވަނީ މިފަހަރުގެ ޔޫރޯއަަށް އެ ޓީމުގެ މުހިންމު ކުޅުންތެރިންތަކަކަށް ނުކުޅެވިދާނެތީ ކަންބޮޑުވުން ފާޅުކޮށްފަައެވެ. އެއާއެކު ކޮންމެ ދުވަހަކު ވެސް ޕީސީއާރު ޓެސްޓު ހެދުމަށް އެ ޓީމުން ވަނީ ނިންމާފައެވެ.

ސްޕެއިންގެ ގިނަ ކުޅުންތެރިންތަކެއް ކަރަންޓީނުގައި ވުމާއެކު މާދަމާ ކުޅޭ އެކުވެރިކަމުގެ މެޗުގައި ލިތުއޭނިއާ އާއި ބައްދަލުކުރާނީ ސްޕެއިންގެ 21 އަހަރުންދަށުގެ ޓީމެވެ.

ޔޫރޯގައި ސްޕެއިން ހިމެނިފައިވަނީ ގްރޫޕް އީ ގައެވެ. އެ ގްރޫޕުގައި ދެން ހިމެނެނީ ސްވިޑެންއާ، ޕޮލެންޑުގެ އިތުރުން ސްލޮވާކިއާ އެވެ.

މުބާރާތުގައި ސްޕެއިން ކުޅޭ ފުރަތަމަ މެޗުގައި މިމަހުގެ 14 ވަނަ ދުވަހު ބައްދަލުކުރާނީ ސްވިޑްން އާއި ދެކޮޅަށެވެ. މި މެޗުގައި ބުސްކެޓްސް އަށް ނުކުޅެވޭއިރު އޭނާއަށް އެންމެ އަވަހަށްވެސް ކުޅުމުގެ ފުރުޞަތު ލިބޭނީ މިމަހުގެ 19 ގައި ޕޮލޭންޑް އާއި ދެކޮޅަށް ކުޅޭ މެޗުގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ
12 Sep 2026
ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހަމައަށް މިރޭ ހުދު ސަމާލް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ
12 Sep 2026
އައުޤާފަށް ހާއްސަކޮށް ކުންފުންޏެެއް އުފައްދައިފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ.
12 Sep 2026
ޢިރާޤުން ފޮނުވި ޑްރޯނު ހަމަލާއަކާ ގުޅިގެން ސަޢޫދީގެ މުހިންމު...
ޢިރާޤުން ފޮނުވި ޑްރޯނުތަކެއް ބޭނުންކޮށް ސަޢޫދީ ޢަރަބިއްޔާގެ އީސްޓް-ވެސްޓް ތެޔޮ ހޮޅިއަށް ދިން ހަމަލާއާ ގުޅިގެން، މެދުއިރުމަތީގެ ހަމަނުޖެހުން ފުޅާވަމުންދާ ދަނޑިވަޅެއްގައި، ސަޢޫދީން އެ ހޮޅި ބަންދުކޮށްފިއެވެ.