10 Jun 2021 | 21:28
ސިޔާމް މަޢާފަށް އެދެން އަންގަން ކޮމެޓީން ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރަށް ނިސްބަތްކޮށް ދަންޖައްސާ މަރާލުމަށް ހިތްވަރު ލިބޭގޮތަށް ދ. މީދޫ ދާއިރާގެ މެންބަރު ސިޔާމް ދެއްކެވި ވާހަކައާއި ގުޅިގެން ހިސާން އަރިހުން މަޢާފަށް އެދެން އެންގުމަށް ރައްޔިތުންގެ މަޖުލީހުގެ އިމްތިޔާޒާއި ސްލޫކު ކޮމެޓީން ފާސްކޮށްފިއެވެ.

މިދިޔަ އާދީއްތަ ދުވަހު މަޖިލީހުގެ ގައުމީ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) ގެ ބައްދަލުވުން ނިންމާލި ވަގުތު، ހިސާން ދަންޖައްސަން ޖެހޭ ކަމަށާއި އޭނާ މަރާލިޔަސް ފާފަވެެރި ނުވާނެ ކަމަށް ސިޔާމް ވިދާޅުވި އޯޑިއޯއެއް ވަނީ ލީކުވެފައެވެ.

އެއާއިއެކު، މި މައްސަލަ މެންބަރު ހިސާންގެ ފަރާތުން މަޖިލިހުގެ ރައީސް މުޙައްމަދު ނަޝީދުގެ ސަމާލު ކަމަށް ވަނީ ގެންނަވާފައެވެެ.

ސިޔާމަށް ނަސޭހަތްތެރި ވުމަށާއި މަޢާފަށް އެދިވަޑައިގަތުމަށް އެންގުމަށް، ކޮމެޓީގައި ހުށަހެޅީ މަނަދޫ ދާއިރާގެ މެންބަރު އަޙްމަދު ހާރުނެވެ.

އެ ހުށަހެޅުމަށް ވާހަކަ ދައްކަވަމުން މަޑުއްވަރީ ދާއިރާގެ އާދަމް ޝަރީފް ވިދާޅުވީ ސިޔާމް މިހާރު ވަނީ ހިސާންގެ ކިބައިން މަޢާފަށް އެދިވަޑައިގެންފައި ކަމަށެވެ.

އެދެބޭފުޅުން ސުލްޙަވެފައިވާކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު ވިދާޅުވުމުން، ނޮޅިވަރަމް ދާއިރާގެ މެންބަރުވަނީ އެ މައްސަލަ ކޮމެޓީން ބޭރުކޮށްލަންވެސް ހުށަހަޅާފައެވެ. ނަމަވެސް، ކޮމެޓީން ފާސްވީ، ސިޔާމް ހިސާންގެ އަރިހުން މަޢާފަށް އެދިވަޑައިގަންނަވަން އެންގުމަށާއި ނަސޭހަތްތެރިވުމަށެވެ. ނަމަވެސް މަޖިލީހުން ވަނީ އެ މައްސަލަ ފުލުސް އޮފީހަށް ވެސް ހުށަހަޅައިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
ލިސްޓަށް އާ ވައްތަރެއްގެ ސްކޭމެއް؛ ބުކިންސް ކެންސަލްކޮށް ފައިސާ ރީފަންޑުކުރަން
ބުކިން ކެންސަލްކޮށް ރީފަންޑުގެ ނަމުގައި ހިންގާ އާ ވައްތަރެއްގެ ސްކޭމެއް ފެތުރެމުންދާ ކަމަށާއި މިފަހުންވެސް އެ ބާވަތުގެ 80 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ
24 Sep 2026
ހިންމަފުށީގައި ޑްރަގް ރިހެބް ސެންޓަރެއްގެ ބިންގާ އަޅައިފި
ހިންމަފުށީގައި 500 މީހުންގެ ޖާގައިގެ މަސްތުވާތަކެތީގެ ފަރުވާ ސެންޓަރެއް ތަރައްޤީކުރުމުގެ ބިންގާ އަޅައިފިއެވެ. ފަސް މިލިއަން ޑޮލަރުގެ މި މަޝްރޫޢަށް ޚަރަދުކުރަނީ އެންކޯ ހޯލްޑިންއިންނެވެ.
24 Sep 2026
އިންޝުއަރަންސް ކޮށްފައި ހުރީ ތިމާވެއްޓާބެހޭ ވުޒާރާގެ އިމާރާތް އެކަނި
މި ހާދިސާ ހިނގިތާ ދެ އަހަރުވާން އަންނައިރު، ހާދިސާގައި ކިހާވަރެއްގެ ގެއްލުމެއް ލިބުނުކަން އަދި ހާމަކޮށްފައެއް ނުވެއެވެ
24 Sep 2026
ތަހްގީގީ ރިޕޯޓްތަކުން ދެއްކީ ހައުސިން މިނިސްޓްރީ އިމާރާތުގައި ރޯވީ ކަރަންޓް މައްސަލައަކުންކަމަށް
އިންޑިއާ ޓީމުން ތައްޔާރުކުރި ތަހްގީގީ ރިޕޯޓުން ދެއްކީ އެތަނުގައި އަލިފާން ރޯވެފައިވަނީ ކަރަންޓް ޝޯޓަކުންކަމަށް ބެލެވޭކަމަށެވެ.
24 Sep 2026
މިއަދު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ޗައިނާ އާ ދެކޮޅަށް
2001 ވަނަ އަހަރު ގަލޮޅު ދަނޑުގައި ޗައިނާ އާ ދެކޮޅަށް ކުޅެ 1-0 ގެ ނަތީޖާއިން ރާއްޖެ ބަލިވި މެޗަކީ މިހާތަނަސް އެޤައުމާ ދެކޮޅަށް ކުޅެ ނެރުނު އެންމެ ރަނަގޅު ނަތީޖާއެވެ
24 Sep 2026
ކަނޑުފަޅުން ގޯތި ދޫކުރި ވާހަކަ ދައްކަން ފެށުމުން އެމްޑީޕީ މެމްބަރު ގާލިބް ސިއްރުން މައިކު ކަނޑާލައިފި
ސަމާހް ވާހަކަދައްކަވަނިކޮށް އެމްޑީޕީ ކައުންސިލަރު އަހުމަދު ޤާލިބު މައިކު ކަނޑާލެއްވީ އެމްޑީޕީ ސަރުކާރުން ކަނޑުފަޅުން ރައްޔިތުންނަށް ގޯތި ދޫކުރި ވާހަކަ ފެށި ހިސާބުންނެވެ.
24 Sep 2026
އެގްޒިމް ބޭންކުން ރާއްޖެއަށް ދޭން ނިންމި 506.58 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން މިހާރު ބޭނުންކުރެވޭނެ
އެގްޒިމް ބޭންކުން ހާމަކޮށްފައިވާ ގޮތުގައި، މި މައި އެލް.އޯ.ސީގެ ދަށުން ފައިސާ ދޫކުރެވޭނީ މަޝްރޫޢުތައް ކަނޑައަޅައި، އެ މަޝްރޫޢުތަކަށް ވަކިވަކި ކްރެޑިޓް އެގްރީމަންޓްތަކެއްގައި ސޮއިކުރުމަށްފަހުގައެވެ.
24 Sep 2026
ބްރިޖުމަތިން ކަނޑަށް ފުންމާލި މީހަކު ސަލާމަތްކޮށްފި
އެ މީހާ ހޯދުމުގެ މަސައްކަތްކުރަމުންދަނިކޮށް، ޑައިވަރުންނަށް އެ މީހާ ފެނިފައިވަނީ ބްރިޖުގެ ތަނބެއްގައި ހިފަހައްޓައިގެން އޮއްވައެވެ.