އެތައް ގުރުބާނީއަކާއެކު ގެނައި ސަރުކާރު މިދާގޮތުން ހިތަށް އަސަރު ކުރޭ: ދިޔާނާ

11 Jun 2021 | 17:56

އެތައް ގުރުބާނީއަކާއެކު ގެނައި މި ސަރުކާރު މި ދާގޮތުން، ހިތަށް އަސަރުކުރާ ކަމަށް ކުރީގެ ބަންޑާރަނައިބުގެ މަޤާމް އަދާ ކުރައްވާފައިވާ ދިޔާނާ ސަޢީދު ވިދާޅުވެއްޖެއެވެ.

ޔޫތު މިނިސްޓަރުގެ މަޤާމުގައި ހުންނެވި އަޙްމަދު މަޚްލޫފް މަސްއޫލިއްޔަތުން އެކަހެރި ކުރި ޚަބަރު ޓްވީޓު ކުރައްވަމުން ދިޔާނާ ވިދާޅުވީ، ސަސްޕެންޑްކޮށް އަނެއްކާ ތަކުރާރުކޮށް ސަސްޕެންޑް އުވާލާތީ، މިއީ، ކޮން މަދަރުސާއެއްގެ އިދާރާއެއްގެ ބާވައޭ ހިތަށް އަރާ ކަމަށެވެ.

އަދި ހެޔޮ ބަދަލަކަށް އެދި އެތައްބައެއްގެ އެތައް ގުރުބާނީއަކުން ގެނައި ސަރުކާރު މި ދާގޮތް، ފެނުނީމާ ހިތަށް ކުރަނީ އަމަށަކު އަސަރެއް ނޫންކަމަށް ދިޔާނާ ވިދާޅުވެފައިވެއެވެ.

ދިޔާނާ މިހެން ވިދާޅުވެފައި މިވަނީ، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން (އެމްއެމްޕީއާރްސީ) ގެ ޚިޔާނާތުގެ ފައިސާ މިނިސްޓަރ އަޙްމަދު މަޚްލޫފަށް ލިބުނު ކަމަށް ބުނެ، އެންޓި ކޮރަޕްޝަން ކޮމިޝަނުން، މަޚްލޫފަށް ދަޢުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގައި އެދިފައިވާ ވަނިކޮށެވެ.

އޭސީސީން މިގޮތަށް އެދުމުން، މަޚްލޫފް މިހާރު ވަނީ މަޤާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރި ކޮށްފައެވެ. ފާހަގަ ކޮށްލެވޭ ކަމަކީ، މީގެ ކުރިންވެސް ހަމަ މި މައްސަލާގައި މަޚްލޫފު ވަނީ މިނިސްޓަރު ކަމުގެ މަސްއޫލިއްޔަތުން އެކަހެރި ކޮށްފައެވެ. 

Advertisement

ކޮމެންޓް