މެންބަރު ވައްޑޭގެ ނުސީދާ ބަހުގެ ހަމަލާއެއް މެންބަރު ބިގޭއަށް

11 Jun 2021 | 19:14

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން، އަލިފުށީ ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ޙުސައިން (ބިގޭ) އަށް އުނގޫފާރު ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު ވަޙީދު (ވައްޑޭ) ގެ ބަހުގެ ހަމަލާއެއް ދީފިއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން، އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ މައްސަލައާއި ގުޅިގެން، ރައީސް ނަޝީދުވެސް ބިގޭއަށް ބަހުގެ ހަމަލާތަކެއް ދީފައިވަނިކޮށް، މުޙައްމަދު ވަޙީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ‏މިހާރުވެސް މިފެންނަނީ ރައީސް ނަޝީދުގެ ފުރާނައިގެ އަގަށްވުރެ، ޅިޔަނުންގެ އަބުރުފުޅުގެ އަގު މަތި ކުރާން އުޅޭ ތަން ކަމަށެވެ.

އަދި ބޮމުގެ މައްސަލައިގައިވެސް ފެންނަނީ އެ މައްސަލަ ނުބަލާން ދައްކާ ކޮންމެ ބަހަނާއެއް ދިފާއު ކުރާން އުޅޭ ތަން ކަމަށެވެ.

ވައްޑޭގެ މިވާހަކަ ރައްދު ކުރައްވާފައިވަނީ ބިގޭއަށްކަން ސާފުވެއެވެ. ސަބަބަކީ، އެ މައްސަލަ އެންމެ އަޑިއާއި ހަމައަށް ބަލަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބަހަނާ ދައްކަވާކަމަށް އެމްޑީޕީގެ މެންބަރުން ބުނަމުން ދަނިކޮށް، މުޙައްމަދު ވަޙީދުގެ ޓްވީޓްގައި ވަނީ، ޅިޔަނުންގެ އަބުރުފުޅުގެ އަގު މަތި ކުރާން އުޅޭ ކަމަށެވެ.

ރައީސް ޞާލިޙަކީ ބިގޭގެ ޅިޔަނެކެވެ. 

Advertisement

ކޮމެންޓް