Advertisement

ބިގޭ އަކީ ކެރޭ ލީޑަރެއް: މެޑަމް ފަޒްނާ

11 Jun 2021 | 21:21

އަލީފުށި ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު (ބިގޭ) އަކީ ހީވާގި ކެރޭ ލީޑަރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ.

މެޑަމް ފަޒްނާ މިހެން ވިދާޅުވެފައިވަނީ ރާއްޖޭ ޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ބިގޭ ދެއްކެވި ވާހަކަތަކަށް އިޝާރާތްކޮށް ފޭސްބުކުގައި ހިއްސާ ކޮށްފައިވާ ޕޯސްޓެއްގައެވެ.

ބިގޭ ވަނީ އޭނާ ޖަލުގައި އަހަރުތަކެއް ހޭދަކޮށްފައިވާ ވާހަކަތައް ހިއްސާކުރަމުން ފަޒްނާ ވިދާޅުވީ، ބިގޭ ވާހަކަ ދެއްކެވީ ސީދާ މައްސަލައަށް ކަމަށާއި، ވަކި މީހަކު މޮޅުކޮށް ދެރަކޮށް ނޫންކަން ފާހަގަކުރެވުނު ކަމަށެވެ. މީގެ އިތުރުން ނިންމުންތައް ނިންމުމުގައި އިސްކަން ދެނީ ވަގުތާއި ހާލަތަށް ބަލައި، އެ އިރަކު ޤައުމަށް އެންމެ ފައިދާ ހުރި ގޮތަށް ކަމަށް ވެސް ބިގޭ ފާހަގަކުރެއްވި ކަމަށް ފަޒްނާ ވިދާޅުވިއެވެ.

ފަޒްނާ ވިދާޅުވީ، ބިގޭއަކީ ބަސްމަދު ކެރޭ ހީވާގި ލީޑަރެއް ކަމަށެވެ. އަދި ކުޑައިރު ބިގޭގެ ބައްޕަ ނިޔާވުމާއި އެކު ބައްޕައެއްގެ ގޮތުގައި ބެލީ އޭނާގެ ދައްތަ ކައިވެނިކޮށްގެން އުޅޭ މީހާ ކަމަށާއި ބިގޭ އަކީ ކެރޭ ހީވާގީ ލީޑަރެއް ކަން ހާމަވެފައިވާ ކަމަށް ފަޒްނާ ފާހަގަކުރެއްވިއެވެ.

އެޕްރޮގުރާމުގައި ވާހަކަދައްކަމުން ބިގޭ ވިދާޅުވީ، މިފަސް އަހަރު ރިޔާސީ ނިޒާމުގެ ތެރެއިން ރައްޔިތުން ރައީސުލްޖުމްހޫރިއްޔާ ކަމަށް ބޭފުޅަކު އިންތިޚާބުކޮށްފައިވާ ކަމަށެވެ. އަދި މިފަސްއަހަރުގެ ތެރޭގައި ރައްޔިތުން ބޭނުންވާ ތަސައްވަރު ތަންފީޒު ކުރެވިގެންދާނީ ރިޔާސީ ނިޒާމުގެ ތެރެއިން ކަމަށްވެސް ބިގޭ ވިދާޅުވިއެވެ.

Advertisement

ކޮމެންޓް

Advertisement