Advertisement

މިއަހަރު ޙައްޖުގެ އަޅުކަމަށް ފުރުޞަތު ދޭނީ ސަޢުދީގައި ތިބި 60000 މީހަކަށް

12 Jun 2021 | 20:41

ކޮވިޑް-19 ގެ ހާލަތަށް ރިޢާޔަތްކޮށް މިއަހަރުވެސް މާތް ވެގެންވާ ޙައްޖުގެ އަޅުކަން އަދާކުރުމަށް ފުރުޞަތު ދެވޭނީ ސަޢުދީ ޢަރަބިއްޔާގައި ތިބި 60000 މީހުންނަށް ކަމަށް ބުނެފިއެވެ.

ސަޢުދީގައި ޙައްޖުގެ ކަންކަން ބަލަހައްޓާ ޙައްޖު މިނިސްޓްރީން ބުނީ، މިއަހަރުވެސް ޙައްޖުގެ އަޅުކަން ފުރިހަމަ ކުރުމަށް ފުރުޞަތު ދެވޭނީ އެޤައުމުގައި ދިރިއުޅޭ 60000 މީހުންނަށް ކަމަށާއި އުމުރުން ދުވަސްވެފައިވާ މީހުންނަށް މިއަހަރު ފުރުޞަތު ދިނުމަށް ހަމަޖެހިފައި ނުވާކަމަށެވެ.

އެގޮތުން، ފުރުޞަތު ދެވޭ 60000 މީހުންނަކީ 65 އަހަރުން ދަށުގެ މީހުން ކަމަށާއި، އަދި އެފަރާތްތައް ވާންޖެހޭނީ، ކޮވިޑް-19 ގެ ވެކްސިންގެ ދެ ޑޯޒް ޖަހާފައިވާ ފަރާތަކަށް ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ. މި ފަރާތްތަކުގެ ތެރޭގައި އެޤައުމުގައި ދިރިއުޅޭ އެހެން ޤައުމުގެ މީހުންތައްވެސް ހިމެނޭނެއެވެ.

ފާއިތުވި އަހަރުވެސް ކޮވިޑް-19 ގެ ހާލަތަށް ބަލައި، ޙައްޖުވުމުގެ ފުރުޞަތު ދީފައިވަނީ 10000 މީހަކަށެވެ. އަދި ސަޢުދީގެ މި ނިންމުމާއިއެކު މިއަހަރުވެސް އެހެން ޤައުމުތަކުގައި ތިބި މީހުނަށް ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުޞަތު މިވަނީ ލިބޭގޮތް ނުވެފައެވެ.

Advertisement

ކޮމެންޓް

Advertisement