25 Jun 2021 | 20:53
ކައިރި ނަމަވެސް ދުރުގައިވާ ލަންކާގެ މީރު ރަހަތައް، މާޝްގެ ބަދިގެއިން ތިބޭފުޅުންގެ ކާމޭޒަށް!

ސްރީލަންކާއަކީ ޒަމާނުއްސުރެ ދިވެހިންގެ ހިތްތަކުގައި ވަރަށްވެސް ޚާއްޞަ މަޤާމެއް ދެވިފައިވާ ޤައުމެކެވެ. އެއީ ދިވެހިންގެ ތާރީޚާއި ސަގާފަތާއި މުހިންމު ގުޅުންތަކެއް އޮތް، އެތައް ހާސް ދިވެހިންގެ "ދެވަނަ ޤައުމު"އެވެ. އެއާއެކު، ލަންކާގެ ދިރިއުޅުމުގެ ވައްޓަފާޅިތަކުގެ ތެރެއިން އެޤައުމުގެ ކެއުންތަކަކީ ގިނަ ދިވެހިންނަށް ވަރަށް ކަމުދާފަދަ އެއްޗަކަށް ވަނީ ވެފައެވެ.

ނަމަވެސް ރާއްޖޭގެ ވެރިރަށް މާލެއިންވެސް ލަންކާގެ ޙަޤީޤީ ރަހައިގައި ހުންނަ "ލަންކަން ފުޑް" ހޯދުމަކީ ވަރަށްވެސް އުނދަގޫކަމެކެވެ. މާލޭގައި އެފަދަ ކާއެއްޗެހި ލިބޭ ތަންތަން އަތުގެ އިނގިލިތަކުންވެސް ގުނާލެވޭހާ މަދެވެ. މިކަމުގެ ސަބަބުން ލަންކާގެ މީރު ރަހަތައް ތަޖުރިބާކޮށްލަން ބޭނުންވާ ގިނަ ފަރާތްތަކަށް އެކަން އޮންނަނީ ގިނަފަހަރަށް ނުވެފައެވެ. ނަމަވެސް އެކަމާއި މެދު ދެން ހާސްވާކަށް ނުޖެހޭނެއެވެ.

އަތްފޯރާފަށުގައި ވަރަށްވެސް މީރުކޮށް ސްރީލަންކާގެ ރަހަތައް ތަޖުރިބާކޮށްލުމުގެ ފުރުޞަތު މިހާރު މިވަނީ ލިބިފައެވެ. މީގެ ދެތިން ހަފުތާކުރިން "ސްރީލަންކަން ޓޭސްޓް"ގެ ނަމުގައި ފަށާފައިވާ ޕޭޖުން ދަނީ، އެތަކެއް ސުފުރާތަކެއް މީރު ރަހަތަކުން ފަޅުފިލުވާލަދެމުންނެވެ.

"ވޮއިސް"އާއި ވާހަކަދައްކަމުން މި ޕޭޖުގެ މީރު ރަހަތަކުގެ ފަހަތުގައިވާ މާޝާ މުޙައްމަދު ތަސްނީމް (މާޝް) ކިޔައިދިން ގޮތުގައި ސްރީލަންކަން ޓޭސްޓް އުފެދުމުގެ ފަހަތުގައިވަނީ ދިވެހިންނަށް ލަންކާގެ ކާއެއްޗެހި ވަރަށް ކަމުދިޔަ ނަމަވެސް، މާލޭ ސަރަޙައްދުން މީރު ލަންކާގެ ކެއުންތައް ހޯދޭނެ މާގިނަ ގޮތްތަކެއް ނެތުމެވެ. އަދި މިފަދަ ލޮކްޑައުނެއްގެ ދުވަސްވަރެއްގައި ސީދާ ލަންކާގެ މީރު ރަހަތައް ލިބުމަކީ އާންމުންގެ ތެރެއިން ގިނަބަޔަކަށް ކަމުދާނެގޮތަކަށް ވާނެކަމަށް ގަބޫލުކުރެވުނުކަމަށް މާޝް ވަނީ ބުނެފައެވެ.

މާޝްގެ ބަދިގެއިން ސްރީލަންކަން ޓޭސްޓްގެ ރަހަތައް ފަތުރާލަން ފެށިތާ އަދި މިވީ ގާތްގަނޑަކަށް އެންމެ ދެހަފުތާއެވެ. ނަމަވެސް އެ ޕޭޖަށް ވަރަށްވެސް ރަނގަޅު ތަރުޙީބެއް ލިބެމުންދާކަން އޭނާ އުފަލާއި އެކު ފާހަގަކުރިއެވެ. އެ ޕޭޖުގަައި ޕޯލް ސަންބަލް އަދި ސީނީ ސަންބަލް ފަދަ ރަހަތަކުން ފެށިގެން ލަންކާގެ މަޝްހޫރު ސްޓްރިންގ ހޮޕާރސްފަދަ ގިނަ އުފެއްދުންތަކެއް ލިބެން ހުންނައިރު، މާޝް ކިޔައިދިން ގޮތުގައި މި ޕޭޖްގެ އެންމެ ޚާއްޞަ އުފެއްދުމަކީ ޓޮމާޓޯ އެންޑް ޓޫނާ ސެލެޑެވެ. އަމިއްލަ ޚާއްޞަ ރެސިޕީއަކަށް ތައްޔާރުކުރާ މި ސެލެޑަކީ، އެހެން ތަންތަނުގައި ހުންނަ ޓޮމާޓޯ އެންޑް ޓޫނާ ސެލެޑާއި އަޅާބަލާއިރު ވަރަށްވެސް ތަފާތު އުފެއްދުމަކަށް ވާނެކަމުގެ ޔަގީންކަން މާޝް ދިނެވެ.

މި ޕޭޖުގެ އެންމެ ފާހަގަކޮށްލެވޭ ކަމަކީ ކާއެއްޗެހީގެ އަގުހެޔޮކަމެވެ. "ފަލަސްޠީނާއެކު ދިވެހިން" ކެމްޕެއިންގެ ކަންތައްތަކުގައިވެސް އިސްކޮށް ހަރަކާތްތެރިވި މާޝް ބުނިގޮތުގައި މެނޫގެ ހުރިހާ އައިޓަމެއްވެސް ހުންނާނީ އާންމުކޮށް އަތްފޯރާފަދަ އަގެއްގައެވެ. އެފަދައިން ޢަމަލުކުރުމަށް އޭނާ ނިންމީ މިއީ އެންމެންނަށްވެސް ދަތި ދުވަސްވަރަކަށް ވާތީ، ވީހާވެސް ހެޔޮއަގެއްގައި ކާބޯތަކެތި ފޯރުކޮށްދިނުމުގެ ނިޔަތުގައިކަން މާޝް ފާހަގަކުރިއެވެ.

ސްރީލަންކަން ޓޭސްޓްގެ މީރު ރަހަތައް ތަޖުރިބާކުރަން ބޭނުންވާ ފަރާތްތަކަށް، އެކަން މައިގަނޑު ގޮތެއްގައި ކުރެވެން އޮތީ ޕްރީ އޯޑަރގެ އުސޫލުގެ ތެރެއިންނެވެ. އެގޮތުން ޕްރީއޯޑަރ ކުރުމަށް ސްރީލަންކަން ޓޭސްޓްގެ ފޭސްބުކް ނުވަތަ އިންސްޓަގްރާމް ޕޭޖަށް މެސެޖް ކޮށްލެވިދާނެއެވެ. ނުވަތަ ހޮޓްލައިން ނަންބަރުތައް ކަމަށްވާ 7231101 އަދި 7630418އަށް ގުޅާލެވިދާނެއެވެ.

މާޝް އިތުރަށް ބުނިގޮތުގައި މި ޕޭޖްގެ ކަންތައްތައް މިހާ ހިސާބަށް އައުމުގައި އޭނާ އެންމެ ބޮޑަށް ޝުކުރު އަދާކުރަން ބޭނުންވަނީ އޭނާގެ މަންމައަށާއި ދޮންބައްޕައަށެވެ. އެގޮތުން ޕޭޖުގެ ޚިޔާލު ދިނީ އޭނާގެ މަންމަކަން މާޝް އުފަލާއި އެކު ފާހަގަކުރިއެވެ.

ސްރީލަންކާއަކީ ކިތަންމެ ދުރުގައި އޮތްނަމަވެސް ދިވެހިންގެ ހިތްތަކާ ގާތް ޤައުމެކެވެ. އެ ގާތްގުޅުމުގެ ތެރެއިން އެޤައުމުގެ ކެއުންތަކަށްވެސް ދިވެހިންގެ ހިތްތަކުގައި ވަނީ ޚާއްޞަ ޖާގައެއް ދެވިފައެވެ. އެ ޚާއްޞަ ޖާގައިގެ ފަޅުކަން ފިލުވާލަދޭން މާޝްގެ ސްރީލަންކަން ޓޭސްޓްގެ މީރު ރަހަތައް ވަރަށްވެސް ކަމުދާނެކަން ކަށަވަރެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.
08 Sep 2026
ހޫޘީންގެ ހަމަލާއަކީ ސައުދީގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން: ދިވެހި ސަރުކާރު
ހާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ފިނޑި ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސުލްހަވެރިކަމާއި، ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ދެކޭކަމަށް ވަނީ ބުނެފައެވެ.
08 Sep 2026
ސީދާ ތިން ސެޓުން ވައިކިންގްސް ބަލިކޮށް ވޮރިއާޒް ފައިނަލަށް
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފުރަތަމަ ސެމީ ފައިނަލް މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް، މަހިބަދޫ ކައުންސިލް (ވޮރިއާޒް) ޓީމު މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
08 Sep 2026
މިދިޔަ ހަފްތާގައި މާލެ ސަރަހައްދުން ހިމަބިހީގެ 12 ކޭސް
މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުންނާއި ކަމާބެހޭ އިދާރާތަކުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިހާތަނަށް 16،320 ފަރާތަކުން ވަނީ ހިމަބިހީގެ ވެކްސިން ފުރިހަމަކޮށްފައެވެ