މަސްދޯންޏެއްގައި ހުރި ފަޅުވެރިޔެއްގެ ހާލު ދެރަވެގެން އެމްއެންޑީއެފުން ހަރަކާތްތެރިވަނީ

22 Jun 2021 | 23:36

ކަނޑުމަތީ މަސްދޯންޏެއްގައި ހުރި ފަޅުވެރިޔެއްގެ ހާލު ދެރަވެގެން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން މަޢުލޫމާތު ދެއްވި ގޮތުގައި، ހާލު ދެރަވެފައިވަނީ، ގދ. ނަޑެއްލާ ބޭރުގައި މަސްވެރިކަމުގައި އުޅުނު "ބޯދި" ނަމަކަށް ކިޔާ ދޯންޏެއްގައި ހުރި ދިވެއްސެކެވެ.

މި މީހާއަށް ކުއްލި ސިއްހީ މައްސަލައެއް ދިމާވެގެން އިތުރު ފަރުވާއަށް ގދ. ތިނަދޫއަށް ގެންދިޔުމަަށް، އެމްއެންޑީއެފް ކޯސްޓްގާޑުގެ އެހީތެރިކަމާއިއެކު މިހާރު ދަނީ ކުރިޔަށެވެ.

އެމްއެންޑީއެފުން ވިދާޅުވީ، މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ، މިރޭ 10:15 ގައި ކަަމަށެވެ. 

Advertisement

ކޮމެންޓް