އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ދައުލަތް މިހާރު ވަނީ ނުކުޅެދިފައި: ސަޢީދު

23 Jun 2021 | 14:22

އިޖުތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ދިވެހި ދަޢުލަތް ވަނީ ނުކުޅެދިފައި ކަމަށް މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސަޢީދު މިހެން ވިދަޅުވެފައިވަނީ އިއްޔެ ރޭ ދަންވަރުގެ ވަގުތެއްގައި މަރާލާފައި އެއްލާލާފައި އޮއްވާ ފެނުނު އުމުރުން ތޭރަ އަހަރުގެ ފިރިހެން ކުއްޖާގެ މައްސަލާގައި މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކަންބޮޑުވުން ފާޅުކުރައްވައި މަޑަވެލީ ދާއިރާގެ މެނަބަރު ޙުސައިން ފިރުޝާން ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަމުންނެވެ.

ސަޢީދު ވިދާޅުވީ، ކުޑަކުއްޖަކު ރަހީނު ކޮށްގެން އެ ގެންދިޔައީ މާލެ ސަރަހައްދުގައި ކާފިއުގެ ވަގުތުގައި ކަމަށްވާއިރު މަގުމަތި ބަލަހައްޓަން ތިބި ފުލުހުންނަށް މިފަދަ ބޮޑުކަމެއް ފާހަގަނުކުރެވުނީ ކީއްވެގެންތޯ ސުވާލު އުފައްދާފައެވެ.

އަދި ދައުލަތަށް މިއަށްވުރެ ބޮޑަށް ބިރުވެރިކަމެއް އައިސްފައިވާ ދުވަހެއް އައިކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އަދި އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ދައުލަތް މިހާރު ނުކުޅެދިފައިވާ ކަމަށްވެސް ސަޢީދު ވިދާޅުވިއެވެ.

މަރާލާފައި އެއްލާލާފައި އޮއްވާ ފެނުނު ކުއްޖާގެ މައްސަލައާއި ގުޅިގެން މިހާތަނަށް އުމުރުން 17 އަހަރުގެ ކުއްޖަކާއި އުމުރުން 27 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. 17 އަހަރުގެ ކުއްޖާއަށް 15 ދުވަހުގެ ބަންދުގެ މުއްދަތެއް ޖެހިއިރު، 27 އަހަރުގެ މީހާ ވަނީ ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

Advertisement

ކޮމެންޓް