23 Jun 2021 | 13:39
ކޮމެޓީގެ ރިޕޯޓަކީ އިންސާފުވެރި ރިޕޯޓަކަށް ވާނެ: އަސްލަމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މަހުގެ ތެރޭގައި ދެވުނު ޓެރަރިސްޓް ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމެޓީން އެކުލަވާލާ އިންކުއަރީ ރިޕޯޓަކީ އިންސާފުވެރި ރިޕޯޓަކަށް ވާނެކަމަށް އެ ކޮމެޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އެބޭފުޅާ މިހެން ވިދާޅުވީ މަޖިލީހުގެ އިންކުއަރީގައި ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ ތަފްސީލްތައް ހާމަކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.

އަސްލަމް ވިދާޅުވީ، މިއީ ވަކި ފަރާތަކަށް އަދަބުދޭން އެކުލަވާލާ ރިޕޯޓެއް ނޫންކަމަށާއި، ކޮމެޓީއަށް ލިބިފައިވާ މައުލޫމާތުތަކުގެ އަލީގައި ރިޕޯޓް ނިންމުމަށް މަަސައްކަތްކުރަމުންދާ ކަމަށެވެ. އަސްލަމް ވަނީ ފުރަތަމަ އެކުލަވާލާ ރިޕޯޓްގައިވެސް ހުރިހާ މައުލޫމާތުތަކެއް ހިމެނޭނެ ކަމަށާއި، އާންމު ނުކުރެވޭފަދަ ކަމެއްވާނަމަ ދެން އަމަލުކުރާނެގޮތް ބަލަމުންދާކަމަށެވެ. އެބޭފުޅާ ވަނީ އިންކުއަރީއަށް ބޭނުންވާ ގިނަ މައުލޫމާތުތަކެއް މިހާތަނަށްވެސް ލިބިފައިވާކަމަށް ވިދާޅުވެފައެވެ.

އަދި އެ އިންކުއަރީގެ މަސައްކަތްތައް ޖޫން 23ގައި ނިންމައި، ހަފްތާއެއްގެ ތެރޭގައި އެ ރިޕޯޓް އާންމުކުރާނެކަމަށްވެސް މެންބަރު އަސްލަމް ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން، އަސްލަމް ވަނީ އެ ރިޕޯޓަކީ އިންސާފުވެރި އެއްޗަކަށް ވާނެކަމުގެ ޔަގީންކަންވެސް ދެއްވާފައެވެ.

ޕާކްކޮށްގައި ހުރި ސައިކަލެއްގައި ހަރުކޮށްފައިހުރި އައިއީޑީއެއް ގޮއްވާލައިގެން މިދިޔަ މަހުގެ 6ވަނަ ދުވަހުގައި ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މިހާތަނަށް 4 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މި ހަމަލާގައި ލިބިވަޑައިގެންނެވި ޒަޚަމްތަކަށް އެމަނިކުފާނު ވަނީ ރާއްޖެއާއި ޖަރުމަނުވިލާތުން ބޭސްފަރުވާ ހޯއްދަވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.