ކޮންމެ ރަށަކުން އެސްޓީއޯ ކޮންސްޓްރަކްޝަން އޭޖެންޓުން ޢައްޔަންކުރަނީ

24 Jun 2021 | 20:28

އެސްޓީއޯ އިން ރާއްޖެ އެތެރެކޮށް ވިއްކަމުންދާ ކޮންސްޓްރަކްޝަން ސާމާނު ވިއްކުމަށް އެޖެންޓަކަށްވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އެސްޓީއޯއިން ބުނީ އެސްޓީއޯއިން އެޖެންޓުން ހޯދުމަށް މާރޗް މަހު ހުޅުވާލި ފުރުޞަތުގައި މިކަަމަށް ޝައުގުވެރިކަން ފާޅުކުރި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވި ފަރާތްތަކާ ބުރާސްފަތި ދުވަހު ހަވާލުކޮށްފައިވާ ކަމަށެވެ.

އެގޮތުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ރަނގަޅު ނަފާއެއް މީގެ ސަބަބުން ލިބުން މަގުފަހި ވެގެން ދާނެކަމަށެވެ. އަދި މީގެ އިތުރުން ރާއްޖޭގެ ހުރިހާ ރަށެއްގައި އިމާރާތްކުރުމަށް ބޭނުންވާ ސާމާނު އަތްފޯރާ އަގުތަކެއްގައި ހުސްނުވެ ލިބޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް އެސްޓީއޯއިން މަޢުލޫމާތުދެއެވެ.

"އެޖެންޓުން ޢައްޔަންކުރާ މިމޮޑެލްއަކީ އިރާދަކުރެއްވިއްޔާ ވިޔަފާރީގައި އަޅުގަނޑުމެން މިހާތަނަށް ތަޖުރިބާކުރާ އެންމެ ކާމިޔާބު މޮޑެލްއަށް ވާނެ"، އެސްޓީއޯ އެނާޖީ އެންޑް ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ޖެނެރަލް މެނޭޖަރ މުޙައްމަދު އީމާން ވިދާޅުވިއެވެ.

މީގެ އިތުރުން މާރިޗު މަހު ފުރުޞަތު ހުޅުވާލީ ވަކިވަކި އަތޮޅުތަކަކަށް ކަމުގައިވީނަމަވެސް، އެ ކުންފުނިންވަނީ އެޖެންޓަކަށްވުމަށް ބޭނުންވާ ފަރާތްތަކަށް ހުޅުވާލި އުސޫލުތަކަށް ބަދަލުގެނަސް، ރާއްޖޭގެ ހުރިހާ ރަށެއްގައި އިމާރާތްކުރުމުގެ ސާމާނު ވިއްކަން ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަން ނިންމާފައިވާ ކަމަށް އެސްޓީއޯއިން މަޢުލޫމާތުދެއެވެ.

އަދި އެޖެންޓުން ހޮވުމުގައި ރަށްރަށުގައި ތިބި ވިޔަފާރިތަކަށް އިސްކަންދޭއިރު ޖުލައިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ފޯމު ހުށަހެޅޭނެއެވެ. އަދި އެޖެންޓުން މެދުވެރިކޮށް ކާޑުގެ ބާވަތްތައް ވިއްކުމަކީވެސް އެސްޓީއޯއިން ކުދި ވިޔަފާރިތަކަށް ހުޅުވާލި ދޮރަކަށްވާއިރު އެއީ ކާމިޔާބު މޮޑެލްއެއްކަން އެޖެންޓުން ފާހަގަކުރެއެވެ.

Advertisement

ކޮމެންޓް

Advertisement