30 Jun 2021 | 17:01
ސިންގަޕޯރގެ "ނިއު ނޯމަލް"ގެ ސިޔާސަތު ވަރަށް ތަފާތު!

ކޮވިޑް-19ގެ އާލަމީ ވަބާގައި މުޅި ދުނިޔެ އުޅެމުންދާތާ އަހަރަކަށްވުރެ ގިނަ ދުވަސް މިވަނީ ވެފައެވެ. ލޮކްޑައުން، ކަރަންޓީން، އައިސޮލޭޝަން އަދި ޓެސްޓިންގ ފަދަ ލަފްޒުތަކަކީ އެކަންކަމަށް ގިނަބަޔަކު ހޭނިފައިވާ ކަމެކެވެ. މާސްކް އަޅައި، ގައިދުރުކަން ބަހައްޓައި، އަތްދޮވެ ހެދުމަކީ ދިރިއުޅުމުގެ ވައްޓަފާޅީގެ ބައެކެވެ.

މިފަދައިން ދުނިޔޭގެ ގިނަބަޔަކު ދިރިއުޅެމުންދަނީ، ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަތުމުގެ އުންމީދުގައެވެ. ވެކްސިންތަކުގެ ކަށިތަކުގެ އެހީގައި ބަލީގެ ބޮޑެތި އަސަރުތަކުން ދިފާއުވާން ދުނިޔޭގެ ގިނަބަޔަކު އެބަ މަސައްކަތްކުރެއެވެ. ނަމަވެސް ކޮވިޑް-19ގެ ބަލިމަޑުކަމަކީ މުޅި ދުނިޔެއިން ފަސޭހައިން ނައްތާލެވެން ނެތް އެއްޗެއްކަމަށް ބުނާ ފަރާތްތަކާއި، ސައިންޓިފިކް ހެކިތައްވެސް މަދެއް ނޫނެވެ. ނަތީޖާއެއްގެ ގޮތުން ކޮވިޑް-19 އެއްކޮށް ނައްތާނުލެވުނަސް އައު އާންމު ހާލަތެއް، ނުވަތަ ނިއު ނޯމަލްއެއްގައި އުޅުމަށް ގައުމުތަކުން މަޑުމަޑުން ވަނީ މިސްރާބު ޖަހާފައެވެ.

މިފަދައިން އައު އާންމު ހާލަތެއްގެ ރޭވުމެއް އެކުލަވާލަމުންދާ ގައުމަކީ ސިންގަޕޯރއެވެ. ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތަކާއި ވަރުގަދަ ސިއްހީ ނިޒާމެއް އޮތް ސިންގަޕޯރއިން ވަނީ 2002ވަނަ އަހަރުގެ ސާސް ރޯގާގެ ދުވަސްވަރުގައި ކުރެވުނު ތަޖުރިބާގެ އަލީގައި ކޮވިޑް-19ގެ ބަލިމަޑުކަމުގެ ނޭދެވޭ އަސަރު ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެކަމުގެ ނަތީޖާވެސް ރަނގަޅު މިންވަރަކަށް ވަނީ ފެނިފައެވެ. އެމެރިކާގެ ޖޯން ހޮޕްކިންސް ޔުނިވަރސިޓީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ސިންގަޕޯރގައި ކޮވިޑް ބަލީގައި ނިޔާވެފައިވަނީ އެންމެ 36 މީހުންނެވެ. އަދި ބައްޔަށް ޕޮޒިޓިވްވެފައިވަނީ 62،907 މީހުންނެވެ.

މިހާރު ސިންގަޕޯރއިން ވިސްނަމުންދަނީ އައު އާންމު ހާލަތަށް ދިއުމަށެވެ. އެ އައު އާންމު ހާލަތުގެ އެންމެ މުހިންމު އަސާސަކީ ކޮވިޑް-19ގެ ބަލިމަޑުކަމަކީ ދުވަހަކުވެސް އެއްކޮށް ފިލައިގެން ނުގޮސްފާނެ އެއްޗެއްކަމަށް ގަބޫލުކުރުމެވެ.

އެގޮތުން އެ އަސާސްގެ ދަށުން ދެން އަމަލުކުރާނެ ގޮތްތައް، އެގައުމުގެ ކޮވިޑް-19 މަލްޓި މިނިސްޓްރީ ޓާސްކްފޯހުގެ ދެ ކޯ-ޗެއަރ ކަމަށްވާ ޓްރޭޑް އެންޑް އިންޑަސްޓްރީ މިނިސްޓަރ ގަން ކިމް ޔޮންގ އަދި ފިނޭންސް މިނިސްޓަރ އޮންގ ޔޭ ކުންގ، އެގައުމުގެ މަޝްހޫރު ނޫހެއްކަމަށްވާ "ދަ ސްޓްރެއިޓް ޓައިމްސް"އަށް ލިޔުއްވި ޚާއްސަ ލިޔުމެއްގައި ވަނީ އާންމުކުރައްވާފައެވެ.

އެގޮތުން ސިންގަޕޯރގެ އައު އާންމު ހާލަތުގެ އެންމެ މައިގަނޑު ކަމަކީ ކޮވިޑް-19އަކީ ޕެންޑެމިކެއްގެ ބަދަލުގައި "އެންޑެމިކް"އެއްގެ ނަޒަރުން ދެކެން ފެށުމެވެ. އެންޑެމިކަކީ ދޭތެރެއަކުން ފެންނަ ބައްޔަކަށް ވުމެވެ.

މި މަގްސަދު ހާސިލްކުރުމަށް ސިންގަޕޯރއިން އިސްކަންދޭ އެންމެ މައިގަނޑު ކަމަކީ ކޮވިޑް-19ގެ ވެކްސިން ދިނުމަށް ހިންގާ ހަރަކާތް ވަރުގަދަކުރުމެވެ. އެގޮތުން މިއަހަރުގެ އޮގަސްޓްމަހުގެ 9ވަނަ ދުވަހުގައި ފާހަގަކުރާ ސިންގަޕޯރ ނޭޝަނަލް ޑޭގެކުރިން އާބާދީގެ 2/3 އަށް ކޮވިޑް ވެކްސިންގެ ދެ ޑޯޒް ދޭން އެގައުމުން ވަނީ އަމާޒުހިފާފައެވެ. އަދި ޖުލައި މަހުގެ ކުރީކޮޅާއި ހަމައަށް އާބާދީގެ 2/3އަށް އެއް ޑޯޒް ދޭން ކުރި އަމާޒަށް ވާސިލްވުން ގާތުގައިވާކަމަށްވެސް އެ ގައުމުގެ މިނިސްޓަރުން ވަނީ ވިދާޅުވެފައެވެ. 

އެ މިނިސްޓަރުން ވިދާޅުވި ގޮތުގައި އަލަށް އުފެދޭ ވޭރިއެންޓްތައް މިހާރު ހުރި ވެކްސިންތަކަށް ނުގުޑާނަމަ ބޫސްޓަރ ޝޮޓް ދޭންޖެހުމަކީ އެކަށީގެންވާ ކަމެކެވެ. އެއާއި އެކު، ގިނަ އަހަރުތަކަކަށް ދެމިގެންދާ ގޮތަށް ކޮވިޑް ވެކްސިން ދިނުމުގެ ހަރަކާތެއް ރޭވުމަކީ ސިންގަޕޯރގެ ވިސްނުމެކެވެ. ސަބަބަކީ ވެކްސިން ޖެހުމުން ބަލީގެ އަސަރު ކުޑަވެ، އެހެން މީހުންނަށް ބަލި ފޯރުކޮށްދޭކަން ކުޑަކަން ދިރާސާތަކުން ދެއްކުމެވެ.

މީގެ އިތުރުންވެސް ސިންގަޕޯރއިން ވަނީ ކޮވިޑަށް ޓެސްޓްކުރުމަށް ގެންގުޅޭ އުސޫލަށްވެސް ބަދަލުތަކެއް ގެންނަން ނިންމާފައެވެ. އެގޮތުން އިޖްތިމާއީ ހަރަކާތްތަކާއި، އެއްވުންތަކާއި، ގަައުމުން ބޭރަށް ދަތުރުކުރުމަށް ޓެސްޓް ހެދުމަށް ބޮޑަށް އަމާޒުކުރާނެކަމަށް ވަނީ ބުނެފައެވެ. އަދި ޕީސީއާރު ޓެސްޓްގެ އިތުރުން އެހެނިހެން ވަސީލަތްތައް ބޭނުންކޮށްގެންވެސް ޓެސްޓް ހަދާނެކަމަށް އެ މިނިސްޓަރުން ވަނީ ލިޔުމުގައި ފާހަގަކުރައްވާފައެވެ. އެގޮތުން ފުމެގެން ކޮވިޑަށް ދެތިން މިނެޓްގެ ތެރޭގައި ޓެސްޓް ކުރެވޭފަދަ ވަސީލަތްތައް ބޭނުންކޮށްގެން މޯލް، ހޮސްޕިޓަލް، އެއާޕޯޓް އަދި ސްކޫލް ކޮލެޖް ފަދަ ތަންތަނުގައި ޓެސްޓްކުރެވިދާނެކަމަށް ވަނީ ވިދާޅުވެފައެވެ.

އައު އާންމު ހާލަތުގައި ސިންގަޕޯރގެ ވިސްނުމަކީ ބައްޔަށް ޕޮޒިޓިވްވާ މީހާ ގޭގައި އެކަހެރިވެ ހުރެ، ބަލިން ރަނގަޅުވުމެވެ. އެފަދަ ހާލަތެއްގައި ކައިރީ އުޅޭ އެންމެން ކަރަންޓީންކޮށް ޓެސްޓްކުރުމުގެ ބަދަލުގައި ފަސޭހައިން އާންމު ގޮތެއްގައި ކުރެވޭ ޓެސްޓްތަކުން ނަތީޖާ ދެނެގަނެ އެކަހެރިވެވިދާނެކަމަށް އެ ލިޔުމުގައި ވަނީ ބުނެފައެވެ. އަދި ކޮންމެ ދުވަހަކު ޕޮޒިޓިވްވާ މީހުންގެ އަދަދަށް ސަމާލުކަން ދިނުމުގެ ބަދަލުގައި ދެން ބަލާނީ ބަލިހާލަތު ގޯސްވާ މީހުންގެ އަދަދަށް ކަމަށްވެސް ވަނީ ބުނެފައެވެ.

މީގެ އިތުރުން ސިންގަޕޯރ ފަދައިން ކޮވިޑަކީ އެންޑެމިކްއެއް ކަމަށް ބަލާ ގައުމުތަކަށް ފަސޭހައިން ދަތުރުކުރެވޭގޮތް ހަދައި، އެއް ގައުމު އަނެއް ގައުމުގެ ވެކްސިން ކާޑް ބަލައިގަންނަ ގޮތް ހެދުމަކީވެސް ކުރެވިދާނެކަމަށް އެ މިނިސްޓަރުން ވަނީ ވިދާޅުވެފައެވެ. އެފަދަ ހާލަތެއްގައި ފުރުމުގެ ކުރިން ކޮވިޑް ނެގެޓިވް ނަތީޖާއެއް އޮތްނަމަ ކަރަންޓީންވާން ނުޖެހޭނެގޮތަށް ހެދިދާނެކަމަށްވެސް އެ ދެ ބޭފުޅުން ވަނީ ވިދާޅުވެފައެވެ.

ނަމަވެސް މި ހުރިހާ ކަމެއްގެ ތެރެއިންވެސް އަމިއްލަ ސާފުތާހިރުކަމުގެ ފިޔަވަޅުތައް ހަރުދަނާކަމާއެކު ދަމަހައްޓަން ވާނެކަމަށް ލިޔުމުގައި ވަނީ ބުނެފައެވެ. 

އައު އާންމު ހާލަތެއްގެ މަގުޗާޓެއް ސިންގަޕޯރއިން އެކުލަވާލަމުންދާއިރު، މީގެ ބޮޑު ބައެއް ބަރޯސާވަނީ ވެކްސިން ދެވޭނެ މިންވަރަށާއި ޓެކްނޮލޮޖީގެ ކަންކަން ކުރިއަރައިދާ މިންވަރަށެވެ. އެހެންކަމުން މި އައު އާންމު ހާލަތުގެ ވިސްނުމަކީ ހަގީގަތެއްތޯ ނުވަތަ އަވާމެންދުރެއްތޯ ބެލުމަށް ސިންގަޕޯރ އަދި މުޅި ދުނިޔެވެސް ވަނީ ކެތްމަދުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ
12 Sep 2026
ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހަމައަށް މިރޭ ހުދު ސަމާލް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ
12 Sep 2026
އައުޤާފަށް ހާއްސަކޮށް ކުންފުންޏެެއް އުފައްދައިފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ.
12 Sep 2026
ޢިރާޤުން ފޮނުވި ޑްރޯނު ހަމަލާއަކާ ގުޅިގެން ސަޢޫދީގެ މުހިންމު...
ޢިރާޤުން ފޮނުވި ޑްރޯނުތަކެއް ބޭނުންކޮށް ސަޢޫދީ ޢަރަބިއްޔާގެ އީސްޓް-ވެސްޓް ތެޔޮ ހޮޅިއަށް ދިން ހަމަލާއާ ގުޅިގެން، މެދުއިރުމަތީގެ ހަމަނުޖެހުން ފުޅާވަމުންދާ ދަނޑިވަޅެއްގައި، ސަޢޫދީން އެ ހޮޅި ބަންދުކޮށްފިއެވެ.