ސްކޫލް ބަންދުގައި ޚިތާނު ކޭމްޕެއް ބޭއްވުމަށް އައި.ޖީ.އެމް.އެޗުން ނިންމައިފި

01 Jul 2021 | 10:17

މި އަހަރު ސްކޫލް ބަންދުގައިވެސް ޚިތާން ކޭމްޕެއް ބޭއްވުމަށް (އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް) އައި.ޖީ.އެމް.އެޗުން ނިންމައިފިއެވެ.

މިކަމާއި ގުޅިގެން އައި.ޖީ.އެމް.އެޗުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއަހަރުގެ ޚިތާނުކުރުމުގެ އަމަލީ މަސައްކަތް ކުރިއަށްދާނީ އައި.ޖީ.އެމް ހޮސްޕިޓަލާއި ހުޅުމާލެ ހޮސްޕިޓަލާއި ގުޅިގެންކަމަށެވެ. މިގޮތުން ޚިތާނުކުރުމާއި އެއަށްފަހު އެޑްމިޓް ކުރުން ހަމަޖެހިފައިވަނީ ހުޅުމާލޭ ހޮސްޕިޓަލުގައި ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.

ޖުލައި އަދި އޯގަސްޓް ގެ ސްކޫލް ބަންދާއި ދިމާކޮށް އައި.ޖީ.އެމް.އެޗުން ކުރިއަށް ގެންދާ ޚިތާން ކޭމްޕް ފެށުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 10 ވަނަ ދުވަހުން ފެށިގެން އޯގަސްޓްމަހުގެ 5 ވަނަދުވަހުގެ ނިޔަލަށެވެ. އަދި މިފަހަރުގެ ޚިތާނު ކޭމްޕްގައި އައި.ޖީ.އެމް.އެޗުން ޚިތާނުކުރުމަށް ނިންމާފައިވަނީ ޖުމްލަ 200 ކުދިންނެވެ.

މި ޚިތާނު ކޭމްޕަށް ނަން ނޯޓްކުރުން ކުރިއަށްދާނީ 01 ޖުލައި އިން ފެށިގެން 07 ޖުލައި ގެ ނިޔަލަށް ، ހު ކު ރުދުވަސް ފިޔަވާ ބަންދުނޫން ކޮ ންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރުފަހު 3:00 ގެ ނިޔަލަށެވެ.

މީގެ އިތުރުން ޚިތާން ކޭމްޕްގައި ނަންނޯޓުކުރުމަށް ކުއްޖާގެ އައިޑީ ކާޑާއިއެކު، އައި.ޖީ.އެމް.އެޗްގެ ދަރުމަވަންތަ ކޮމްޕްލެކްސްގެ 3ވަނަ ފަންގިފިލާގައިވާ ސާރޖަރީ ކައުންޓަރަށް ވަޑައިންނެވުމުން ހަމަޖެހިފައިވާ ތާވަލާއި އެއްގޮތަށް ނަންނޯޓު ކުރާ ތަރުތީބުން ފުރުސަތުދެވިގެން ދާނެކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.

ޚިތާނުކުރުމާއި ގުޅިގެން އެއްވެސް ކަހަލަ އިމަޖެންސީއެއް ދިމާވެއްޖެނަމަ އަވަސްފަރުވާ އަށް އައި.ޖީ.އެމް.އެޗްގެ އެމަޖެންސީ ޑިޕާޓްމަންޓަށް ދުރުވުމުން އައިޖީއެމްއެޗްގެ ސާޖަރީ އޮންކޯލުގައި ހުންނަވާ ޑޮކްޓަރު ބައްލަވާނެ ކަމަށް އެހޮސްޕިޓަލުން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.

ޚިތާނުކުރުން ކުރިއަށް ގެންދާނީ އައިޖީއެމްއެޗް އަދި ހުޅުމާލެ ހޮސްޕިޓަލުގެ ސާރޖަރީ ޑޮކްޓަރުންނެވެ.

Advertisement

ކޮމެންޓް

Advertisement

Advertisement