Advertisement

ހެއިޓީގެ ރައީސްގެ ގައިކޮޅަށް ބަޑިޖަހައި އަވަހާރަކޮށްލައިފި

07 Jul 2021 | 15:37

ރޭ ދަންވަރުގެ ވަގުތެއްގައި ހެއިޓީގެ ރައީސް ޖޮވޮނެލް މޮއިސްގެ ގައިކޮޅަށް ބަޑިޖަހައި އަވަހާރަކޮށްލައިފިއެވެ.

ހެއިޓީގެ ބޮޑުވަޒީރު ކްލޯޑް ޖޯސެފް ނެރުއްވާފައިވާ ބަޔާނެއްގައިވާ ގޮތުގައި ރޭގެ ދަންވަރުގެ ވަގުތެއްގައި، ކާކުކަން ނޭނގޭ ބަޔަކު ވަނީ ރިޔާސީ ގަނޑުވަރަށް ވަދެ ރައީސް މޮއިސްގެ ގައިކޮޅަށް ބަޑިޖަހައި އަވަހާރަކޮށްލާފައެވެ. މި ހަމަލާގައި އެގައުމުގެ ފަސްޓްލޭޑީއަށްވެސް ވަނީ ޒަޚަމްވެ، ހޮސްޕިޓަލްގައި އެނދުމަތިކުރެވިފައެވެ.

މިވަގުތު ހެއިޓީގެ ވެރިކަމާއި ހަވާލުވެ ވަޑައިގެން ހުންނެވީ ބޮޑުވަޒީރު ކްލޯޑް ޖޯސެފެވެ. ހެއިޓީއަކީ ސިޔާސީ ހަލަބޮލިކަމުގައި ގިނަ އަހަރުތަކެއް ވޭތުކުރަމުންދާ ގައުމެކެވެ.

-ތަފްސީލް އަންނަނީ-

Advertisement

ކޮމެންޓް