18 Jul 2021 | 10:37
އުތުރުގެ 3 ރަށުންވެސް ބުނީ ރައީސްއަށް މަރުޙަބާކިޔަން ބޭނުން ނުވާކަމަށް

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙްގެ ދެކަނބަލުން ތިލަދުންމަތީ ދެކުނުބުރީގެ 3 ރަށަކަށް ދަތުރު ކުރައްވާތީ ސަރުކާރުން ދުރާލާ އެންގުމުންވެސް އެރަށްތަކުގެ ގިނަ ރައްޔިތުން ރައީސް ޞާލިޙްއަށް މަރުހަބާކިޔުމަށް އިންކާރު ކޮށްފައިވާކަމުގެ މައުލޫމާތު ލިބިއްޖެއެވެ.

ރައީސް ޞާލިޙް ތިލަދުންމަތީ ދެކުނުބުރިއަށް ދަތުރު ކުރުމަށް ހަމަ ޖެއްސެވީވެސް އެންމެ 3 ރަށަށެވެ. އެއީ ކުޅުދުއްފުށީ ސިޓީ ،ހަނިމާދޫ އަދި ކުމުންދޫއެވެ.

ކުޅުދުއްފުށިން "ވޮއިސް" އަށް މައުލޫމާތު ދެއްވި މީހަކު ބުނީ ރައީސް ޞާލިޙް އެ ސިޓީއަށް ވަޑައިންނެވުމުގެ ކުރިން ރަށުގައި މުޒާހަރާ ނުކުރުމަށް ފުލުހުން ވަނީ އަންގާފައިކަމަށެވެ. 

މިޔާއިއެކުރައީސަށް މަރުހަބާ ދެންނެވުމުގެ އިންތިޒާމް ހަމަޖެއްސުމަށް ދުރާލާ ސަރުކާރުން ވަނީ ރައްޔިތުންގެ ޚިޔާލު ހުރިގޮތް ބަލާފައިކަމަށް އޭނާވިދާޅުވިއެވެ. 

އެހެންނަމަވެސް ރައީސްއަށް މަރުހަބާކިޔަން އެ ސިޓީގެ ގިނަބަޔަކު ވަނީ ދެކޮޅުހަދާފައި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރައީސް ޞާލިޙް މިއަދު ކުޅުދުއްފުށީ ސިޓީއަށް ވަޑައިންނެވުމާއިއެކު، އެރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ނުކުމެ ރައީސްގެ އިސްތިއުފާއަށްވެސް ވަނީ ގޮވާލާފައެވެ.

ފޮޓޯ: ކުޅުދުއްފުށި އޮންލައިން

ރައީސްގެ ދަތުރުފުޅާއި ގުޅިގެން އެ 3 ރަށުންވެސް މާބޮޑު ތަރުހީބެއް ރައްޔިތުންގެ ފަރާތުން ނުލިބޭނެކަން ސަރުކާރަށް ކައުންސިލްތައް މެދުވެރިކޮށް އަންގާފައިވާކަމަށް މައުލޫމާތު ލިބިފައިވާއިރު، ސަރުކާރުގެ ތަރުޖަމާނު މީޑީއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކޮވިޑާއި ގުޅިގެން މީހުން އެއްނުވުމަށް ރައީސް އެދިވަޑައިންނެވީ ކަމަށެވެ.

މަބްރޫކް ވިދާޅުވީ ތިލަދުންމަތީ ދެކުނުބުރިއަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ރަސްމީ ދަތުރުފުޅާ ގުޅިގެން، އެ މަނިކުފާނަށް މަރުހަބާ ދެންނެވުމަށް ޚާއްސަ އިންތިޒާމްތައް ހަމަޖެއްސުމަށް ގިނަ ރިކުއެސްޓްތަކެއް ލިބިފައިވާކަމަށެވެ. އެހެން ނަމަވެސް ކޮވިޑްގެ ހާލަތުގައި ގިނަ ބަޔަކު އެއްތަންވުމަކީ އެންމެ ރައްކާތެރި ކަމަކަށް ނުވާނެތީ، ރައީސް ޞާލިޙް އެކަން މަނާކުރެއްވީ ކަމަށެވެ.

މަބްރޫކް މިހެން ވިދާޅުވެފައި ވީނަމަވެސް ރައީސްގެ ދެކަނބަލުންގެ ފްލައިޓް ޖެއްސުމާއިއެކު ކުޅުދުއްފުށީ ސިޓީއިން އާންމުން ގޮވީ ރައީސްގެ އިސްތިއުފާއަށެވެ.

މައުލޫމާތު ލިބިފައިވާގޮތުން ރައީސް ޞާލިޙް އިންނެވި ފްލައިޓް ރަންވޭ ޖެއްސުމާއެކު މުޒާހަރާގައި ބައިވެރިން ދިޔައީ ރައީސްގެ އިސްތިއުފާ ގޮވައި އަޑުގަދަކުރަމުންނެވެ. އަދި ކުޅުދުއްފުށީ ސިޓީގައި ރައީސް ޞާލިޙްގެ އިސްތިއުފާއަށް ގޮވައި ބެނާތަކެއްވެސް ވަނީ ދަމާފައެވެ.

އެ ބެނާތަކުގައި ހުރީ ރައީސް ޔާމީން މިނިވަން ކުރުމަށާއި ރައީސް ޞާލިޙް އިސްތިއުފާއަށް ގޮވާފައި ކަމަށް ކުޅުދުއްފުށީ ސިޓީއިން މައުލޫމާތު ދެއްވި ބޭފުޅަކު ވިދާޅުވިއެވެ.އަދި އިންޑިއާ އައުޓް ބެނާ ދަމާފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރައީސްގެ ދެކަނބަލުން ތިލަދުންމަތީ ދެކުނުބުރީގެ 3 ރަށަކަށް ދަތުރު ކުރެއްވުމަށް ހަމަޖެހިފައިވާއިރު، ދެން ވަޑައިންނަވާނީ ހަނިމާދޫ އަދި ކުމުންދޫއަށެވެ. އަދި މި 3 ރަށުންވެސް ރައީސަށް މަރުހަބާ ކިޔުމަށް ހަމަޖެއްސެވީ އެރަށްތަކުގެ ކައުންސިލަރުންނާއި ސަރުކާރުގެ އިދާރާތަކުގެ ވެރިންކަމަށް މައުލޫމާތުލިބެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Jul 2026
ވަރލްޑްކަޕް ކުއާޓާ ފައިނަލުން ޖާގަ ހޯދި ފުރަތަމަ ޓީމަކަށް މޮރޯކޯ
ދެ ޓީމުންގޯލަށް އަމާޒުކުރި ހަމަލާތަކަށްވުރެ މިމެޗްގައި ގިނައިން ފެނިގެންދިޔައީ ރީނދޫކާޑު ތަކެވެ
04 Jul 2026
ހަމަދު ސްކޫލްގެ ހިދުމަތްތެރި ޓީޗަރު، ސަތީޝްގެ ކުއްލި މަރު: ސްކޫލާއި ދަރިވަރުންނަށް ބޮޑު ހިތާމައެއް
ސަތީޝް އަކީ ދަރިވަރުންނާއި ޓީޗަރުންގެ އިތުރުން ބެލެނިވެރިންނާވެސް ވަރަށް ގާތް ގުޅުމެއް އޮންނަ ޓީޗަރެކެވެ
04 Jul 2026
އަލީބާބާ އިން އެމެރިކާއަށް 600 މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދައްކަނީ
އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ހާމަކޮށްފައިވާ ގޮތުގައި، ޗައިނާގެ އީ-ކޮމާސް ކުންފުނި އަލީބާބާ ގްރޫޕް އަދި އެ ކުންފުނީގެ ޕޭމަންޓް ޕްރޮސެސާ ކަމަށްވާ އޭޔޫއެސް މާޗަންޓް ސާވިސަސް (އިން ޖުމްލަ 600 މިލިއަން އެމެރިކާ ޑޮލަރު ދެއްކުމަށް ވަނީ އެއްބަސްވެފައެވެ
04 Jul 2026
ޕީއެންސީ އެތެރޭގެ އިންތިހާބު: 2500 އަށްވުރެ ގިނަ ކެނޑިޑޭޓުން ވާދަކުރޭ
ވޯޓާސް ލިސްޓް މިއަދު އާއްމުކުރުމަށް ވަނީ ނިންމާފައި
04 Jul 2026
ކޯޗް ސުޒެއިންގެ 40 އަހަރުގެ ކުޅިވަރު ކެރިއަރުގައި އެންމެ އުފާވެރި ރޭ
"ކުޅިވަރުގެ ދާއިރާގައި ހޭދަވި ސާޅީސް އަހަރުތެރޭ އެންމެ އުފާވި ފިޔަވަޅު މަތީގައި އަޅުގަނޑު މި ހުރީ," ސުޒެއިން ވިދާޅުވި އެވެ.
04 Jul 2026
މާލެ އަދި ހުޅުމާލޭގައި މާރާމާރީ ހިންގަން ރޭވި ބައެއްގެ މައްސަލަ ފުލުހުން ބަލަނީ
އޮޕަރޭޝަނުގައި ބަލާފާސްކޮށް އެ މީހުންގެ އަތުން ފަތްޖެހި ވަޅިއަކާއި 39,695 ދިވެހި ރުފިޔާ ވަނީ ފެނިފައި
04 Jul 2026
ހުޅުމާލެ ކައިރީ މިރޭ ހަވާއަރުވަނީ
ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ މިރޭގެ 22:00 ގަ އެވެ.
04 Jul 2026
ސްޓެލްކޯއަށް ލިބެންޖެހޭ ފައިސާގެ އަދަދު ބިލިއަނަކާ ގާތުގައި
ސްޓެލްކޯގެ މާލީބަޔާނަށް ބަލާއިރު ލިބެންޖެހޭ ފައިސާ ނުލިބިގެން ލިބުނު ގެއްލުމުގެ ގޮތުގައި 161.2 މިލިއަން ރުފިޔާ ޕްރޮވިޝަން ހަދާފައި އެބައޮތެވެ