މުހައްމަދު އިސްމާއިލް ޕީޕީއެމް ޖަލްސާގައި ވާހަކަދައްކަވަނީ.....ފޮޓޯ ޕީޕީއެމް
ހަބަރު
23 Aug 2022 | 22:50
ބައި-އިލެކްޝަންތަކުން ފެނުނީ ރައްޔިތުން ބަދަލަކަށް ބޭނުންވެފައިވާ މިންވަރު: މުހައްމަދު އިސްމާއިލް

ނިމިދިޔަ ބައި-އިލެކްޝަންތަކުގެ ނަތީޖާއިން ފެނިގެން ދިޔައީ ރައްޔިތުން ބަދަލަކަށް ބޭނުންވެފައިވާ މިންވަރުކަމަށް އިދިކޮޅު ކޯލިޝަންގެ އެކްޝަން ޑިޕާރޓުމަންޓުގެ ޗެއަރ އަދި މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެއެވެ. 

މުހައްމަދު އިސްމާއިލް މިފަދައިން ވިދާޅުވެފައިވަނީ ޕީޕީއެމް އޮފީހުގައި ބޭއްވި ޖަގަހަ ޖަސްލާގައި ވާހަކަދައްކަވަމުންނެވެ. 

މުހައްމަދު އިސްމާއިލް ވިދާޅުވީ ނިމިދިޔަ ބައި-އިލެކްޝަންތަކުގައި ޕީޕީއެމް ހޯދި ނަތީޖާއާއި ދޭތެރޭގައި ހިތްހަމަ ޖެހޭ ކަމަށާއި، އެ ނަތީޖާތައް ބުނެދެނީ މި ސަރުކާރުން ކުރާ ނޭންގާނީ ކަންކަން ރައްޔިތުން ބަލައިނުގަންނަކަން ކަމަށެވެ. 

"ތަފާތު އެކި އެކި ބައި-އިލެކްޝަންތައް ބޭއްވިގެން ހިނގައްޖެ. އަޅުގަނޑުމެންނަށް ލިބުނު ނަތީޖާ ގޯހެއް ނޫން. އަޅުގަނޑުމެންނަށް ލިބުނު ނަތީޖާ ރަނގަޅު. ރައްޔިތުން ބަދަލުތަކެއް ބޭނުންވާކަން، މި އޮތް ޖައްބާރު ވެރިކަމުން ކުޅަ މަސައްކަތްތައް ކުރަމުންދާއިރު، އެކަންކަން ރައްޔިތުން ގަބޫލު ނުކުރާކަން، އެ މެސެޖު ލިބޭ" މުހައްމަދު އިސްމާއިލް ވިދާޅުވިއެވެ. 

އެ ވާހަކަތަކާއި ގުޅުވާ މުހައްމަދު އިސްމާއިލް ވިދާޅުވީ އިންތިޚާބު ކާމިޔާބުކުރުމަށް އަދި ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭކަމަށެވެ. 

މިހާރުގެ ސަރުކާރުން އިންތިޚާބުތައް ކާމިޔާބުކުރުމަށް މިހާރުވެސް ގިނަ ކަންތައްތަކެއް ބަދަލުކުރާ ވާހަކަ ދައްކަމުން އަންނައިރު، ރައްޔިތުން ބޭނުންވާ ބަޔަކު ވެރިކަމަށް ގެނައުމުގެ ބާރު އޮތީ ރައްޔިތުންގެ އަތްމަތީގައިކަމަށް އޭނާ ވިދާޅުވިއެވެ. 

"އެކި ދިމަދިމާލުން އިވޭ އަޑުތަކަށް ބަލާއިރު ބަރުލަމާނީ ގެންނަ ވާހަކަ ދައްކަފާނެ، އީ ވޯޓު ސިސްޓަމެއްގެ ވާހަކަ ދައްކަފާނެ، އެންމެ ގިނަ ވޯޓު ލިބޭ މީހާއަށް ވެރިކަމަށް އާދެވޭގޮތަށް ގާނޫނު ބަދަލުކުރާ ވާހަކަ ދައްކަފާނެ. އެކަން އޮތީ އަޅުގަނޑުމެންގެ އަތްމަތީގައި" މުހައްމަދު އިސްމާއިލް ވިދާޅުވިއެވެ. 

ވެރިކަން ފެށިގެން އަންނަނީވެސް އަދި ވެރިކަން ދެމި އޮންނަނީވެސް ރައްޔިތުންގެ ކިބައިގައިކަން މުހައްމަދު އިސްމާއިލްގެ ވާހަކައިގައި ހަނދާން އާކޮށްދެއްވިއެވެ. 

އެއަށްފަހު އޭނާ ވިދާޅުވީ ރައީސް ޔާމީންއަށް ދެވަނަ ދައުރެއް ދިނުމަށް މި ސަރުކާރު ގަބޫލުވާނެކަމަށް ރައްޔިތުން ދެކިގެން ނުވާނެކަމަށެވެ. އެހެން ނަމަވެސް ހާލަތު ބަދަލުކުރުމަށް އިދިކޮޅާއި ގުޅިގެން ރައްޔިތުން މަސައްކަތް ކުރަން ތިބި، ރައީސް ޔާމީން ދެވަނަ ދައުރަކަށް ވަޑައިގެން މި ގައުމުގެ ކަންކަން ހަމަ މަގަށް އަޅުއްވާދެއްވާނެކަމުގެ ޔަގީންކަން އޮތްކަމަށް އޭނާ ވިދާޅުވިއެވެ. 

ނިމިދިޔަ ބައި-އިލެކްޝަންގެ ނަތީޖާތަކާއި މެދު ހިތްހަމަޖެހިލައްވާކަމަށް މުހައްމަދު އިސްމާއިލް ވިދާޅުވެފައިވާއިރު، ބައި އިލެކްޝަންތަކާއި ދިމާކޮށް ސަރުކާރުން ބޮޑެތި ޚަރަދުތައް ކުރަމުންދާކަންވެސް އިދިކޮޅުން ފާހަގަކުރެއެވެ. އަދި އިންތިޚާބުތަކާއި ދިމާކޮށް ކުންފުނިތަކުން ވަޒީފާތައް ދީ، ބޮޑެތި ކޮރަޕްޝަން ހިންގާކަމަށްވެސް އިދިކޮޅުން ގެންދަނީ ތުހުމަތުކުރަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފްރާންސް މޮޅުވިމެ ޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.