ތ. ތިމަރަފުށި، ކެނެރީގެ، ޢަލީ މުނީޒު،
ހަބަރު
26 Aug 2022 | 00:11
ރާޅާ ދެކޮޅަށް ފަތައި، އަމާޒަށް ތީރުޖަހަން ދަސް ކުރުމުން ނިރުބަވެރިކަމުގެ ދައުވާ!

ރާޅާ ދެކޮޅަށް ފަތާށާއި އަމާޒަށް ތީރު ޖަހަން ދަސްކުރި މީހެއްގެ މައްޗަށް ނިރުބަވެރިކަމުގެ އަމަލެއް ކުރުމަށް ބޭނުންވާ އުކުޅުތައް ދަސްކުރިކަމުގެ ކުށުގެ ދައުވާ އުފުލައިފިއެވެ.

ދައުލަތުން މި ދައުވާ ކޮށްފައިވަނީ ތ. ތިމަރަފުށި، ކެނެރީގެ، ޢަލީ މުނީޒު، 28، ގެ މައްޗަށެވެ. އޭނާ އަކީ ތ. ތިމަރަފުށީގައި ހަރުކަށި ފިކުރު ފަތުރާ، ހަމަލާދޭން އުޅުނު މައްސަލައާއި ގުޅިގެން ހައްޔަރު ކުރި މީހުންގެ ތެރެއިން އެކަކަށް ވާއިރު، ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވާ ނިރުބަވެރިކަމުގެ ދައުވާގެ އަޑުއެހުމެއް މިއަދު ކްރިމިނަލް ކޯޓުގައި ވަނީ ބާއްވާފައެވެ.

މިއަދު އޮތް އަޑުއެހުމުގައި ދައުލަތުން ބުނެފައިވާ ގޮތުގައި މުނީޒު ވަނީ 2019 ގެ ކުރީކޮޅުން ފެށިގެން ތިމަރަފުށީގައި ހަރުކަށި ފިކުރު ފެތުރުމުގެ މަސައްކަތް ކޮށްފައެވެ.

އަދި މީގެ އިތުރުން، ތ.ކަނިމީދުއަށް ގޮސް އަމާޒަށް ތީރުޖެހުމާއި, ރާޅާ ދެކޮޅަށް ފަތަން ދަސްކޮށް, ތަންތަނަށް އެރުމުގެ އުކުޅު ވެސް އޭނާ ދަސްކުރި ކަމަށް ދައުލަތުން ބުންޏެވެ. އަދި އޭނާ އެފަދަ އުކުޅުތައް ދަސްކޮށްފައިވާތީ ދައުލަތުން ވަނީ އޭނާގެ މައްޗަށް ނިރުބަވެރިކަމުގެ އަމަލެއް ކުރަން ބޭނުންވަ އުކުޅުތައް ދަސްކުރުމުގެ ކުށުގެ ދައުވާއެއް ވެސް އުފުލަފާފައެވެ.

ދައުލަތުން މުނީޒުގެ މައްޗަށް ދެން އުފުލާފައިވަނީ ޓެރަރިޒަމްގެ ޢަމަލެއް ހިންގަން ހިތްވަރު ދިނުމުގެ ދަޢުވާއާއި, ޓެރަރިސްޓު ޖަމާޢަތަކަށް ތާއީދުކުރާފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދަޢުވާއެވެ.

މި މައްސަލައިގައި ހިމެނޭ ހުރިހާ ދައުވާއަކަށް ވެސް މުނީޒު އިންކާރު ކުރާއިރު ދައުލަތުން ވަނީ އޭނާއާ ދެކޮޅަށް ގިނަ ހެކިތަކެއް ހުށަހަޅާފައެވެ. އޭގެ ތެރޭގައި އެންމެ މުހިއްމު ހެކިންގެ ގޮތުގައި ހިމެނެނީ ސިއްރު ހެކިންނެވެ.

ދައުލަތުން ހުށަހެޅި ހެކިތަކަށް ބަލައި ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ފަނޑިޔާރު އަލީ ނަދީމް ވަނީ މުނީޒުގެ މައްޗަށް ކުރާ ދަޢުވާތައް މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެކަމަށް ކަނޑަައަޅުއްވައި, ލިޔުމުން ދިފާޢީ ހެކި ހުށަހަޅަން އޭނާއަށް ފަސް ދުވަސް ދީފައެވެ.

އަލީ މުނީޒާއެކު ހައްޔަރުކުރި މީހުންނަށް ދައުވާ ނު އުފުލާ ބަންދުގައި ގިނަ ދުވަހު ބައިތިއްބައި، ސިއްހީ ފަރުވާ ލިބިދިނުމާއި އެނޫންވެސް އިތުރު ހައްގު ތަކުން މަހުރޫމް ކުރާ ކަމަށް ބުނެ އެ ފަރާތްތަކުގެ އާއިލާތަކުން ވަނީ މީގެކުރިން ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.
06 Oct 2026
ޕެރޯލް ބޯޑްގެ ނިންމުން ބަދަލުކޮށް އަބުޗާ އަލުން ހައްޔަރުކޮށްފި، ޕެރޯލް ބޯޑް އެއްކޮށް ވަކިކޮށްފި
އައްޑުއަށް ޑްރަގް އެތެރެކޮށް އޭގެ ވިޔަފާރި އެންމެ ވަރުގަދައަށް ކުރާ މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ފުލުހުން ތުހުމަތުކުރާ އިބްރާހިމް ރަޝީދު (އަބުޗާ) ޕެރޯލްގެ ދަށުން މިނިވަން ކުރި ކުރުން ބަދަލުކޮށް އަލުން އޭނާ މިއަދު ހައްޔަރުކޮށްފި އެވެ.
06 Oct 2026
ކަޅެހުއްޓާއަށް ގޮސް އުޅެނިކޮށް ހާލު ދެރަވި ދިވެއްސަކު ނިޔާވެއްޖެ
ނިޔާވެފައިވަނީ އުދަރެސް / ގއ. ކޮލަމާފުށި، އަޙްމަދު މިސްޙާޤު (45އ) އެވެ.
06 Oct 2026
އަމާން އުދަރެސް ޓަވަރަކުން ވެއްޓުނު މީހާ ނިޔާވެއްޖެ، 15 ވަނަ ފަންގިފިލާއިން ވެއްޓުނީ 20 އަހަރުގެ ޒުވާނެއް
ޓަވަރުގެ 15 ވަނަ ފަންގިފިލާއިން ވެއްޓުނީ 20 އަހަރުގެ ޒުވާނެކެވެ.