މެމްބަރު ތާރިގު މަޖިލީހުގައި.... ފޮޓޯ: މަޖިލިސް
ހަބަރު
28 Aug 2022 | 10:53
ނަން ވާނީ 9 ވަނަ ހަސަން ރަސްގެފާނާއި ތާޖުއްދީނުގެ ދެ ދަރިން: ތާރިގު

މަޖިލީހުގެ ރައީސް އަދި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި، ރާއްޖޭގެ ފޮރިން މިނިސްޓަރުގެ މަގާމުގައި ހުންނަވައި ޔޫއެންގެ ޖެނެރަލް އެސެމްބްލީގެ ރައީސްކަން ކުރައްވަމުން ގެންދަވާ އަބްދުﷲ ޝާހިދު އިންޑިއާއަށް ވަޑައިގަތުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގު ފާޑުވިދާޅުވެއްޖެއެވެ. 

ތާރިގު އެ ދެބޭފުޅުންނަށް ފާޑުވިދާޅުވެފައިވަނީ، ދާދިފަހުން ކުރެއްވި ޓްވީޓެއްގައެވެ. 

ތާރިގު ވިދާޅުވި ގޮތުގައި އެ ދެ ބޭފުޅުންވެސް އިންޑިއާއަށް ވަޑައިގެން އިސްކުރައްވާނީ އިންޑިއާގެ މަސްލަހަތެވެ. 

އެއީ ގައުމަށް ގައްދާރުވުންކަމަށް ސިފަކުރައްވާ ތާރިގު ވިދާޅުވީ ގައްދާރުންކަމަށް ނަންވެފައިވަނީ 9 ވަނަ ހަސަން ރަސްގެފާނާއި، ތާޖުއްދީނުގެ ދެ ދަރިންކަމަށެވެ. 

އެ މީހުންނަކީ ތާރީހުގައި ރާއްޖޭގެ މިނިވަންކަން ގެއްލުވާލުމުގައި އިސްކޮށް މަސައްކަތްކޮށްފައިވާ ދިވެހިންކަން ފާހަގަކޮށްލެވެއެވެ. 

ތާރިގުގެ ޓްވީޓުގައި ވަނީ ގައުމަށް ގައްދާރުވި އެފަދަ ފަރާތްތަކާއި، ނަޝީދުއާއި ޝާހިދު ތަފާތެއް ނެތްކަމަށް އިޝާރާތްކުރައްވާފައެވެ. އަދި ވިދާޅުވީ މިހާރު ވެރިކަން ކުރަމުންދާ ފަރާތްތަކާއި ގައުމު ހަވާލުކޯށްފިނަމަ ވެގެންދާނެ ގޮތް މީގެ ކުރިން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެދެއްވާފައިވާ ކަމަށެވެ. 

އަދި ދިވެހިންގެ ކަންކަން ނިންމަންވާނީ ދިވެހިންކަން އެމަނިކުފާނު އަބަދވެސް ހަނދާންކޮށްދެއްވަމުން ގެންދިވަކަމަށެވެ. 

ނުރަސްމީ ދަތުރުފުޅެއްގައި ނަޝީދު އިންޑިއާއަށް ވަޑައިގެންފައިވަނީ އެމްޑީޕީގެ ޕްރައިމަރީ ބާއްވަން އިއުލާނު ކޮށްފައިވަނިކޮށްކަން ފާހަގަކޮށްލެވެއެވެ. 

އެހެން ނަމަވެސް ނަޝީދުއާއި ޝާހިދު އިންޑިއާއަށް ވަޑައިގެން ސީދާ ސަބަބެއް އަދި ހާމަކޮށްފައެއްނުވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.