ގާސިމް ތައްޔާރު ޖަލްސާގައ ވާހަކަދައްކަވަނީ... ފޮޓޯ: ވޮއިސް
ހަބަރު
29 Aug 2022 | 16:39
ޖުމްހޫރީ ޕާޓީގެ ގައުމީ ޖަލްސާ ޑިސެމްބަރުގައި ބާއްވަން ތައްޔާރުވާން ފަށައިފި

ޖުމްހޫރީ ޕާޓީގެ ގައުމީ ޖަލްސާ ނުވަތަ ގައުމީ ކޮންފަރެންސް މިއަހަރުގެ ޑިސެމްބަރު މަހުގައި ބޭއްވުމަށް ވާން ޖެހެ ތައްޔާތީތައް ޕާޓީގެ ސެކްރެޓޭރިއޭޓުން ފަށައިފިއެވެ. 

އެކަން ހާމަކުރައްވާ ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަލީ ސޯލިހު ވިދާޅުވީ ޑިސެމްބަރުގައި ބޭއްވުމަށް މަސައްކަތް ކުރާ އެ ޕާޓީގެ ގައުމީ ޖަލްސާގައި ޖުމްހޫރީ ޕާޓީއިން ސިޔާސީ ގޮތުން މުހިންމު ނިންމުންތަކެއް ނިންމާނެކަމަށެވެ. 

ޖުމްހޫރީ ޕާޓީގެ 146 ވަަނަ ކައުންސިލް ބައްދަލުވުމުގައި ޕާޓީގެ ގައުމީ ބައްދަލުވުމަށް ތާއްޔާރުވުމުގެ ގޮތުން ކުރަންޖެހޭ އެންމެ މުހިންމު މަސައްކަތް ކަމަށްވާ އެ ޕާޓީގެ ރަށު ގޮފިތައް އަސާސީ ގަވައިދާއި އެއްގޮތަށް އެކުލަވާލާ ފުރިހަމަ ކުރުމަށްޓަކައި 7 މެމްބަރުންގެ ވަގުތީ ކޮމެޓީއެއްވެސ މިހާރު ނަގާފައިވާކަމަށް އަލީ ސޯލިހު ވިދާޅުވިއެވެ. 

އެ ގޮތުން ‎ޕާޓީގެ ގޮފިތައް ހެދުމަށް ޕާޓީއަށް ހެޔޮއެދޭ އެންމެހާ ފަރާތްތަކަށް ވަނީ ފުރުސަތު ހުޅުވާލާފައިވާކަމަށް ޖުމްހޫރީ ޕާޓީއިން ވަނީ ބުނެފައެވެ. 

ރަށްރަށަށް ދަތުރު ކުރުމާއި ޕާޓީ ޕްރޮމޯޓް ކުރުމާއި މީހުން ބާރުވެރި ކުރުމަށް މަސައްކަތް ކުރުމަށް ޕާޓީގެ ހުރިހާ މެންބަރުންނަށް ފުރުސަތު އޮތްކަންވެސް ޖޭޕީއިން ވަނީ ފާހަގަކޮށްފައެވެ. 

ޑިސެމްބަރުގައި ބޭއްވުމަށް ޖުމްހޫރީ ޕާޓީއިން ތައްޔާރުވަމުން އަންނަ ގައުމީ ޖަލްސާއަކީ އެ ޕާޓީއިން ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށް ކުރާ ކަމެއްކަމަށް ބެލެވެއެވެ. 

އެ ޕާޓީއިން ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގއި ވާދަކުރައްވާނެކަމަށް ބުނެފައެވެ. އެހެން ނަމަވެސް ވާދަކުރާނީ އަމިއްލަ ކެންޑިޑޭޓެއް ނެރެގެން ތޯ ނުވަތަ ކޯލިޝަން ހަދައިގެންކަމެއް އަދި އެ ޕާޓީއިން ހާމަކޮށްފައެއް ނުވެއެވެ. 

އެހެންކަމުން ކުރިއަށް މި އޮތް ބައްދަލުވުމުގައި މިފަދަ ނިންމުންތައް ނިންމާނެކަމަށް ބެލެވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.