ރިޕޯޓް
29 Jul 2022 | 21:37
އެކި މުނާސަބަތު ތަކުގައި ދިވެހިބަހުން ތަހުނިޔާކިޔުއްވާ މޯދީ ރާއްޖޭގެ މިނިވަންދުވަހުގެ ތަހުނިޔާއެއް ނުކިޔުއްވި

ދިވެހިރާއްޖޭގައި ފާހަގަކުރާ އެކިއެކި މުނާސަބަތުތަކުގައި ދިވެހިންނަށް ދިވެހި ބަހުން ތަހުނިޔާ ދަންނަވާއި ޝުކުރު ކުރައްވާ، އަދުގެ ސަރުކާރާއި ނުހަނު ގާތް ގުޅުމެއް ބާއްވަވާ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ދިވެހިރާއްޖޭގެ ފަޚުރުވެރި މިނިވަން ދުވަހުގެ ތަހުނިޔާ ކިޔުއްވާފައެއް ނުވެއެވެ.

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ސަރުކާރުތަކުގައި ދިވެހިރާއްޖެއާއި އިންޑިޔާއާ ދެމެދުގައި އޮންނަ ގުޅުން އިންތިހާއަށް އިތުުރުވެ ބަދަހިވެގެންދާކަމަކީ ސިޔާސީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ އިތުރުން އާއްމުންވެސް ދައްކާވާހަކައެކެވެ. އަދި ވަކިން ޚާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވެރިކަމަށް އައި ފަހުން ދެގައުމުގެ ދެމެދުގައި އޮތް ގުޅުން ހުރިހާ ދާއިރާއަކުންވެސް އިތުރަށް ބަދަހިވެގެން ގޮސްފައިވާކަން ޚުދު އިންޑިއާ ސަރުކާރުންވެސް ވަނީ ފާހަގަކުރައްވާފައެވެ.

އެހެންނަމަވެސް، ދިވެހިރާއްޖެ މިނިވަން ދައުލަތެއްގެ ގޮތުގައި އޮންނަތާ 57 އަހަރުފުރުނު ދިވެހިންގެ ފަޚުރުވެރި މިނިވަންދުވަސް އައިސް ނިމިގެން ދިޔަ އިރުވެސް ދުވަހުގެ ތަހުނިޔާ ދިވެހި ސަރުކާރަށާއި ދިވެހި ރައްޔިތުންނަށް މޯދީ ކިޔުއްވާފައެއްނުވެއެވެ.

ސައުދީ އަރަބިއްޔާއާއި، އެމެރިކާފަދަ ބޮޑެތި ގައުމުތަކުން ދިވެހިރާއްޖޭގެ މިނިވަންދުވަހުގެ ތަހުނިޔާ ކިޔުއްވާފައިވާއިރު ދިވެހިތާއްޖޭގެ އަވަށްޓެރި، އަދުގެ ސަރުކާރުގެ އެންމެ އަރިސް، ސަރުކާރުން ބޭރުގެ ފަރާތަކަށް އަރުވާނެ އެންމެ ޝަރަފުވެރި މަގާމް، ނިޝާން ޢިއްޒުއްދީނުގެ ލަގަބުވެސް އަރުއްވާފައިވާ މޯދީ ދިވެހިރާއްޖެއަށް ތަހުނިޔާ ދަންނަވާފައިނުވާ ސަބަބު ސާފެއްނުވެއެވެ.

މޯދީ މިފަދައިން އަދުގެ ކަންތައް ކުރައްވާފައިވާއިރު، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އާއި، ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަކީ، އިންޑިޔާއިން ފާހަގަކުރާ އެގައުމުގެ އެކި އެކި މުނާސަބަތު ތަކާއި ގުޅިގެން، އެގައުމަށާއި، އެގައުމުގެ ބޮޑުވަޒީރަށް ފަށްފަށުން މަރުހަބާ ދަންނަވައި ތަހުނިޔާ ފޮނުއްވާ ބޭފުޅުންކަން ފާހަގަކޮށްލަންޖެހެއެވެ. އެއިން ކޮންމެ ތަހުނިޔާއެއްގައިވެސް އެގައުމަށް ސަނާ ކިޔުމާއި، ދެގައުމު ދެމެދުގައިވާ ގުޅުން ބަދަހި ކުރައްވަން މަސައްކަތް ކުރައްވާ ކަން ފާހަގަނުކުރައްވާ ފަހަރެއް ވަރަށް މަދުވާނެއެވެ.

ވީއިރު ރާއްޖޭއަށް އެންމެ ޚާއްސަ އެއް މުނާސަބަތުގައި އިންޑިއާގެ ބޮޑުވަޒީރު ތަހުނިޔާ ދަންނަވައި ޓުވީޓެއްގެ ހިސާބުވެސް ކޮށް ނުލެއްވީ އެގައުމުގެ ހިންދުތުވާ ޖަމާޢަތުގެ މީހުން ބުނެފައިވާގޮތަށް ދިވެހިރާއްޖެއަކީ އިންޑިއާގެ ބައެއް ކަމަށް ގަބޫލުކުރާ ގަބޫލުކުރުމުގެ ސަބަބުން ކަމަށް ބެލުމުގެ ޖާގައެބައޮތެވެ.

މިކަމުގެ ފަހަތުގައި ކޮންމެ ސަބަބެއް އޮތް ނަމަވެސް، މިއިން ދޭހަވެގެންދަނީ، އަދުގެ އެމްޑީޕީ ސަރުކާރުން އިންޑިއާ އަކީ ސަރުކާރުގެ އެންމެ އަރިސް ގައުމުކަމުގައި ދެކިލެއްވި ނަމަވެސް އިންޑިއާ އިން އެފަދައިން ނުދެނޭކަމެވެ.

ދެކެލައްވާނަމަ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އާއި މަޖިލީހުގެ ރައީސް އެގައުމަށް ތަހުނިޔާއާއި މުބާރިކުބާދީ ދަންނަވާފަދައިން އެގައުމުގެ ބޮޑުވަޒީރު ވެސް ދެންނެވީހެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.