ފޮޓޯ: އޭބީސީ
ދުނިޔެ
02 Sep 2022 | 03:20
އަފްގާނިސްތާނުގައި 6 މިލިއަން މީހުން ބަނޑަށް ޖެހިދާނެ ކަމުގެ އިންޒާރު އ.ދ. އިން ދީފި

އަފްގާނިސްތާނުގައި 6 މިލިއަން މީހުން ބަނޑަށް ޖެހިދާނެ ކަމުގެ އިންޒާރު އ.ދ. އިން ދީފިއެވެ.

އ.ދ. ގެ އިންސާނިއްޔަތުކަމާއި ބެހޭ ބައިގެ ވެރިޔާ މާޓިން ގްރިފިތު ވިދާޅުވެފައިވާ ގޮތުގައި މިދިޔަ އަހަރު ތާލިބާނުން އަފްގާނިސަތާނުގެ އެމީހުންގެ ކޮންޓްރޯލުގެ ދަށަށް ގެނައި ފަހުން އެ ގައުމުގެ ހާލަތު ދަނީ އިތުރަށް ގޯސްވަމުންނެވެ. އެގޮތުން އިންސާނީ ހައްގުތަކުން މަހްރޫމު ވުމާއި، މާލީ ދަތިތަކާއި، މޫސުމީ ގޮތުން ކުރިމަތިވަމުން އަންނަ ކާރިސާތަކުގެ ސަބަބުން އެ ގައުމަށް ލިބެމުން އަންނަ ގެއްލުންތައް އިހުނައްވުރެ ބޮޑުވަމުން އަންނަ ކަން ގްރިފިތު ވަނީ ފާހަގަ ކުރައްވާފައެވެ.

މީގެ އިތުރުން ކުރިއަށް އޮތް ފިނިމޫސުމުގެ މަސްތަކުގައި ކުރިމަތިވާނެ މޫސުމީ ގެއްލުންތަކުން އަފްގާނިސްތާނުގެ ރައްޔިތުން ސަލާމަތް ކުރުމަށް އެ ގައުމަށް 700 މިލިއަން އެމެރިކާ ޑޮލަރުގެ އެހީ ބޭނުންވާ ކަމަށްވެސް ގްރިފިތު ވަނީ ބުނެފައެވެ.

"ފަގީރުކަން އިތުރުވަމުންދާއިރު، އާބާދީ ވެސް ދަނީ އިތުރުވަމުން، އަފްގާނިސްތާނުގެ އިދާރާތަކުން ކުރިމަގަށް އިންވެސްޓް ކުރާނެ ބަޖެޓެއް ނެތް، ތަރައްގީއަށް އެހީތެރިކަން ވަނީ ބޭނުންވެފައި" ގްރިފިތު ވިދާޅުވެފައިވެއެވެ.

ތާލިބާނުން އަފްގާނިސްތާނުގެ ކޮންޓްރޯލް ނެގި ފަހުން އެ ގައުމުގެ 39 މިލިއަން އާބާދީގެ ދެބައިކުޅަ އެއްބައި މީހުންވަނީ އިންސާނީ އެހީއަށް ބޭނުންވެފައެވެ. ހަ މިލިއަން މީހުން ވަނީ ބަނޑަށް ޖެހުމާއި ގާތަށް ގޮސްފައެވެ. މިލިއަނަކަށްވުރެ ގިނަ ކުޑަކުދިންވަނީ އެކަށީގެންވާ ނިއުޓްރިޝަން ނުލިބުމުގެ ސަބަބުން މަރާއި ހަނގުރާމަ ކުރަން ޖެހިފައެވެ. ނަމަވެސް މިހާތަނަށް ތާލިބާނުން ގާއިމުކުރި ސަރުކާރުން ބޭރުގެ އެއްވެސް ގައުމަކާއި ގުޅުން ބަދަހިކުރުމުގެ މަސައްކަތް ކޮށްފައެއް ނުވެއެވެ.

ގިނަ ގައުމު ތަކުން އަފްގާނިސްތާނަށް އެހީވުމަށް ދެކޮޅު ހަދާ މައިގަނޑު ސަބަބަކީ ޓެރަރިސްޓް ޖަމާއަތެއް ކަމުގައި ދެކޭ ތާލިބާނުން އެ ގައުމުގައި ވެރިކަމެއް ގާއިމުކުރުމެވެ. އެމެރިކާއިން އ.ދ. އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވެސް ވަނީ މިމައްސަލައިގައި އެކަން ފާހަގަ ކުރައްވާފައެވެ. އެގޮތުން ޓެރަރިޒަމާއި ދެކޮޅަށް މަސައްކަތްކުރާ އެއްވެސް ގައުމަކުން ނުވަތަ ޖަމާއަތަކުން ތާލިބާނުންނަށް މިލިއަނުން އެހީ ހަވާލުކުރުމާއި ދެކޮޅު ހަދާނެ ކަމަށެ އެބޭފުޅާ ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
17 Sep 2026
މެލޭޝިއާ ބޮޑުވަޒީރުގެ "ޕްލޭ ލިސްޓް" އަށް މީސް މީޑިއާގައި ބޮޑު ސަމާލުކަމެއް
ޑިޕްލޮމެޓިކް ބައްދަލުވުންތަކުގެ ތެރެއިން ބޮޑުވަޒީރު އަންވަރު ޕޯސްޓް ކުރެއްވި ކޮންޓެންޓުގައި ބޮލީވުޑުގެ މަޝްހޫރު ލަވަތައް ހިމެނިފައިވެއެވެ. ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިންއާ އެކު ނެންގެވި ފޮޓޯތަކާ އެކު އޭ.އާރް. ރަޙުމާންގެ ޗަލޭ ޗަލޯ އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާ ބައްދަލުކުރެއްވި ޕޯސްޓުގައި އައި އޭމް ދަ ބެސްޓް ލަވަ އާއި ކިޝޯރު ކުމާރުގެ ޚުވާބް ހޯ ތުމް ޔާ ކޯއީ ހަޤީޤަތުގެ ވީޑިއޯ ކްލިޕެއް ވެސް ވައިރަލް ވެފައިވާ އިރު އެ ވީޑިއޯގައި ކީބޯޑިސްޓްއަކާ އެކު ބޮޑުވަޒީރު ލަވަ ކިޔާ މަންޒަރު ވެސް ފެނެއެވެ.
17 Sep 2026
ބުރު ސްޕޯޓްސް ބަލިކޮށް ލީގްގައި އޮޑީގެ ފުރަތަމަ މޮޅު ހޯދައިފި
ލީގްގައި މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ މާޒިޔާ ސްޕޯޓްސް އާއި ނިއުރޭޑިއަންޓް
17 Sep 2026
މެކްލެމޯ ބޭރުކުރުމުން ޝީރަންގެ ޓުއާގެ ހުރިހާ ސަޕޯޓިން އާޓިސްޓުން ވަކިވެއްޖެ
މެކްލެމޯ އަސްލު ނަމުން ނަމަ ބެން ހެގާޓީ މި މަހުގެ ކުރީ ކޮޅު ނިއު ޖާޒީގެ މެޓްލައިފް ސްޓޭޑިއަމްގައި ޝީރަންއާ އެކު ކުރި ޕާފޯމެންސެއްގައި "ފްރީ ޕެލެސްޓައިން" ގޮވައި ފަލަސްޠީނަށް ތާއީދުކޮށް ވާހަކަ ދެއްކުމުން ފާޑުކިޔުން އަމާޒުވެ އެންމެ ފަހުން ޓުއާގެ ބާކީ ބައިން ބޭރުކޮށްފައިވެއެވެ
17 Sep 2026
އުރީދޫ ފިންޓެކުގެ ރާއްޖޭގެ ކަންޓްރީ ހެޑަކަށް ނޫމާން ހަމަޖައްސައިފި
ނޫމާން މީގެ ކުރިން ހުރީ އުރީދޫ މޯލްޑިވްސްގެ ފިންޓެކް އެންޑް ޕާޓްނާޝިޕް މަގާމުގައެވެ. އޭނާ ވަނީ ރާއްޖެއަށް އިންޓަނެޓް ބޭނުންނުކޮށް ފޭސްބުކް ބޭނުންކުރެވޭ ޚިދުމަތެއް ތަޢާރަފުކުރުމުގައި އިސް ދައުރެއް އަދާކޮށްފައެވެ.
17 Sep 2026
ވަރލްޑްކަޕް އެންޑް ފެސްޓިވަލް: ރާއްޖެ ފްރާންސް ހިމެނޭ ގްރޫޕްގައި
ފްރާންސަކީ ދުނިޔޭގެ ފެންވަރުގައި ފުޓްބޯޅައިގެ ގަދަ ބާރެއް ކަމުން، ރާއްޖެ ހިމެނިފައިވަނީ ވަރަށް ވާދަވެރި ގްރޫޕެއްގައިކަން ފާހަގަކޮށްލެވެއެވެ
17 Sep 2026
ޕޯސްޓް ލިމިޑެޓްގެ ޑިރެކްޓަރުންގެ ބޯޑަށް ދެ ބޭފުޅަކު އައްޔަނުކޮށްފި
އެގޮތުން ބޯޑަށް އައްޔަނުކޮށްފައިވަނީ ގއ. ވިލިނގިލީ ވިޜަން، ބުޝްރީ މުޙައްމަދު އާއި ގއ. ނިލަންދޫ ވައިޓްވިލާ، ނާޞިޙް އިބްރާހިމް އެވެ..
17 Sep 2026
ޔާމީނާއި ދެކޮޅަށް އޮތް ދެ މައްސަލަ މި މަހުގެ ފަހުކޮޅަށް ތާވަަލުކޮށްފި
މި ދެ މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ނުގެންދާތާ މަސްތަކެއް ވެއްޖެ އެވެ. ކްރިމިނަލް ކޯޓުން ބުނީ ފުއްގިރި ކުއްޔަށް ދިނުމުގައި ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯޑަރިންގެ ދައުވާއާ ގުޅިގެން އަޑުއެހުމެއް މި މަހުގެ 23 ވަނަ ދުވަހަށް ތާވަލުކޮށްފައިވާ ކަމަށެވެ.
17 Sep 2026
ތ.ގުރައިދޫގައި ބިދޭސީއަކު މެރުމުގެ ކުށް ސާބިތުވެ، ބަބުލް މިއާއަށް އުމުރުދުވަހުގެ ޖަލު ހުކުމެއް
ގުރައިދޫގައި 2020 ގައި ބަންގްލަދޭޝް ރައްޔިތެއް ތޫނު އެއްޗަކުން މެރި މައްސަލައިގައި ބަބުލް މިއާ އުމުރަށް ޖަލަށްލައި މަރުގެ ދިޔައިގެ ގޮތުގައި އެއް މިލިއަން ރުފިޔާ ދެއްކުމަށް ހުކުމްކޮށްފިއެވެ.