އާދިލް ސަލީމު
ރިޕޯޓް
03 Sep 2022 | 11:25
ރާއްޖެތެރޭ މީހުންނަށް މަލާމާތް ކުރުމުން ސަލީމު ހުނުފެނަށް!

ފެހި ގާނޫނު އަސާސީ ވުޖޫދުވެ، ޑިމޮކްރަސީގެ ރޭހުގައި ރާއްޖެ ހޯދަން ފެށި ކުރިއެރުންތަކާއެކު މާލެ މީހާއާއި ރާއްޖެ ތެރޭ މީހާއާއި ތަފާތުކުރުމުގެ ފަލްސަފާ ވަނީ ވަރަށް ބޮޑަށް ހުއްޓިފައެވެ. އަދި ރައްޔިތުންގެ މެދުގައި ތަފާތުކުރުންތައް ނައްތާލުމުގެ މަސައްކަތްތައްވެސް ސަރުކާރުތަކުން ފަށައިގަތެވެ. 

އެހެން ނަމަވެސް، ޒަމާންތަކަކަށް ފަހު "މާލެ މީހާ، ރާއްޖެތެރޭ މީހާ" ގެ ބަހުސް ވަނީ އަނެއްކާވެސް ފެށިފައެވެ. އެއްބަޔަކު އަނެއްބަޔަކު ކުޑައިމީސް ކުރުމަކީ އާންމުކަމަށް ވެއްޖެއެވެ. 

ދާދިފަހުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ފްލެޓެއްގެ ބެލްކަނިން ވެއްޓެން ދިޔަ ކުއްޖެއް ސަލާމަތްކުރި ހާދިސާއަކީވެސް މާލެ މީހާއާއި ރާއްޖެތެރޭ މީހާގެ ހުރި ތަފާތު ބަޔަކަށް ސިފަވި ހާސިދާއަކަށް ވަނީ ވެފައެވެ. 

އެގޮތުން ކުއްޖާ ސަލާމަތް ކުރާ ވީޑިއޯ ޓްވިޓާރގައި ހިއްސާކުރައްވަމުން ކުރީގެ ޓްރާންސްޕޯޓު މިނިސްޓަރު އާދިލް ސަލީމު ވިދާޅުވީ "އައިލްނެޑު ލައިފް" ނުވަތަ ރަށްފުށުގެ ދިރިއުޅުން ސިޓީއަށް ބަދަލުކޮށް އުސް އުމާރާތްތަކުގައި ދިރިއުޅެން ފަށާއިރު، އެ މީހުން އުސް އިމާރާތްތަކަށް އަހުލުވެރިކުރުމަށް ޚާއްސަ ޕްރޮގްރާމުތަކެއް ހިންގަން ޖެހޭކަމަށެވެ. އުސް އިމާރާތްތަކުގައި ދިރިއުޅޭއިރު، ކުރާނެ ކަންކަމާއި ނުކުރަންވީ ކަންކަންވެސް ބުނެދީ ހޭލުންތެރިކުރުވަން ޖެހޭނެކަމަށެވެ. 

އޭނާއަށް ވިސްނުނު ގޮތުގައި އެ ހާދިސާ ހިނގަން މެދުވެރިވި ސަަބަބަކީ އުސް އިމާރާތްތަކަށް "ރާއްޖެތެރޭ މީހާ" އަހުލުވެރިވެފައި ނެތުމެވެ. އެފަދަ އިމާރާތެއް މީގެ ކުރިން ފެނިފައި ނެތުމާއި، އެ އިމާރާތެއްގައި ދިރިއުޅޭނެ ގޮތްވެސް ރާއްޖެތެރޭ މީހާއަށް ނޭނގުމެވެ. 

އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު މިހާތަނަށް ފުލުހުންވެސް ހާމަކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް މި ހުންނަނީވެސް އެއްބަޔަކަށް މި ހާދިސާ ސިފަވިގޮތެވެ. 

ކޮންމެއަކަސް، އެފަހުން ރަނގަޅަށް ބަލާލައިރު، ހިޔާގެ އުސް ޓަވަރުގެ 13 ވަނަ ފަންގިފލާއިން ވެއްޓެމުން ދިޔައީ މާލޭ މީހެއްގެ ދަރިއެއްކަމަށް ވެއެވެ. އެއާއެކު ސަލީމަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. 

އެކަމާއި ގުޅޭގޮތުން އޭނާ ކުރި ޓްވީޓަށް ޖަވާބުދިން ގިނަ ބަޔަކު ބުނެފައިވަނީ އަދީލުގެ އެ ޓްވީޓަކީ ނަސްލީ ތަފާތުކުރުން ބޮޑު ޓްވީޓެއްކަމަށެވެ. އެ ހާދިސާއަކީ ކޮންމެ ރަށެއްގެ މީހަކަށްވެސް ދިމާވެދާނެ ފަދަ ހާދިސާއެއްކަމަށްވާއިރު ރާއްޖެތެރޭ މީހުން ކުޑައިމީސްކުރީ ސަލީމުގެ ބަލި ސިކުނޑީގެ ސަބަބުންކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ. 

އަނެއްކޮޅުން ޚުދު ސަލީމަކީ މާލޭ ބޭފުޅަކަށްވެ ހުންނަވާ ރާއްޖެތެރޭގައި ދިރިއުޅުއްވަމުންދާ ބޭފުޅެކެވެ. މާފުށީގައި ގެސްޓު ހައުސްގެ ވިޔަފާރު ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. 

ސަލީމުގެ ޕޯސްޓަށް ކޮމްނެޓުކުރި މީހުން އެކަން ފާހަގަކޮށްފައިވެއެވެ. އަދި ސަލީމު އެރަށުން ބޭލުމަށް އެމީހުން ގޮވާލާފައިވެއެވެ. 

ރާއްޖެތެރޭގައި ތިބޭނީ ފަސްކުޅަނދު މަދު މީހުންކަމަށް މީގެ ޒަމާންތަކެއް ކުރިން މާލޭގެ އިއްޒަތްތެރި ބޭފުޅުން ބުނަމުންދިޔަ ދިއުން އިޔާދަކުރައްވާ ސަލީމު ވާހަދެއްކުމާއި ގުޅިގެން، ގިނަބައެއްގެ ނަފްރަތު ވަނީ އޭނާއަށް އަމާޒުވެފައެވެ. 

ހަމަހަމަ މުޖުތަމައެއްގެ ސިފަ މިފަދަ ފަރާތްތަކުން ދައްކާ ވިހަ ވާހަކަތަކުގެ ސަބަބުން ގެއްލިގެންދާަމަށް އެއްބަކު ބުނެފައިވެއެވެ. 

އަނެއްބަޔަކު ބުނީ އެކްސިޑެންޓެއް ވަނީ، ނުވަތަ އެނޫންވެސް ހާދިސާއެއް ދިމާވަނީ އެއީ ކޮން ރަށެއްގެ ކާކުތޯ ބަލާފައެއް ނޫންކަމަށާއި، ސަލީމަށްވެސް އެފަދަ ހާދިސާއެއް ދިމާވެދާނެކަމަށެވެ. އަދި މީހަކަށް ދެރަކަމެއް ދިމާވީމާ މަލާމާތް ކުރުމުގެ ބަދަލުގައި އިހުސާންތެރިވުމަކީ އޭގައި އޮންނަ އެންމެ ރީތި ގޮތްކަމަށް ބައެއް ފަރާތްތައްވަނީ އޭނާއަށް ހަނދާންކޮށްދީފައެވެ.  

ސަލީމަށް ރައްދުދިން މީހުން ބުނީ ރާއްޖެތެރެއަށް ނިސްބަތްވުމަކީ އެމީހާގެ ސިކުނޑި އުނިވުމެއް ނޫންކަމަށެވެ. ގައުމާއި ރައްޔިތުންނަށް ޚިދުމަތްކޮށްދިނުމުގައި ފާހަގަކޮށްލެވޭ ދަރިވަރުން އުފައްދަމުންދަނީ ހަމައެކަނި މާލެއަކުންވެސް ނޫންކަމަށާއި، އިލްމާއި ހިލްމަކީ، އަދި ކަންކަން ކުރަންވީ ގޮތް އޮޅުންފިލުވާ ތަހުޒީބު ދިރިއުޅުމެއް އުޅުމަކީ ކޮންމެ މީހަކަށްވެސް އޮތް ފުރުސަތެއްކަން ގިނަ ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ. 

ސަލީމަށް ދިން ރައްދުގައި އާންމުން ފާހަގަކޮށްފައި ހުރީ މުޅިންވެސް ރަނގަޅު ވާހަކަތަކެކެވެ.

އެއާއެކު ދަންނަވަން ޖެހެނީ ތަހުޒީބު ދިރިއުޅުމެއްގައި އުޅުމުގެ ފުރުސަތު ލިބިފައި އޮތުމަކީ މިހާގެ ސިކުނޑި ތަހުޒީބުވާ ކަމެއް ނޫންކަންވެސް ސަލީމުގެ ވާހަކަތަކުން ދޭހަވާކަމަށެވެ. ސިކުނޑި ތަހުޒީބު ކުރުމަށް ދުނިޔެއަށް ލޯހުޅުވޭ، ދުނިޔޭގެ ކަންކަން ހިނގާ ގޮތާއި ގުޅޭ އިލްމު ލިބިފައި ހުރުން މުހިންމެވެ. ފިކުރާއި ޚިޔާލު ދުނިޔެއަށް ހުޅުވާލާ، މީހުން ބަލައިގަންނަން ދަސްކުރުންވެސް މުހިންމެވެ،

އެހެން ނޫންކަމަށް ވާނަމަ ކިތަންމެ މަތީ ފާހެއް އޮތަސް، އަދި ކިތަންމެ ބޮޑު މަގާމެއް އަދާކުރައްވާފައި ހުއްނެވި ނަމަވެސް ތިމާގެ އަނގައިން ނިކުންނާނީ ސަލީމު ކުރެއްވި ތްވީޓުފަދަ ނާތަހުޒީބު ވާހަކތަކެއްކަން ޔަގީނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Aug 2026
ވޯލްޑް ކަޕް ބޮއިކޮޓް ކުރުމުގެ ނިންމުމަށް ޔޫއެފާއިން ބަދަލެއް ނުގެނައި
ފީފާގެ ވިޔަފާރި ޕްލޭން އަނބުރާ ގެންދިޔަ ނަމަވެސް، ވޯލްޑް ކަޕް ބޮއިކޮޓް ކުރުމުގެ ނިންމުން ދެމެހެއްޓުމަށް ޔުއެފާއިން ނިންމައި، އިންފަންޓީނޯގެ ރައީސް ކަމާ މެދު އިތުބާރު ނެތްކަން ހާމަކޮށްފި.
07 Aug 2026
ހޫތީންގެ ވަރުގަދަ ހަމަލާއެއް ސައުދީއަށް؛ 11 މީހަކު ޒަޚަމްވި
ޔަމަނުގެ ހޫތީން ސައޫދީ އަރަބިއްޔާގެ ދެކުނުގެ ސަރަހައްދެއް ކަމަށްވާ ނަޖްރާންއަށް ދިން ހަމަލާތަކެއްގައި 11 އާންމުން ޒަޚަމްވެފައިވާ ކަމަށް ސައޫދީ އިސްވެ އޮންނަ ކޯލިޝަނުން ހާމަކޮށްފިއެވެ.
07 Aug 2026
ގެއްލުނު މީހުން ހޯދަން ބޮޑު ސަރަހައްދެއް ބަލައިފި؛ އަދިވެސް ނުފެނޭ
ލާމު އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރަނިކޮށް އަޑިއަށްދިޔަ "ފްރެންޑް 4" ދޯނިން ގެއްލުނު ތިން މީހުން ހޯދުމަށް، އެމްއެންޑީއެފާއި ފުލުހުން ގުޅިގެން ހިންގާ އޮޕަރޭޝަނުގައި ކަނޑާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން މިއަދު ހާމަކޮށްފިއެވެ.
06 Aug 2026
ވަގަށް ނަގާފައިވާ ތަކެތި ނުއަގުގައި ގަންނަކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފި
އޭނާ ހައްޔަރުކޮށްފައިވަނީ އައްޑޫސިޓީ ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަންގައި މި އޮގަސްޓު މަހުގެ 5 ވަނަ ދުވަހު ކޯޓުއަމުރެއްގެ ދަށުންނެވެ.
06 Aug 2026
ދައުރުވާ ދިވެހި ފައިސާ މަދުކުރުމަށް މަރުކަޒީ ބޭންކުން އިތުރު ފިޔަވަޅެއް އަޅައިފި
އެމްއެމްއޭއިން ބުނީ މިދޔަ އަހަރުގެ ޖުލައިމަހު އޯޕަންމާކެޓް އޮޕަރޭޝަން އަލުން ފެށި ފަހުން ބޭންކިން ނިޒާމުގައި ހުރި ރުފިޔާގެ ޒާއިދު ލިކުއިޑިޓީގެ ތެރެއިން އެވެރެޖްކޮށް 2.7 ބިލިއަން ރުފިޔާ މިހިނގާ އަހަރުގެ ޖުލައިގެ ނިޔަލަށް ނެގިފައިވާކަމަށެވެ.
06 Aug 2026
ކަޕްވިނާސް ކަޕްގެ ފައިނަލަށް ނިއުރޭޑިއަންޓާއި މާޒިޔާ
ފައިނަލް މެޗްގެ ކުރިން މި މުބާރާތުަގައި މި ދެޓީމް ބައްދަލުކުރާ މެޗް އޮންނާނީ މިމަހުގެ މިމަހުގެ 15 ވަނަ ދުވަހެވެ
06 Aug 2026
ފޭސް ދޭއްގައި ހިންދޫންގެ އަޅުކަން ކުރި އަންހެން މީހާ ހައްޔަރު ކޮށްފި
ފުލުހުން ބުނި ގޮތުގައި އުމުރުން 44 އަހަރުގެ އެ އަންހެން މީހާ އަކީ ރާއްޖޭގައި ގަވާއިދާ ހިލާދަށް އުޅެމުންދިޔަ މީހެކެވެ. ރާއްޖެ އައީ 2024 ވަނަ އަހަރު އެވެ.
06 Aug 2026
މާޒިޔާ ކަޕްވިނާސްކަޕް ފައިނަލާ ގާތަށް ޖެހިލައިފި
ކަޕްވިނާސް ކަޕްގައި މިރޭ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި، އޮޑި ބައްދަލުކުރާ މެޗް އެއްވަރުވުން ނުވަތަ ނިއު ބަލިވެއްޖެނަމަ މާޒިޔާއަށް ފައިނަލިގެ ޖާގައެއް ކަށަވަރުވާނެއެވެ