ރިޕޯޓް
28 Mar 2022 | 12:18
ނަޝީދުގެ ފޮޓޯގަނޑު ދައްކައިގެން ގޮނޑިތަކަށް ހޮވުނު މީހުން މިއަދު ނަޝީދަށްވުރެ ބާރު ގަދަވީ؟

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އޭ ބުނެފިނަމަ އެންމެ ފުރަތަމަވެސް ހިތަށް ނަގައިގަނެވޭނީ އެ ޕާޓީގެ ލީޑަރު މުހައްމަދު ނަޝީދުގެ ތަސްވީރެވެ. ރާއްޖެއަށް ޒަމާނީ ޑިމޮކްރަސީ ހޯދާދިނުމަށް ނަޝީދު މަގުމަތީގައި ދުވެ އަޑުއުފުލާ އުޅުނު ގޮތުގެ މަންޒަރުތަކެވެ. ޕާޓީގައި ރައްޔިތުންގެ މަގުބޫލުކަން އެންމެ ބޮޑީވެސް ނަޝީދުގެއެވެ.

މިހާތަނަށް އެމްޑީޕީއިން ކާމިޔާބުކުރި ހުރިހާ އިންތިޚާބުތަކެއްވެސް ކާމިޔާބުކޮށްފައިވަނީ ނަޝީދުގެ ބައިވެރިވުމާއި އެކުގައެވެ. ނިމިދިޔަ ރިޔާސީ އިންތިޚާބަށް ބަލާލިޔަސް މިކަން އޮތީ ހަމަ މި ގޮތަށެވެ.

2018 ވަނަ އިންތިޚާބުގައި ނަޝީދުއަށް ކުރިމަތިނުލެވޭކަން ކަށަވަރުވި ހިސާބުން އެމްޑީޕީގެ އާންމު މެމްބަރުން ނިންމީ ނަޝީދު ދެއްކި މީހަކަށް ވޯޓުލުމަށެވެ. އޭރު އެމީހުން ބުނަމުން ދިޔައީ ނަޝީދު "ބުޅާ ގަނޑަކަށް" ވޯޓު ދޭށޭ ބުނި ނަމަވެސް އެކަން ކުރާނެ ކަމަށެވެ. ކަން ވީވެސް އެހެންނެވެ.

ރިޔާސީ އިންތިހާބާއި މަޖިލީސް އިންތިޚާބުގައިވެސް ކަންތައް ވެގެން ދިޔައީ ހަމަ އެ އުސޫލުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ އެމްޑީޕީއިން ނެގީ ނަޝީދުގެ ފޮޓޯގަނޑު ދައްކައިގެންކަމަށް ވިދާޅުވަނީ މަޖިލީހުގައި ތިބި އެމްޑީޕީގެ މެމްބަރުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ހޯދަން މަސައްކަތްކުރި އެންމެންވެސް ވިދާޅުވީ ތިމަންނާމެން މި ތިބީ ނަޝީދު ދެއްކި މަގުން ހިނގައި، މި ގައުމަށް ކުރިއެރުން ހޯދާދިނުމަށް އެމަނިކުފާނާއި އެކުގައިކަމަށެވެ. އެއާއެކު އެމްޑީޕީއިން ބޭނުން ނަމަ ގާނޫނު އަސާސީވެސް ބަދަލުކުރެވޭނެ ވަރުގެ ސުޕަރ މެޖޯރިޓީ އެ ޕާޓީއިން ހޯދީ ހަމަ ނަޝީދުގެ ފޮޓޯގަނޑު ދައްކައިގެންނެވެ.

މި ހުރިހާކަމަކުންވެސް ނަޝީދު އަކީ އެމްޑީޕީގެ އާންމު މެމްބަރުންގެ މެދުގައި ކިހާ ނުފޫޒު ގަދަ ލީދަރެއްކަން ހާމަވެގެންދެއެވެ. އާންމު މެމްބަރުންގެ މެދުގައި ނަޝީދުގެ ބަސް ވިކޭ މިންވަރާއި، ނަޝީދަށް އޮތް މަގުބޫލުކަން މިކަމުން ދޭހަކޮށްދޭ ނޫން ތޯއެވެ.

އެހެން ނަމަވެސް، އެމްޑީޕީ ދެ ކަފިވެ، އެމްޑީޕީގެ ދެ ލީޑަރުންގެ މެދުގައި ވާދަވެރިކަން ބޮޑުވެފައިވާ ވާހަކަތަކެއް ފެންމަތިވުމާއެކު، ނަޝީދުއާއި ގުޅިގެން ދަކެވެމުންދާ ވާހަކަތައްވެސް މިއަދު މި ވަނީ ބަދަލުވެފައެވެ.

މިއަދު ނަޝީދުގެ ފަޅީގައި ތިބި މީހުން ބުނާކަހަލައެވެ. ނަޝީދަކީ އެއްވެސް އާރެއް ބާރެއް ހުރި މީހެއް ނޫނެވެ. ނަޝީދު ޕާޓީގައި އެ ހުރީ ތިމަންނާމެންގެ މަދަދާއެކުގައެވެ. އެހެން ނޫން ނަމަ އޭނާ މި ޕާޓީއިން ބޭރުކޮށްލާނެ ތާ ކިތަންމެ ދުވަހެކެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި، ސަރުކާރު ފަޅީގެ މެމްބަރާއި ވާދަކުރައްވާ އިމްތިޔާޒު ފަހުމީއާއި އޭނާގެ ކެމްޕޭނު ޓީމުން މިއަދު ބުނަމުން އެ ދަނީ ނަޝީދުގެ އާރާއި ބާރު ޕާޓީގައި ކެންޑުނު ވާހަކަތާއެވެ.

އެމްޑީޕީގެ ޗެއަރ ޕާރސަންކަމަށް އިމްތިޔާޒު ނުހޮވިއްޖެނަމަ ނަޝީދު ޕާޓީއިން ބޭރު ކުރާނީ އޭނާގެ ބާރު މުޅިން ކެނޑި އާންމު މެމްބަރުންގެ މެދުގައިވެސް އޭނާގެ މަގުބޫ

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
420އަށް ވުރެ ގިނަ ފެތުންތެރިންނާއެކު ކާމިޔާބުކަމާއެކު ނިންމާލައިފި
މާލޭ ރަސްފަންނު ސަރަޙައްދުގައި މި އޮގަސްޓް މަހުގެ 21 އިން 22 އަށް ސްވިމް މޯލްޑިވްސް އިން އިންތިޒާމުކުރި މި މުބާރާތަކީ މާލޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އޯޕަން ވޯޓާ ފެތުމުގެ މުބާރާތެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވި ފެތުންތެރިންގެ ތެރޭގައި އުމުރުން ހަ އަހަރާއި 79 އަހަރާ ދެމެދުގެ މީހުން ހިމެނެއެވެ. މި މުބާރާތުގައި ކުރިއަށް ގެންގޮސްފައިވަނީ އެއް ކިލޯމީޓަރު 500 މީޓަރު އަދި 250 މީޓަރުގެ ރޭސްތަކެވެ.
24 Aug 2026
އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި 4 އަހަރުގެ ކުއްޖަކު ޝަހީދުކޮށްލައިފި
ފުރަތަމަ ހަމަލާ އަމާޒުވީ ޣައްޒާގެ މެދުތެރޭގައި އޮންނަ ޒަވާޔިދާ އަވަށުގެ ޢިމާރާތަކަށެވެ. އެ ހަމަލާގެ ސަބަބުން ވެއްޓުނު ކުނިބުނިތަކާއި ރޮކެޓް އެތިކޮޅުތައް ވަށައިގެން އެތައް މީޓަރަކަށް ފެތުރި މަދުވެގެން ހަ މީހަކު ޒަޚަމްވި ކަމަށް ސިއްހީ ޚިދުމަތްތެރިން ބުނެފައިވެއެވެ. ޒަޚަމްވި މީހުންގެ ތެރޭގައި ހިމެނޭ ހަތަރު އަހަރުގެ މުޙައްމަދު ޢަބްދުއްސަލާމް ޠާހާ ފަހުން ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ޝަހީދުވެފައިވެއެވެ.
24 Aug 2026
އަނިޔާވި މީހުންގެ ތެރެއިން ދެމީހެއްގެ ހާލު ސީރިއަސް: ފުލުހުން
އަދި މި ހާދިސާގައި އަނިޔާވި 4 ބިދޭސީންނަށް އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންދާ ކަމަށާ އެއީ ބަންގްލަދޭޝް 2 މީހުންނާއި އިންޑިއާ 2 މީހުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.
23 Aug 2026
ކުޑަކުދިންނަށް އެންމެ ފުރަތަމަ ދަސްކޮށްދޭންވީ ދިވެހިބަސް: ރައީސް މައުމޫން
ރައީސް މައުމޫންގެ ވާހަކަފުޅުގައި، ދުނިޔެ ބަދަލުވަމުންދާ ގޮތުންނާއި ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ކުޑަކުދިންގެ އަތްމައްޗަށް ސްމާޓް ވަސީލަތްތައް އައިސްފައިވާ މިންވަރު ބަޔާންކުރެއްވިއެވެ.
23 Aug 2026
ވީއައިއޭއަށް އައި ފްލައި ދުބާއީގެ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި
އިންޖީނަށް މައްސަލައެއް ޖެހުނު ނަމަވެސް ބޯޓު ވަނީ ރައްކާތެރިކަމާއެކު އެމަޖެންސީގައި ވީއައިއޭއަށް ޖައްސާފައެވެ.
23 Aug 2026
ޕެންޝަން ފަންޑަކީ ރައްކާތެރި، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ފަންޑަކަށް ހަދާނަން: ޔަޒްމީދު
މީގެއިތުރުން، އެކުވެރި އަދި އެއްބައިވަންތަ ޓީމެއްގެ ގޮތުގައި، ހިތްހަމަޖެހުމާއެކު މަސައްކަތްކުރެވޭނެ ރަނގަޅު މާޙައުލެއް ބިނާކޮށްދެއްވާނެ ކަމަށްވެސް ޔަޒީދު ވިދާޅުވި އެވެ.