ހަބަރު
18 Mar 2022 | 13:34
އެސެޓް ރިކަވަރީ ކޮމިޝަން އުވާލުމުން ގިނަ ބައެއްގެ ފާޑުކިއުން ސަރުކާރަށް އަމާޒުވެއްޖެ

ރައީސް އިބުރާހިމް މުޙައްމަދު ޞާލިޙްގެ 100 ދުވަހުގެ ވަޢުދުގައި ހިމެނޭ އެސެޓް ރިކަވަރީ ކޮމިޝަނެއް އުފައްދާ، ދައުލަތުން ގެއްލިފައިވާ މުދަލާއި ފައިސާ ދައުލަތަށް އަނބުރާ ހޯދުމުގެ ވަޢުދު ނުފުއްދާ އެ ކޮމިޝަން އުވާލުމުން ގިނަ ބައެއްގެ ފާޑު ކިއުން ސަރުކާރަށް އަމާޒު ވެއްޖެއެވެ.

އެސެޓް ރިކަވަރީ ކޮމިޝަން އުވާލިކަން ހާމަކޮށް ރައީސް އޮފީހުން އިއްޔެ ނެރުނު ނޫސްބަޔާނުގައި ވަނީ އެ ކޮމިޝަން އުވާލާފައިވަނީ، ކޮމިޝަންގެ ފަރާތުން ބެލުމަށް ހަމަޖެހުނު ދައުލަތުގެ މުދަލާއި ފައިސާ ނަހަމަގޮތުގައި ބޭނުންކުރުމުގެ ގިނަ މައްސަލަތައް، ދިމާވި އެކިއެކި ސަބަބުތަކާހެދި ކުރިއަށް ނުގެންދެވުމުގެ ސަބަބުން އެކަށީގެންވާ މިންވަރަށް ތަހުގީގު ކުރެވި އިންސާފު ގާއިމްކުރެވިފައި ނުވާތީއެވެ.

މިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެފައި ވަނީ ދައުލަތުން ގެއްލިފައިވާ މުދަލާއި ފައިސާ ހޯދާ ދައުލަތުގެ މުދަލާއި ފައިސާ އަށް ވެފައިވާ ހިޔާނާތްތައް ބެލުމަށް މިސަރުކާރުން 2018 ގައި ވަޢުދުވި ކަމަށާއި ވެރިކަމަށް އައީ އެ ވަޢުދުތައް ވިއްކައިގެން ކަމަށާއި ނަމަވެސް ތިން އަހަރުވީ އިރުވެސް އެ ވަޢުދު ނުފުއްދުނު ކަމަށެވެ. އުޝާމް އިއްޔެ ކުރެއްވި ޓްވީޓެއްގައި އިތުރަށް ވިދާޅުވެފައިވަނީ ދައުލަތުން ގެއްލިފައިވާ މުދަލާއި ފައިސާ ހޯދުމުގައި ސަރުކާރު ފެއިލްވެފައިވާ ކަމަށެވެ.

މިކަމާއި ގުޅިގެން ރައްޔިތުން އިއްތިހާދުގެ ރައީސް އިބުރާހިމް މުޙައްމަދު ޖަނާބު ވިދާޅުވެފައި ވަނީ އެސެޓްރިކަވަރީ ކޮމިޝަނަށް ކުރި ޚަރަދަކީ ރީތިނަމެއް ކިޔައިގެން ދިވެހިންގެ ބައިތުލްމާލުން ވަގަށް ނެގުނު ފައިސާއެއް ކަމަށާއި ކޯލިޝަންގެ 4 ލީޑަރުން މިކަމަށް ޒިންމާ ނަގަންޖެހޭކަމަށެވެ. "ވައްކަމަށް ކިތައްމެ ރީތި ނަމެއް ކިޔަސް ވައްކަމާއި ފޭރުން ހެޔޮކަމަކަށް ނުހެދޭނެ. ވަގުހިފާ ނަމުގައި އައިސް ބޮޑެތި ވައްކަން ތައް ކޮށްފި." އިބްރާހީމް މުޙައްމަދު ކުރެއްވި ޓްވީޓެއްގައި ބުނެފައިވެއެވެ.

މިކަމާއި ގުޅިގެން ޝައިޚް ޢަލީ ޒައިދުވަނީ ކިތައް އެސެޓް ރިކަވާ ވިތޯ ސުވާލު ކުރައްވާ ޓްވީޓެއް ކުރައްވާފައެވެ. މި ޓްވީޓަށް ރައްދު ދެއްވާ ޝައިޚް ޒަމްޒަމް ފާރިޝް ވަނީ ރިކަވާ ކުރެވުނު އެއްޗެއް ނެތް ކަމަށް ވިދާޅުވެފައެވެ.ނަތީޖާ އެއް ނެރެވިފައި ނުވިނަމަވެސް ފާއިތުވި 3 އަހަރު ތެރޭގައި ގާތްގަޑަކަށް 10 ވަރަކަށް މިލިއަން ރުފިޔާ އެ ކޮމިޝަންގެ މެންބަރުންގެ މުސާރައާއި އެހެން ހޭދަތަކަށް ހަރަދު ކޮށްފައިވެއެވެ.

އެސެޓް ރިކަވަރީ ކޮމިޝަނުން އެންމެ ހާއްސަ އިސްކަމެއްދީގެން ކުރި މަސައްކަތަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ތަހުގީގުކުރުމެވެ. އެގޮތުން އެ މައްސަލަ ތަހުގީގުކުރުމަށްފަހު، އެ ކޮމިޝަނުން ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނުކަމަށް ތުހުމަތު ކުރާ 281 މީހުން ހިމެނޭ ލިސްޓެއް އާއްމުކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Sep 2026
ދަރިވަރުންގެ ކިޔެވުމާއި އިމްތިޙާނުތަކަށް އެހީތެރިވުމަށް ސިލަބައި އިން "ސްޓޫޑަންޓް ދުއާ" އެޕް ތަޢާރަފުކޮށްފި
މި ޓޫލްގައި ކިޔެވުމަށާއި، އިމްތިޙާނުތަކަށާއި، ކަންބޮޑުވުންތަކާއި ދަތި އުނދަގޫ ވަގުތުތަކުގައި ކިޔުމަށް ޚާއްޞަ އެކި ދުޢާތައް ހިމަނާފައިވެއެވެ.
20 Sep 2026
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ ކޮށްދޭން އެދި ފޮނުވައިފި އެވެ.
20 Sep 2026
މިލިއަނެއްހާ ރުފިޔާއަށް 18 އޭސީ ޔުނިޓް ގަތް މައްސަލާގައި އެމްޕީއެލްގެ ކުރީގެ ސީއީއޯ ޖުނައިދުގެ މައްޗަށް ހިޔާނާތުގެ ދައުވާ
ވިޔަފާރިވެރިޔާ ޖުނައިދުގެ މައްޗަށް ދައުވާކޮށްދޭން އެދި ފުލުހަށް މައްސަލަ ފޮނުވާފައިވާކަން އޭސީސީން ވަނީ ޔަގީންކޮށްދީފަ އެވެ.
20 Sep 2026
ދެވަނަ ކުއާޓާގައި ރާއްޖޭގެ އިޤުތިޞާދީ ކުރިއެރުން 12 އިންސައްތަ ދަށަށް ގޮސްފި
އެ ތަފާސްހިސާބުތައް ދައްކާ ގޮތުން ދެވަނަ ކުއާޓާގައި ޤައުމީ އުފެއްދުންތެރިކަން ހުރީ 25 ބިލިއަން ރުފިޔާގައެވެ. ފުރަތަމަ ކުއާޓާއާ އަޅައިބަލާއިރު އެއީ 3.5 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ. ނަމަވެސް މިދިޔަ އަހަރުގެ ހަމަ އެ މުއްދަތާ އަޅައިބަލާއިރު 1.3 އިންސައްތައިގެ ކުރިއެރުމެއް ފެންނަން އެބައޮތެވެ. މި ކުރިއެރުން ލިބުނީ މައިގަނޑު ގޮތެއްގައި މާލީ ދާއިރާއާއި ޢިމާރާތް ކުރުމުގެ ދާއިރާ ކުރިއެރުމުންނެވެ.
20 Sep 2026
އެމްއެންޔޫއިން ދަރިވަރުންނަށް ކެރިއާ އިޚުތިޔާރުކުރުމަށް އެހީވާ ސިލްސިލާއެއް ފަށަނީ
މި ސިލްސިލާގެ ފުރަތަމަ ސެޝަން ބާއްވަން ހަމަޖެހިފައިވަނީ 24 ސެޕްޓެމްބަރު 2026 ވަނަ ދުވަހު މެންދުރުފަހު 14:00 ގައި އެމްއެންޔޫ ސެންޓްރަލް އެޑްމިނިސްޓްރޭޝަން އޮޑިޓޯރިއަމްގައެވެ. މި ސެޝަނަށް ދީފައިވާ ނަމަކީ "އެމްއެންޔޫ ފިއުޗާ ރެޑީ: ޑިސްކަވާ ޔޯ ޕާތް. ޝޭޕް ޔޯ ފިއުޗާ" އެވެ.
20 Sep 2026
އަމިއްލަ ނަފުސަށް އިތުބާރު ކުރުމަށާއި ރަނގަޅު ނަތީޖާ ހޯދުމަތް ހިތްވަރުދެން: ނައިބު ރައީސް
ނައިބު ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބެލެނިވެރިންނާއި މުދައްރިސުންގެ އެހީތެރިކަމާ އެކު ދަރިވަރުން ފާއިތުވެ ދިޔަ ދުވަސްތަކުގައި ކުރި ބުރަ މަސައްކަތުގެ ނަތީޖާއާ ކުރިމަތިލާ އިމްތިހާނެއް ކަމަށެވެ.
20 Sep 2026
މިއަހަރު 2231 މައްސަލައެއްގައި ދަޢުވާ އުފުލައިފި
މިއަހަރުގެ ފުރަތަމަ އަށް މަހު ޕީޖީ އޮފީހުން 2231 މައްސަލައެއްގައި ދަޢުވާކޮށްފައިވާއިރު، އެންމެ ގިނައީ މަސްތުވާތަކެއްޗާ ގުޅޭ މައްސަލަތަކެވެ.
20 Sep 2026
އެފްއައިބީގެ ޚާއްސަ ތަމްރީނެއް ދިވެހި ފުލުހުންގެ އިސް އޮފިސަރަކު ފުރިހަމަކޮށްފި
"އެފްބީއައި ނޭޝަނަލް އެކަޑަމީ" ގެ ނަމުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގެ 299 ވަނަ ސެޝަން ހިނގީ މިދިޔަ ޖުލައި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު 17 ވަނަ ދުވަހުގެ ނިޔަލަށެވެ. ދުނިޔޭގެ އެކި ޤައުމުތަކުގެ ޤާނޫނު ތަންފީޒު ކުރާ އިދާރާތަކުގެ އިސް އޮފިސަރުންގެ ޢިލްމީ ޤާބިލުކަމާއި ލީޑާޝިޕް ހުނަރު ތަރައްޤީކޮށް ފުލުހުންގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ބޭނުމުގައި ރޭވި މި ސެޝަނުގައި ޖުމްލަ 265 އޮފިސަރަކު ދަސްވެނިވެފައިވެއެވެ.