މެމްބަރު ޝަރީފު މަޖިލީހުގައި... ފޮޓޯ: މަޖިލިސް
ހަބަރު
05 Sep 2022 | 09:29
ލިބޭ މީހުންނާއި ނުލިބޭ މީހުންގެ ފަރަގު ބޮޑުވެ އިޖުތިމާއީ އަދާލަތު ގެއްލިއްޖެ: ޝަރީފު

ދިވެހިރާއްޖޭގައި މުއްސަދިންނާއި، ފުދުންތެރިކަން ދަށް މީހުންގެ ފަރަގުު ބޮޑުވެ އިޖުތިމާއީ އަދާލަތު ގެއްލިއްޖެކަމަށް މަޖިލީހުގެ ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު ވިދާޅުވެއްޖެެއެވެ.

ޝަރީފު މިފަދައިން ވިދާޅުވެފައިވަނީ މިހާރު ކުރިއަށްދާ މަޖިލީހުގެ ތިން ވަނަ ދައުރުގެ 8 ވަނަ ޖަލްސާގައި ދިވެހިރާއްޖޭގެ ޓުއަރިޒަމާއި ބެހޭ ގާނޫނަށް ިސްލާހު ގެނައުމުގެ ބިލަށް ބަހުސްކުރައްވަމުންނެވެ. 

މަޖިލީހުގައި އެ ބިލަށް ވާހަކަދައްކަވަމުން ބައެއް މެމްބަރުން ވަނީ ގެސްޓު ހައުސްތަކުން ގްރީން ޓެކްސް ނަގާއިރު، ނުވަތަ ރަށްތަކުން ޓެކްސް ދައްކަމުންދާނަމަ، އެ ރަށެއްގެ ތިމާވެށި ހިމާޔަތްކުރުމަށް ވަކި ޕަސެންޓޭޖެއް ކަނޑައެޅުމަށް ވަނީ ހުށައަޅުއްވާފައެވެ. 

މެމްބަރު ޝަރީފުވަނީ އެ ޚިޔާަލާއި މުޅިން ދެކޮޅުކަމަށް ވިދާޅުވެފައެވެ. 

އޭނާ ވިދާޅުވީ އެފަދައިން ޓެކުހުން ވަކި އިންސައްތައެއް ރަށްރަށަށް ޙާއްސަކުރުމަކީ ގެސްޓު ހައުސްތަކާއި ރިސޯޓުތަށް ނެތް ރަށްރަށާއި، އަތޮޅުތައް ބާކީކުރުންކަމަށެވެ. 

ޓެކުހުން ލިބޭ ލާރި ހޭދަކުރަންޖެހޭނީ، ހުރިހާ ރައްޔިތުންގެ ލާބަޔާއި މަންފާއަށްކަމަށް އޭނާ ވިދާޅުވިއެވެ. 

ޝަރީފު އިތުރަށް ވިދާޅުވީ، މުއްސަދިންނާއި ފަގީރުންގެ ފަރަގު ބޮޑުވެ މިހާރުވެސް ރާއްޖޭގައި އިޖްތިމާއީ އަދާލަތު ގެއްލިފައިވާކަމަށެވެ. 

"އަޅުގަނޑުމެންގެ ރާއްޖޭގައި މިހާރުވެސް ލިބޭ މީހުންނާއި ނުލިބޭ މީހުންގެ ފަރަގު ބޮޑުވެ އާންމު މަސްލަހަތު ގެއްލޭ ހިސާބަށް ގޮސްފަ މި އޮތީ. އިޖުތިމާއީ އަދާލަތު ގާއިމުކުރުމަށްޓަކައި ރައްޔިތުންގެ މެދުގައި މިހާރަށްވުރެ ބޮޑަށް ދައުލަތަށް ލިބޭ އެއްޗަކާއި އަދި ރާއްޖޭގެ ޓެކްސް ނިޒާމަށް ބަދަލުތަކެއް ގެނެސްގެން އިންސާފުވެރި ގޮތަކަށް ޓެކްސް ޑިސްޓިރިބިއުޝަންގެ ކަންތައްތައް ކުރިއަށް ގެންދިއުން މުހިންމު" ޝަރީފު ވިދާޅުވިއެވެ. 

އެއާއެކު ޝަރީފު ވިދާޅުވީ ވަށާޖެހޭ ޓެކްސް ނިޒާމެއް އޮތޭ ކިޔަސް، އަދި ރާއްޖޭގައި އެފަދަ ނިޒާމެއް ނެތްކަމަށެވެ. އަދި ރައްޔިތުންގެ މެދުގައި ހަމަހަމަކަމާއެކު ޓެކްސް ބެހޭނެ ނިޒާމެއް ގާއިމުކުުރުމަކީ މިހާލަތުގައި މުހިންމުކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ. new

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ހިމަބިހި ޖެހޭ މީހުންގެ އަދަދު އަދިވެސް ދަނީ އިތުރުވަމުން
މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސިއްހީ ވުޒާރާއާއި އެޗްޕީއޭ ގުޅިގެން ކުރިއަށްގެންދާ ހާއްސަ ވެކްސިން ދިނުމުގެ ކެމްޕޭނުގެ ދަށުން، މިހާތަނަށް 16،045 މީހުންނަށް ވަނީ ހިމަބިހީގެ ވެކްސިން ދީފައެވެ.
25 Aug 2026
ދެކުނު ޗައިނާ ކަނޑުގައި ޗައިނާއިން އިތުރު ރަށެއް ތަރައްޤީކުރަނީ
ރޮއިޓަރސްއިން ބުނާ ގޮތުގައި، މިއީ ޗައިނާއިން އެ ސަރަހައްދުގައި ބިނާކުރާ އެންމެ ބޮޑު އަސްކަރީ މަރުކަޒަށް ވެގެންދާނެކަމަށް މާހިރުން ލަފާކުރެއެވެ
25 Aug 2026
ވިނަރެސް ޓަވަރުތައް ހިމެނޭ މަގުގައި ނުރައްކާތެރި އެކްސިޑެންޓެއް
މި އެކްސިޑެންޓްގައި އެކަކަށް އަނިޔާވެ އެމަޖެންސީގައިި އެމްބިއުލާންސް ގެނެސް ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ