ރައްޔިތުންގެ ޝުއޫރުތައް އެހުމަށް އައްޒާމް ސައިމޭޒަށް!

Share on facebook
Share on twitter
Share on telegram
Share on whatsapp

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭސިޓީން އަލަށް ކައުންސިލަރަކު އިންތިޚާބުކުރާނެ އެއް ދާއިރާއަކީ ހުޅުމާލެއެވެ. ހުޅުމާލެއަކީ އާބާދީ ބޮޑު ތަނަކަށްވެފައި، އެތަނުގައި ދިރިއުޅޭ ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައްވެސް ވަރަށް ގިނައެވެ.

މިފަދަ ޝަކުވާތަކާާއި ކަންބޮޑުވުންތައް އެހުމަށް އެ ދާއިރާގެ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރާ އައްޒާމް ލަތީފް ވަނީ ޚާއްސަ ހަރަކާތެއް ކުރިއަށް ގެންދިއުމަށް ނިންމާފައެވެ. 

މާދަމާ ހަވީރު 16:15 އިން ފެށިގެން ހުޅުމާާލެ ފްލެޓް ނަންބަރު 76ކައިރީގައި ކުރިއަށްގެންދާ މި ގޭދޮށު ސައި ހަރަކާތަކީ ހުޅުމާލެ ދާއިރާގެ ރައްޔިތުންނާ ވީހާވެސް ގާތުން ބައްދަލުކޮށް އައްޒާމްގެ ސިޔާސަތާއި ތަސައްވުރު ކިޔައިިދިނުމަށް ބާއްވާ ހަރަކާތެއްކަމަށް ވޮއިސްއަށް މައުލޫމާތު ދެމުން އޭނާ ވަނީ ބުނެފައެވެ.

އަދި ހުޅުމާލޭގެ ރަށްވެހިންގެ ޝަކުވާއާއި ޝުއޫރުތައް އަޑު އެހުމަށްވެސް މި ސައި ބޭނުންކުރާާނެކަމަށް އައްޒާމް ވަނީ ބުނެފައެވެ.

މިވެސް ކިޔާލާ:

މި ހަރަކާތުގައި ބައިވެރިވުމަށް ހުޅުމާލޭގެ އެންމެހާ ވޯޓުލާ ފަރާތްތަކަށް އައްޒާމް ވަނީ ދައުވަތުދީފައެވެ.

މި މަހު އެމްޑީޕީގެ ޕްރައިމެރީ ބޭއްވުމަށް ނިންމާފައިވީނަމަވެސް މިހާތަނަށް އެކަމުގެ މާބޮޑު ތަފްސީލެއް ލިބިފައިނުވެއެވެ. އެމްޑީޕީގެ ޕްރައިމެރީއަށް އިއުލާންކުރުމާއެކު މިހާރު ގިނަ ފަރާތްތަކަކުން އަންނަނީ މިކަމުގެ ޝައުގު ފާޅުކުރަމުންނެވެ.

ނޯޓް: ވޮއިސް މެދުވެރިކޮށް ކެންޕެއިން ހަބަރު ގެނެސްދިނުމަށް 9956888 އަށް ގުޅާލައްވާ!

0%0%0%

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި