އީސީގެ ބައްދަލުވުމަށް ފަހު ޝިޔާމު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
18 Sep 2022 | 12:29
މެމްބަރުން ވަގަށް ނަގާ މައްސަލަ ހައްލުކުރުމަށް ފިންގަރޕްރިންޓު ވެރިފައި ކުރެވޭނެ މެޝިނެއް އީސީއަށް ހޯދަން ޖެހޭ: ޝިޔާމު

މެމްބަރުންނަށް އެނގުމަކާއި ނުލާ، ރަޖިސްޓްރީވެފައިވާ ސިޔާސީ ޕާޓީ ނޫން އެހެން ޕާޓީތަކަށް މެމްބަރުން ބަދަލުކުރާ މައްސަލައާއި، އޮޅުވާލައިގެން ސިޔާސީ ޕާޓީތަކަށް މެމްބަރުން ވައްދާ މައްސަލަ ހައްލުކުރުމަށް ޕާޓީއަށް ވަނުމަށް ހުށައަޅާ ފޯމުގައި ޖަހާ ފިންގަރ ޕްރިންޓު ވެރިފައި ކުރާނެ މެޝިނެއް އިލެކްޝަންސް ކޮމިޝަނަށް ހޯދުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބުރައީސް އަހުމަދު ޝިޔާމު ވިދާޅުވެއްޖެއެވެ. 

ޕީޕީއެމްގެ މެމްބަރުން އެހެން ޕާޓީތަކަށް ބަދަލުކުރަމުންދާކަމުގެ ޝަކުވާތަކާއި ކަންބޮޑުވުންތަކާއެކު، އެ ޕާޓީގެ ލީޑަރޝިޕްގައި ހިމެނިވަޑައިގަންނަވާ މެމްބަރުން ވަނީ މިއަދު އިލެކްޝަންސް ކޮމިޝަނާއި ބައްދަލުކޮށްފައެވެ. 

އީސީގެ މެމްބަރުންނާއެކު ކުރިއަށް ދިޔަ ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޝިޔާމު ވިދާޅުވީ، ޕީޕީއެމްގެ މެމްބަރުން އެހެން ޕާޓީތަކަށް ބަދަލުކުރާ މައްސަލައަކީ އެ ޕާޓީގެ ބޮޑު ކަންބޮޑުވުމެއް އޮތް މައްސަލައެއްކަމަށެވެ. 

އަދި އެއީ އެ ޕާޓީގެ އާންމު މެމްބަރުންގެވެސް ބޮޑު ކަންބޮޑުުމެއް އޮތް މައްސަލައެއްގެ ގޮތުގައި ޝިޔާމު ފާހަގަކުރެއްވިއެވެ. 

ޝިޔާމު ވިދާޅުވީ އެ ޕާޓީ ނޫނަސް، އާންމު ރައްޔިތުންގެ އިތުބާރު ހޯދުމަށް ޕާޓީއަށް ވަނުމަށް ހުށައަޅާ ފޯމުގައި ޖަހާފައި އޮންނަ ފިންގަރޕްރިންޓު ވެރިފައި ކުރެވޭނެ ނިޒާމެއް އީސީގައި ގާއިމުކުރަން ޖެހޭކަމަށެވެ. އެކަމަށްޓަކައި އެ ކޮމިޝަނަށް ފިންގަރޕްރޮންޓް މެޝިނެއް މުހިންމު ކަމަށާއި، މެޝިން ހޯދުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމެނުމަށް އީސީއަށް ދަންނަވާފައިވާނެކަމަށް ޝިޔާމު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ވަރަށް ދުވަސްވެއްޖެ މި ކަމާއި ވާހަކަދައްކާތާ. އަޅުގަނޑުމެން މި އެދެނީ އިލެކްޝަންސް ކޮމިޝަންގެ އަންނަ އަހަރުގެ ބަޖެޓަށްވެސް ފިންގަރ ޕްރިންޓު މެޝިނެއް ލުން. އަޅުގަނޑުމެންގެ ޕީޖީ އިން ޔަގީނުންވެސް މަސައްކަތް ކުރާނަން ހޯދައިދިނުމަށް. މި ދައްކަނީ މެޝިނެއްގެ ވާހަކަ، ވެދާނެ ދެ މިލިއަން، ތިން މިލިއަން ރުފިޔާގެ އެއްޗަކަށް، އެހެން ނަމަވެސް ކުޑަ ފައިސާ ކޮޅާއި ގުޅިފައިވަނީ މުޅި ނިޒާމުގެ ރައްޔިތުންގެ އިތުބާރާ"

ޕީޕީއެންގެ ނައިބު ރައީސް ޝިޔާމު

މީގެ ކުރިންވެސް ޕީޕީއެމުން ވަނީ އެ ޕާޓީގެ މެމްބަރުން އެހެން ޕާޓީތަކަށް ވަގަށް ނަގާ މައްސަލަތައް އިލެކްޝަން ކޮމިޝަނަށް ހުށައަޅާފައެވެ. 

މިހާތަނަށް އައިރު އެފަދަ މައްސަލަތަކަށް އެކަށީގެންވާ ފިޔަވަޅެއް އީސީއިން އަޅާފައި ނުވާއިރު، އިދިކޮޅުން ގެންދަނީ މެމްބަރުން އެހެން ޕާޓީތަކަށް ބަދަލުކުރަނީ އިލެކްޝަން ކޮމިޝަންގެ ތެރެއިންކަމަށްވެސް ތުހުމަތު ކުރަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.