މާފުށީ ޖަލު/ ފޮޓޯ: ވީ ނިއުސް
ހަބަރު
17 Sep 2022 | 10:51
ޖަލުގައި ނިޔާވި ނަޝީދުގެ މަރުހެ ހަގީގަތް ހާމަކުރުމަށް އިދިކޮޅުން ގޮވާލައިފި!

ޖަލުގައި ކުއްލި ގޮތަކަށް ނިޔާވި މުހައްމަދު ނަޝީދު މަރުވާން ދިމާވި ސަބަބުތައް ބަލައި، އެ މަރުގެ ހަގީގަތް ރައްޔިތުންނަށް ހާމަކުރުމަށް އިދިކޮޅު އިއްތިހާދުން ގޮވާލައިފިއެވެ. 

އިދިކޮޅުން ވަނީ އެފަދައިން ގޮވާލާ ބަޔާނެއްވެސް ނެރެފައިއެވެ. 

އިދިކޮޅުގެ ބަޔާނުގައި ބުނެފައިވަނީ ޝަރީއަތް ނިމެންދެން ވާނުވާ ނޭނގޭ ގޮތަށް ބަންދުގައި ބައްހައްޓާފައި ހުރި ޤައިދީއަކު ކުއްލި ގޮތަކަށް ނިޔާވި ޚަބަރު މިކޯލިޝަނުން އެހީ ނުހަނު އަސަރާއި ހިތާމައާއެކުގައި ކަމަށެވެ.

ޖަލުގައި ކުއްލި ގޮތަކަށް ނިޔާވި މ. މުލީ ހުދުފިނިފެންމާގޭ މުޙައްމަދު ނަޝީދުގެ ފުރާނައަށް މާތްﷲ ސުބުޙާނަހޫ ވަތަޢާލާ ރަޙުމަތް ލައްވާ، ފާފަ ފުއްސަވާ ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވުން އެދި ދުއާކުރާކަމަށް ބަޔާނުގައި ލިޔެފައިވެއެވެ.

މަރްޙޫމް މުޙައްމަދު ނަޝީދު ޢާއިލާއަށް މިކޯލިޝަންގެ ލީޑަރ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އާއި ލީޑަރޝިޕާއި، ސެނެޓާއި، ސްޓިއަރިންގ ކޮމިޓީތަކާއި އަދި ޢާންމު މެންބަރުންގެ ނަމުގައި ތަޢުޒިޔާ ދަންނަވައި ޢާއިލާއަށް ކެތްތެރިކަން މިންވަރު ކުރެއްވުން އެދި ދުޢާ ކުރާކަންވެސް ބަޔާންކޮށްފައިވެއެވެ.

އިދިކޮޅުން ބުނީ ކުއްލި ގޮތަކަށް ނޭވާ ނުލެވި ޖަލުގައި ނިޔާވި ނަޝީދު ނިޔާވުމުގެ ކުރިން އޭނާގެ ނޭވާއަށް އުނދަގޫ ވާކަން ޖަލުގެ އޮފިސަރުންނާއި ޙިއްސާ ކުރުމުންވެސް، އެކަމުގައި ފަރުވާ ކުޑަކޮށް، އެކަށިގެންވާ ފަރުވާ ދީފައި ނުވާ ކަމާއި، އަދި ތަކުރާރުކޮށް އަނިޔާ ކުރާކަމުގެ ޝަކުވާ ނަޝީދުގެ ލޯޔަރުންނަށް ލިބިފައިވާކަމުގެ މަޢުލޫމާތު އެ ކޯލިޝަނަށް ލިބިފައިވާކަމަށެވެ. 

އެހެންކަމުން، މި މައްސަލައިގެ ފުރިހަމަ ތަޙުޤީޤެއް ހިންގައި، މަރުގެ ޙަޤީޤަތް ހާމަކުރުމަށާއި، މިކަމުގައި އިހުމާލުވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް އިދިކޮޅުން ވަނީ ގޮވާލާފައެވެ.

ހަމައެއާއެކު، މި މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އާއި ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކަށްވެސް އިދިކޮޅުން ވަނީ ގޮވާލާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފްރާންސް މޮޅުވިމެ ޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.