ޑރ މުހައްމަދު ޖަމީލު އަހުމަދު/ ފޮޓޯ: ޕީޕީއެމް
ހަބަރު
17 Sep 2022 | 11:10
ސޯލިހުގެ ގައިގައި މުނާފިގުންގެ ހުރިހާ ސިފައެއް ހަމަވޭ: ޑރ ޖަމީލު

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ގައިގައި މުނާފިގުންގެ ހުރިހާ ސިފައެއް ހަމަވާކަމަށް ކުރީގެ ނައިބުރައީސް އަދި ޕީޕީއެމްގެ މުސްތަޝާރު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ. 

ޑރ. ޖަމީލު މިފަދައިން ވިދާޅުވެފައިވަނީ މި ސަރުކާރުން ގާނޫނު ތަންފީޒުކުރުމުގައި ގެންގުޅޭ "ސެލެކްޓިވް ޕްރޮސެކިއުޝަން" ގެ އުސޫލަށް ފާޑުވިދާޅުވެ ކުރެއްވި ޓްވީޓެއްގައެވެ. 

ޑރ ޖަމީލުގެ ޓްވީޓުގައިވަނީ މި ސަރުކާރުގެ ވެރިންނާއި، ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއަށް ނިސްބަތްވާ މީހުން ކޮށްފައިވާ ބޮޑެތި ކުށްތަކަށް ދީފައިވާ ލުއި އަދަބުތަކުގެ މިސާލުތައް ހިމަނުއްވާފައެވެ. 

އެގޭތެރޭގައި އެމްޑީޕީގެ އެކްޓިވިސްޓެއްކަމަށްވާ ހޯރަ އިއްބެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކޮށްގެން ޖަލު ހުކުމް ތަންފީޒުކުރަމުން ދަނިކޮށް މިނިވަންކުރުމާއި، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރުގެ މައްޗަށް އެއްޖިންސުން ގުޅުންހިންގިކަން ސާބިތުވުމުން ކުރި ލުއި ހުކުމް ހިމަނާފައިވެއެވެ. 

އޭގެއިތުރުން އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ޝާމިލުވާކަމަށް ތުހުމަތު އޮތް އެމްޑީޕީގެ މެމްބަރުންގެ މައްސަލަތައް ނުބެލުމާއި، ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފަށް ދީފައިވާ ލުއިތައްވެސް ޑރ. ޖަމީލު ވަނީ ފާހަގަކުރައްވާފައެވެ. 

އެކަންކަން ފާހަގަކުރައްވާ ޑރ. ޖަމީލު ވިދާޅުވީ ސަރުކާރުން އިންސާފު ގާއިމުކުރުމުގައި ގެންގުޅޭ އުސޫލުތަކުގެ ސަބަބުން ރައީސް ސޯލިހުގެ މުނާފިގު ސިފަތައް ފެނިގެންދާކަމަށެވެ. 

އިންސާފު ގާއިމުކުރުމާއި ޝަރުއީ ދާއިރާ އިސްލާހުކުރުމަކީ އެމްޑީޕީގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ވައުދެކެވެ. އެކަމަށްޓަކައި ޖުޑިޝަލް ސަރވިސް ކޮމިޝަންގެ ކޮމްޕޮސިޝަން ބަދަލުކުރާނެކަމަށް އެ ޕާޓީއިން ވަނީ ބުނެފައެވެ. 

އެހެން ނަމަވެސް މިހާތަނަށް ޖޭއެސްސީ އެތުރިފައިވާ ގޮތް ބަދަލުކުރުމަށް މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގު 3 ފަހރު މަތިން އިސްލާހު ހުށައަޅާފައިވާއިރު، އެމްޑީޕީ ސުޕަތ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން ވަނީ ބިލު ބޭރުކޮށްލާފައެވެ. 

މިހާތަނަށް އެމްޑީޕީއިން ޖޭއެސްސީ އިސްލާހުކުރުމަށް މަޖިލީހަށް ބިލެއް ހުށައަޅާފައި ނުވާކަން ފާހަގަކޮށްލެވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.