ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު-- ފޮޓޯ: މަޖިލިސް
ހަބަރު
20 Sep 2022 | 20:18
ހައްޔަރު ކުރި ޖާސޫސުންގެ މައްސަލަ ބެލުމަކީ އާއްމުންގެ ސަލާމަތަށް މުހިންމު ކަމެއް: ސައީދު

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ފުލުހުން ހައްޔަރު ކުރި އިންޑިއާ ޖާސޫސުންގެ މައްސަލަ އިންސާފުވެރިކަމާއިއެކު ބެލުމަކީ އާއްމުންގެ ސަލާމަތަށް މުހިންމު ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. 

އިންޑިއާގެ ޖާސޫސުންތަކެއް ރާއްޖެގެ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މިދިޔަ އޯގަސްޓްމަހުގެ 28 ވަނަ ދުވަހުގެ ރޭ ފުލުހުން ވަނީ އަތުލައިގަނެފައެވެ. 

އެ މައްސަލާގައި ފުލުހުން ފުރަތަމަ ބުނެފައިވަނީ ސިއްރު ކެމެރާއެއް ގެންގުޅުނު މައްސަލާގައި ދެ މީހަކު ހާޒިރުކޮށް ސުވާލުކުރި ކަމަށެވެ. ނަމަވެސް އޭގެ ފަހުން އެ ދެ މީހުން ހައްޔަރުކޮށް މިދިޔަ މަހު 29 ގައި ވަނީ ބަންދަށް 10 ދުވަސް ކޯޓުން ދީފަ އެވެ. އޭގެ ފަހުން މި މައްސަލާގައި ފުލުހުން ތަފްސީލެއް ނުދެ އެވެ. 

އެ މައްސަލައާއި ގުޅޭގޮތުން "ވޮއިސް" އިން ގެނެސްދިން ތަހުގީގީ ރިޕޯޓަކާއި ގުޅިގެން ސައީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިމައްސަލަ މަޖިލީހުގެ 241 ކޮމެޓީ ނުވަތަ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން އިންސާފުވެރިކަމާއިއެކު ބެލުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ރައްކާތެރިކަމާއި ޢާއްމު ސަލާމަތައް ވަރަށް މުހިއްމުކަމެއް ކަމަށެވެ.


ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ވެރިއަކު ނެތި ދޫކޮށްލާފައިވާ ލަގޭޖެއް ހުރި ކަމަށް ރިޕޯޓްކުރުމާއި ގުޅިގެން ފުލުހުން އެއާޕޯރޓްގައި އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި އެ މައްސަލާގައި އެއާރޕޯޓުން ހައްޔަރު ކުރި ދެ މީހުން ހައްޔަރު ކުރި ސަބަބާއި ގުޅޭގޮތުން މައުލޫތު ދެމުން ފުލުހުން ބުނީ، އެ ލަގެޖުގައި އޮތް ގަމީހެއްގައި ބަޓަން ކެމެރާއެއް އިންކަން އެނގުމާ އެކު ލަގެޖް ބެހެއްޓީ ކާކުކަން ބެލުމަށް ފަހު، އިތުރު ބައެއްކަންކަން ސާފުކުރުމަށް އެ ލަގޭޖާ ގުޅުންހުރި ދެ ބިދޭސީން ހައްޔަރުކުރީ ކަމަށް ފުލުހުން ބުންޏެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި އިންޑިއާގެ ބަޔަކު ޖާސޫސް ކުރި މައްސަލައާ ގުޅިގެން ދެފުށް ފެންނަ ތަހުގީގެއް ކުރުމަށް ގޮވާލައި ސައީދު ވަނީ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއްވެސް ހުށަހަޅާފައެވެ. އެހެން ނަމަވެސް އެމްޑީޕީގެ މެޖޯރިޓީ އޮންނަ މަޖިލީހުން ވަނީ އެ މައްސަލަ ބޭރުކޮށްލާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.
03 Jun 2026
ބާރަ އަހަރަށް ފަހު ޝިޔާމް އަލުން ވަޒީފާއަށް، މުސާރައިގެ ބައި އިސްތިއުނާފު
ޝިޔާމް ފުލުހުންގެ ވަޒީފާއަށް ނިކުންނަވަން ފެއްޓެވި ނަމަވެސް ދައުލަތުން ވަނީ މުސާރައާ ގުޅޭ ބައި ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކޮށްފަ އެވެ. އެއީ 12 އަހަރުގެ މުސާރަ ދޭން އަންގާފައިވާތީ އެވެ.
03 Jun 2026
އިމްތިހާނު ދުވަސްވަރާ ދިމާވާތީ ޕީއެންސީގެ ކޮންގްރެސްގެ ތާރީހު އަވަސްކޮށްފި
ކޮންގްރެސްގެ ތާރީހު އަވަސް ކުުރުމަށް އެދިވަޑައިގެންނެވީ ވެސް ރައީސް މުޢިއްޒު އެވެ. ރައީސްގެ އެދިވަޑައިގަތުން ފާސްކުރީ މެންބަރުންގެ އިއްތިފާގުންނެވެ.
03 Jun 2026
ރައީސް ކަމަކީ ވަރަށް ބުރަ ކަމެއް، ދެން ކުރިމައްޗެއް ނުލާނަން: ނަޝީދު
އެމަނިކުފާނު އެ ވާހަކަފުޅު ތަކުރާރު ކުރެއްވީ ޗެެއާޕާސަން އިންތިހާބުގެ ކެމްޕެއިނަށް ށ. ފޭދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
03 Jun 2026
އައްޑޫސިޓީ ކައުންސިލުން މިލިއަނުން ހަރަދުކޮށް މެލޭޝިއާ އަދި ސިންގަޕޫރަށް ކުރި ދަތުރު ގޯސްވެއްޖެ
އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، ކައުންސިލުން އެ ދަތުރުތަކަށް ހަރަދުކޮށްފައިވަނީ، ސާކިއުލާގައި އަންގާފައިވާ އެންގުމާ އެއްގޮތަށް ކޮށްފައިވާ ހަރަދުތަކެއް ކަމަށް ބެލެވެން ނެތްކަމަށެވެ