އައްޑޫސިޓީ ކައުްނސިލް ސިންގަޕޫރު ދަތުރުގެ ތެރެއިން.. ފޮޓޯ: އައްޑޫސިޓީ ކައުންސިލް
ހަބަރު
03 Jun 2026 | 16:10
އައްޑޫސިޓީ ކައުންސިލުން މިލިއަނުން ހަރަދުކޮށް މެލޭޝިއާ އަދި ސިންގަޕޫރަށް ކުރި ދަތުރު ގޯސް: އޮޑިޓް

އައްޑޫސިޓީ ކައުންސިލުން ތަޖުރިބާ ހޯދުމުގެ ނަމުގައި މިލިއަނުން ހަރަދުކޮށް މެލޭޝިއާ އަދި ސިންގަޕޫރަށް ކުރި ދަތުރު ދައުލަތުގެ އޮޑިޓަރ ޖެނެރަލަށް ގޯސްވެއްޖެއެވެ.

އައްޑޫސިޓީ ކައުންސިލުން ވަނީ، 2023 ވަނަ އަހަރާއި 2024 ވަނަ އަހަރު ތަޖުރިބާ ހޯދުމުގެ ގޮތުން ޖުމްލަ 1.2 މިލިއަން ރުފިޔާ ހަރަދުކޮށް ސިންގަޕޫރު އަދި މެލޭޝިއާއަށް ދަތުރެއް ކޮށްފައެވެ. އެ ދަތުރުތައް ކުރުމުގެ ކުރިން ފިނޭންސް މިނިސްޓްރީން ވަނީ  ދައުލަތުގެ ހަރަދުތައް ކުޑަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވުމުން ކައުންސިލްތަކުގެ ރިކަރަންޓް ހަރަދުތައް ކުޑަކުރުމަށް ހާއްސަ އިސްކަމެއްދީ، ކޮންމެހެން ކުރަންޖެހޭ ހަރަދުތައް ނޫނީ ނުކުރުމަށާއި، ކޮންމެހެން ކުރަންޖެހޭ ހަރަދުތައް ނޫނީ ނުކުރުމަށް ހައްސަ ސަމާލުކަމެއް ދިނުމަށް އެދި ސާކިއުލާއެއް ނެރެފައެވެ.

އައްޑޫސިޓީ ކައުންސިލުން ކުރި އެ ދަތުރުތަކާ ބެހޭގޮތުން އޮޑިޓަރ ޖެނެރަލް މިއަދު ނެރުއްވި އެކައުންސިލްގެ އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، ކައުންސިލުން އެ ދަތުރުތަކަށް ހަރަދުކޮށްފައިވަނީ، ސާކިއުލާގައި އަންގާފައިވާ އެންގުމާ އެއްގޮތަށް ކޮށްފައިވާ ހަރަދުތަކެއް ކަމަށް ބެލެވެން ނެތްކަމަށެވެ. 

އައްޑޫސިޓީ ކައުންސިލް އިދާރާ ތަމްސީލްކުރާ 8 މެމްބަރުންނާއި ކައުންސިލްގެ އިދާރީ ދެ މުއައްޒަފުން ހިމެނޭހެން 2023 ވަނަ އަހަރު މެލޭޝިއާ އަދި ސިންގަޕޫރަށް ކޮށްފައިވާ ތަޖުރިބާ ދަތުރަށް ވަނީ 515،101 ރުފިޔާ ހޭދަކޮށްފައެވެ. މި ދަތުރުގައި ބައިވެރިވި ޓްރެއިނިން ޕްރޮގްރާމަކަށް 65،381 ރުފިޔާ ހޭދަކޮށްފައިވާއިރު މިއީ ދަތުރު ރިޕޯޓްގައި ހިމަނާފައިވާ ދަތުރުގެ މަގްސަދާއި ގުޅުންހުރި ޓްރެއިނިންނެއް ނޫންކަން އޮޑިޓް ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.

ސިންގަޕޫރުގެ މެރިޓައިމް ގެލަރީ ފަދަ ތަންތަނަށް ޒިޔާރަތްކޮށްފައިވާއިރު، އެއީވެސް ދަތުރުގެ މަގްސަދާ ގުޅުންހުރިކަމެއް ނޫންކަމަށް އޮޑިޓްގައި ވަނީ ބުނެފައެވެ.

އޮޑިޓްގައި ފާހަގަކޮށްފައިވާ ދެވަނަ ދަތުރަކީ އައްޑޫސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ 9 މެމްބަރަކާއި ކައުންސިލް މެމްބަރެއްގެ އިތުރުން ސެކެރެޓަރީ ޖެނެރަލް ހިމެނޭހެން 2024 ވަނަ އަހަރު ކުރި ދަތުރެކެވެ. މެލޭޝިއާ އަދި ސިންގަޕޫރަށް ކުރި 8 ދުވަހުގެ މި ދަތުރަށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބަޖެޓުން ވަނީ، 685،509 ރުފިޔާ ހަރަދުކޮށްފައެވެ އޮޑިޓަރ ޖެެނެރަލްގެ ރިޕޯޓްގައި ބުނެފައިވަނީ، މި ދަތުރުން ދައުލަތަށް ލިބުނު ފައިދާއެއް ނެތްކަމަށެވެ. 

އައްޑޫސިޓީ ކައުންސިލުން ތަޖުރިބާ ހޯދުމަށް ކުރި އެ ދަތުރުތަކާ ބެހޭ ގޮތުން އޮޑިޓަރ ޖެނެރަލް ވަނީ، ފިނޭންސް މިނިސްޓްރީން ނެރޭ މާލިއްޔަތާ ބެހޭ ސާކިއުލާގައި އިރުޝާދުދޭ ގޮތަށް ހަރަދުކުރުމަށް ލަފާދީފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.