އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު ޢަލީ އާއި އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު
ހަބަރު
21 Sep 2022 | 20:35
އިސްލާމް ދީނުގެ މެދުމިން ފެތުރުމަށް މިނިސްޓްރީން ސުކޫލުތަކުގައި ވޯކްޝޮޕް ބާއްވަނީ!

އިސްލާމް ދީނުގެ މެދުމިން ދަރިވަރުންގެ މެދުގައި ފެތުރުމަށް އިސްލާމިކް މިނިސްޓްރީ އާއި އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން ސުކޫލުތަކުގައި ސެމިނާރ ބާއްވަން ފަށައިފިއެވެ. 

މިފަދަ ސެމިނަރ އެއް މަޖީދިއްޔާ ސުކޫލުގެ ދަރިވަރުންނަށް އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެ ސުކޫލުން ބެލެނިވެރިންނަށް ވަނީ އަންގާފައެވެ. 

އެގޮތުން، އެންގި އެންގުމުގައި ބުނެފައިވަނީ، އިސްލާމް ދީނުގެ މެދުމިން ފެތުރުމަށާއި، އަޚްލާގީ ގޮތުން ތަހުޒީބު މުޖުތަމައު އެއް ބިނާ ކުރުމަށްޓަކައި އިސްލާމިކް މިނިސްޓްރީއާއި އެޑިއުކޭޝަން މިނިސްޓްރީ އާއި ގުޅިގެން ސެޕްޓެމްބަރު 24 ވާ ހޮނިހިރު ދުވަހު ވޯކްޝޮޕް އެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި ވޯކްޝޮޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ގުރޭޑް 10 ގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކަމަށްވެސް އެ އެންގުމުގައި ބުނެފައިވެއެވެ. 

ހޮނިހިރު ދުވަހު ހެނދުނު 7:15 އިން ފެށިގެން ހަވީރު 15:30 އިސްލާމިކް މިނިސްޓްރީގެ ހޯލުގައި ބާއްވާ މި ވޯކްޝޮޕް ގެ ސެޝަންތަކުގައި ކިޔަވައި ދޭނީ، ޝަރީޢަތުގެ މަގުސަދާއި، މެދުމިނާއި، އިސްލާމްދީނާއިމެދު އުފެދިފައިވާ ކުށް ހީ ތަކާއި ރިވެތި އަޚްލާގުގެ މައްޗަށް ކަމަށްވެސް އެ އެންގުމުގައި ވެއެވެ. 

އިސްލާމް ދީނުގެ މެދުމިން ދަރިވަރުންނަށް ކިޔަވައި ދިނުމުގެ ނަމުގައި މިފަދަ ވޯކްޝޮޕެއް ހިންގުމަށް މިނިސްޓްރީން ނިންމާފައިވާ އިރު، ދީނުގެ މެދުމިން ދަރިވަރުންނަށް ކިޔައި ދިނުމުގެ ނަމުގައި، ދަރިވަރުން ދީނާއި ދުރުކޮށް، ލާދީނިއްޔަތު ކުދިންގެ މެދުގައި ފަތުރަށް މަސައްކަތް ކުރާ ކަމަށް ބުނެ އާއްމުން އަންނަނީ އަބަދާއި އަބަދު ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އަދި ދަރިވަރުންގެ އަޚްލާގު މިހާރު ދަށް ވަމުން ދަނީ، އިސްލާމް ދީނުގެ ރިވެތި އުސޫލުތައް ދޫކޮށް، އިސްލާމް ދީނާއި ބީރަށްޓެހި, ހުޅަނގުގެ ގޮތްތަކަށް ކުދިން ލޯބި ޖެއްސުމަށް ދުރާލާ ރާވައިގެން، ތައުލީމީ ނިޒާމް ކޮކަޑި ކުރަމުންދާ ދިއުން ކަމަށްވެސް ގިނަ ބަޔަކު ދެކެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.
03 Jun 2026
ބާރަ އަހަރަށް ފަހު ޝިޔާމް އަލުން ވަޒީފާއަށް، މުސާރައިގެ ބައި އިސްތިއުނާފު
ޝިޔާމް ފުލުހުންގެ ވަޒީފާއަށް ނިކުންނަވަން ފެއްޓެވި ނަމަވެސް ދައުލަތުން ވަނީ މުސާރައާ ގުޅޭ ބައި ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކޮށްފަ އެވެ. އެއީ 12 އަހަރުގެ މުސާރަ ދޭން އަންގާފައިވާތީ އެވެ.
03 Jun 2026
އިމްތިހާނު ދުވަސްވަރާ ދިމާވާތީ ޕީއެންސީގެ ކޮންގްރެސްގެ ތާރީހު އަވަސްކޮށްފި
ކޮންގްރެސްގެ ތާރީހު އަވަސް ކުުރުމަށް އެދިވަޑައިގެންނެވީ ވެސް ރައީސް މުޢިއްޒު އެވެ. ރައީސްގެ އެދިވަޑައިގަތުން ފާސްކުރީ މެންބަރުންގެ އިއްތިފާގުންނެވެ.
03 Jun 2026
ރައީސް ކަމަކީ ވަރަށް ބުރަ ކަމެއް، ދެން ކުރިމައްޗެއް ނުލާނަން: ނަޝީދު
އެމަނިކުފާނު އެ ވާހަކަފުޅު ތަކުރާރު ކުރެއްވީ ޗެެއާޕާސަން އިންތިހާބުގެ ކެމްޕެއިނަށް ށ. ފޭދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
03 Jun 2026
އައްޑޫސިޓީ ކައުންސިލުން މިލިއަނުން ހަރަދުކޮށް މެލޭޝިއާ އަދި ސިންގަޕޫރަށް ކުރި ދަތުރު ގޯސްވެއްޖެ
އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، ކައުންސިލުން އެ ދަތުރުތަކަށް ހަރަދުކޮށްފައިވަނީ، ސާކިއުލާގައި އަންގާފައިވާ އެންގުމާ އެއްގޮތަށް ކޮށްފައިވާ ހަރަދުތަކެއް ކަމަށް ބެލެވެން ނެތްކަމަށެވެ