ޑިޕްރެޝަންއައި ކުރިމަތިލާން ޖެހުނު: ޖީޖީ ބުފޮން

09 Jan 2019 | 10:18

ޑިޕްރެޝަން އަދި ޕެނިކް އެޓޭކްތަކައި ކުރިމަތިލާން ޖެހުނުކަމަށް އިޓާލީގެ މަޝްހޫރު ގޯލް ކީޕަރު ޖީޖީ ބުފޮން ބުނެފިއެވެ.

ވެނިޓީ ފެއާއަށް ދިން އިންޓަވިއުއެއްގައި ބުފޮންބުނީ ޔުވެންޓަސްގައި ހޭދަކުރި ފުރަތަމަ ދުވަސްކޮޅު އޭނާއަށް ވަރަށް ގިނަ ދަތިތަކައި ކުރިމަތިވިކަމަށައި ޑިޕްރެޝަންގެ ސަބަބުން މަސްތަކަކަށް ދެމިގެންދާ ގޮތަށް ކަމެއް ކުރުމުގެ މާނައެއް ނެތްކަމުގައި ދެކެވުނު ކަމަށެވެ.

މީގެ އިތުރުން، އޭނާ ޔުވެންޓަސްގައި ހޭދަކުރި ދުވަސްވަރު ޕެނިކް އެޓޭކެއް ޖެހުމުގެ ސަބަބުން އެއްފަހަރު މެޗަކަށްވެސް ނޭރި ދިޔަކަމަށް ބުފޮން ބުނެފައިވެއެވެ.

އޭނާއަށް އިހުސާސް ކުރެވުނީ ފުޓްބޯޅަ ކެރިއަރުގެ ބޭރުން އެއްވެސް މީހަކު އޭނާއަށް އަޅާ ނުލާ ކަމަށްވެސް ބުފޮން ބުންޏެވެ.

މިހާރު ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުން އަންނަ އުމުރުން 40 އަހަރުގެ ބުފޮންވަނީ ޔުވެންޓަސްގައި 17 އަހަރު ހޭދަކޮށް އެޓީމަށް 656 މެޗު ކުޅެދީފައެވެ. ޔުވެންޓަސްއާއެކު ނުވަ ފަހަރު އިޓަލީ ލީގް ހޯދާފައިވާ ބުފޮން ޕީއެސްޖީއަށް ބަދަލުވީ 2018 ވަނަ އަހަރެވެ.

ބުފޮންވަނީ އިޓާލީއާއެކު 2006 ވަނަ އަހަރު ވޯލްޑް ކަޕްވެސް ކާމިޔާބުކޮށްފައެވެ. 

Advertisement

ކޮމެންޓް

Advertisement

Advertisement