ގާނޫނީ އިންޒާރާއެކު ޒުވާނުންގެ މުޒަހަރާ ކާނިވާ ސަރަހައްދުގައި ކުރަނީ -- ފޮޓޯ: ވޮއިސް
ހަބަރު
02 May 2025 | 22:50
ގާނޫނީ އިންޒާރާއެކު ޒުވާނުންގެ މުޒަހަރާ ކާނިވަލަށް

މިދިޔަ މަހުގެ 18 ވަަނަ ދުވަހު އިމާރާތެއްގެ މަތީން އެ އިމާރާތާއި ޖެހިގެން ހުރި ގުދަނެއްގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު ހާދިސާއާ ގުޅިގެން ޒުވާނުންގެ ބަޔަކު ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާތައް މަޖީދީ މަގުގައި ކުރިއަށް ގެންދިއުމަށް ފަހު ކާނިވާ ސަރަހައްދަށް ބަދަލުކޮށްފި އެވެ.

މިދިޔަ ރޭތަކުގައި އެ ޒުވާނުން މުޒާހަރާކުރީ މަޖީދީމަގުގަ އެވެ. ނަަމަވެސް ބާރުގެ ބޭނުންކޮށް ރޭގެ މުޒާހަރާ ފުލުހުން ރޫޅާލީ އެވެ. ރޭގެ މުޒާހަރާގައި އެ މީހުން ތިބީ މަގުމަތީ އިށީންދެ ގެންނެވެ. ބައެއް މީހުން ތިބީ ކެރަމް ކުޅޭށެވެ. އަނެއް ބަޔަކު މިއުޒިކު ކުޅޭށެވެ.

ފުލުހުން ބުނީ އެ އިހްތިޖާޖުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާއި ވިޔަފާރިތަކަށް ނޭދެވޭ އަސަރު ކުރާކަމުގެ ޝަކުވާ ކެނޑިނޭޅި ދިޔައީ ލިބެމުން ކަމަށެވެ. މި އިހްތިޖާޖުގައި މަޖީދީމަގު ފަދަ މުހިންމު މަގެއް ދަތުރުފަތުރަށް ބަންދުކޮށް މިއުޒިކު ކުޅުމާއި ޓޭބަލް ޓެނިސް އަދި ކެރަމް ކުޅުން ފަދަ އާންމު މަސްލަހަތަށް ފުށުއަރާ ކަންތައްތަކެއް ކުރަމުން ގެންދާތީ އެކަންކަން ނުކުރުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވެފައިވާނެ ކަމަށެވެ.

ގާނޫނީ އިންޒާރާއެކު ޒުވާނުންގެ މުޒަހަރާ ކާނިވާ ސަރަހައްދުގައި ކުރަނީ -- ފޮޓޯ: ވޮއިސް

މީގެ އިތުރުން މިއަދަކީ ޖީސީއީ އޯލެވަލް އިމްތިހާނަށް ގިނަ ދަރިވަރުން ހާޒިރުވާން ޖެހޭ ދުވަހަކަށް ވާތީ އެކިރޭ މަތީން ތަކުރާރުކޮށް ނަސޭހަތްތެރިވެ ގާނޫނީ އިންޒާރު ދިނުމަށް ފަހު ރޭގެ އިހްތިޖާޖު ރޫޅާލީ ކަމަށް ބުންޏެވެ.

އޭގެ ފަހުން މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އިން މިއަދު ވަނީ ހުއްދަ ހޯދުމަކާ ނުލައި އެއްވެވޭނެ ތަންތަން ކަނޑައަޅާފަ އެވެ. ގެޒެޓް ކުރި ގަވާއިދުގައި ބުނެފައި ވަނީ ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ 24 ވަނަ މާއްދާގެ (ޅ) ގެ ދަށުން މިހާރު ކަނޑައަޅާފައިވަނީ އެންމެ ސަރަހައްދެއް ކަމުގައިވާތީ އެ ނިންމުމަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.

އެގޮތުން މިހާރު ކަނޑައަޅާފައިވަނީ ހަތަރު ސަރަހައްދެކެވެ. އެއީ ހެންވޭރު ކާނިވާ ސަރަހައްދާއި ރަސްފަންނު ސަރަހައްދާއި މާލޭ ހުޅަނގު ދެކުނު ހިއްކި ސަރަހައްދު (އިންޑަސްޓްރިއަލް ޒޯނުގެ ގޮތުގައި ކަނޑައެޅި) ގެ އިތުރުން އުސްފަސްގަނޑު ސަރަހައްދެވެ.

އަދި ފުލުހުން ވަނީ ހުއްދަ ނެތް ތަންތާ ބާއްވާ އެއްވުންތައް ރޫޅާލާ ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފަ އެވެ.

ގާނޫނީ އިންޒާރާއެކު ޒުވާނުންގެ މުޒަހަރާ ކާނިވާ ސަރަހައްދުގައި ކުރަނީ -- ފޮޓޯ: ވޮއިސް

އެ އިންޒާރާގެ މުޒާހަރާގެ ބައިވެރީން މިރޭ އެއްވީ ކާނިވާ ސަރަހައްދަށެވެ. އެ ސަރަހައްދުގައި ތިބެ އަޑުއުފުލި އެވެ. މިރޭ ވެސް އެ މީހުން ތިބީ ފުލުހުންނަށް ހުތުރު ބަސްތައް ރައްދުކޮށް ލިޔެފައިވާ ބޯޑްތައް ހިފައިގެންނެވެ.

ފުލުހުން ބުނީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާއި އެއްގޮތްވާ ގޮތުގެ މަތީން ސުލްހަވެރި އެއްވުންތަކަށް ބޭނުންވާ ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. އަދި އެފަދަ އެއްވުންތައް ބާއްވާ ސަރަޙައްދުތަކުގެ މަގުތަކާއި އެއްވުން ނުވަތަ ހިނގާލުން ކުރިއަށް ގެންދިއުމަށް ބޭނުންވާނެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ އިންތިޒާމު ފުލުހުން ހަމަޖައްސައިދޭނެ ކަމުގެ ޔަގީންކަން ވެސް ވަނީ ދީފަ އެވެ.

ކޮމެންޓް
ބަޗީ
އާންމުންނަށް އުނދަގޫވާގޮތަށް ބާއްވާ މުޒާހަރާތައް ވަގުތުން ރޫޅާލުމަށް ކަމާއި ގުޅުންހުރި ފަރާތްތަކަށް ހަރު އަޑުން ގޮވާލަން.
03 May 2025
ގުޅޭ ލިޔުންތައް
06 Aug 2026
ކޯޓްތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށް: އަބްދުއްރަހީމް
"ކޯޓުތަކަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.
06 Aug 2026
ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު
ދަތިތަކާއެކުވެސް ރައްޔިތުންނަށް ވީ ވައުދުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފުއްދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ
05 Aug 2026
ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ
ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.