ވިޔަފާރި
14 Jan 2025 | 16:10
ވިލާ ހަކަތަ؛ ސިނާއީ ޚިދުމަތްތައް ދިވެހިންނަށް ފޯރުކޮށްދިނުމުގައި މެދުކެނޑުމެއްނެތި 25 އަހަރު

ވިލާ ހަކަތައިން މެދުކެނޑުމެއްނެތި ދިވެހިންނަށް ފެންވަރު ރަނގަޅު ޚިދުމަތް ދެމުންދާތާ 25 އަހަރު ފުރުން ފާހަގަކުރަމުންދާއިރު، މިއީ ކުރިއެރުމާއި، ތަރައްގީގާއި، އައު އީޖާދީ އުފެއްދުންތައް ތަޢާރަފް ކުރުމަށް އެ ކުންފުނިން ކުރަމުންއަންނަ ބުރަ މަސައްކަތަށް ދިވެހިންގެ އިތުބާރު ލިބިފައިވާ ކަމުގެ ހެއްކެކެވެ.

މިއަދު ވިލާ ހަކަތަ އަކީ އެލް.ޕީ.ޖީ، ސިމެންތި، ތެޔޮ، ޝެލް ލޫބްރިކަންޓްސް، އަދި އިމާރާތްކުރުމުގެ ތަކެތީގެ ޚިދުމަތް ދިނުމުގައި އިސް ސަފުގައި ގުނާލެވޭ ކުންފުންޏެކެވެ

ކުޑަކުޑަ ފެށުމަކުން ސިނާއީ ލީޑަރޝިޕަށް

2000 ވަނަ އަހަރު ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ސަބްސިޑިއަރީއެއްގެ ގޮތުގައި އުފެދުނު ވިލާ ހަކަތަ މިއަދު މިވަނީ ދިވެހި އިޤްތިޞާދު ކުރިއަރުވާ ބާރުވެރި ކުންފުންޏަކަށް ވެފައެވެ. ރާއްޖޭގެ އެންމެ ބޮޑު ގްރީންފީލްޑް ސްޓޯރޭޖް އަދި ޑިސްޓްރިބިއުޝަން ފެސިލިޓީ ތަރައްޤީކުރުމުގެ ވިޝަނަކާއެކު، އެ ކުންފުނިން ވަނީ ތިލަފުށީގައި ޤައުމުގެ އެންމެ ބޮޑު އެލް.ޕީ.ޖީ ސްޓޯރޭޖް އަދި ރީފިލިންގ ޕްލާންޓް ހިމެނޭ ޒަމާނީ އިންފްރާސްޓްރަކްޗަރ ޤާއިމުކޮށްފައެވެ.

އެންމެ ޒަމާނީ އޮޕަރޭޝަންތައް

• އެލް.ޕީ.ޖީ ފުރިހަމަކަން: ޒަމާނީ ރޮޓަރީ ފިލިންގ ސްޓޭޝަންތަކުން 1,500 ސިލިންޑަރު ޕްރޮސެސްކުރެވޭ، މުޅި ރާއްޖޭގެ ގޭބިސީތަކާއި ވިޔަފާރިތަކަށް އިތުބާރުހުރި ޚިދުމަތެއް ވިލާހަކަތައިން އަންނަނީ ފޯރުކޮށްދެމުންނެވެ.

• ސިމެންތީގެ އީޖާދު: 8 ބޮޑެތި ސައިލޯގައި 16,000 މެޓްރިކް ޓަނުގެ ސިމެންތި ރައްކާކުރެވޭއިރު، އޮޓޮމޭޓެޑް ޕެކިންގ ޕްލާންޓްތަކުން 1,274 މެޓްރިކް ޓަނަށްވުރެ ގިނަ ސިމެންތި އުފައްދައެވެ.

• ޝެލް ލޫބްރިކަންޓްސް: ދިވެހިރާއްޖޭގައި ހަމައެކަނި ޑިސްޓްރިބިއުޓަރުގެ ގޮތުގައި، ވިލާ ހަކަތައިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދުއްވާ އުޅަނދުފަހަރާއި މެޝިނަރީތައް ހިންގުމަށް ބޭނުންވާ ފެންވަރު ރަނގަޅު ލޫބްރިކަންޓް ފޯރުކޮށްދެއެވެ.

އައި.އެސް.އޯ ސެޓިފައިޑް އޮޕަރޭޝަންތައް

ވިލާ ހަކަތައިގެ ތިލަފުށީގައި ހިންގާ އޮޕަރޭޝަންތަކަކީ މިހާރު އައިއެސްއޯ ސެޓިފައިޑް އޮޕަރޭޝަންތަކެކެވެ. މިކަމުން ކަށަވަރުކޮށްދެނީ ބައިނަލްއަގުވާމީ މިންގަނޑުތަކާއި އެއްގޮތަށް، ފެންވަރު ރަނގަޅު، ރައްކާތެރި އަދި ތިމާވެއްޓާއި އަހުލުވެރި، ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ކުންފުނިން ދޭ އަހައްމިއްޔަތުކަމެވެ. މި ސެޓިފިކޭޝަނަކީ ކުންފުނީގެ އޮޕަރޭޝަނަލް އެކްސެލެންސް ހޯދުމުގެ މަސައްކަތުގައި ލިބުނު މުހިންމު ކާމިޔާބީއެކެވެ.

ލިބިފައިވާ އެވޯޑްސް ތައް

2023 ވަނަ އަހަރު، ވިލާ ހަކަތައަށް ވަނީ އެމް.އެން.އޭ.ސީ.އައި ބިލްޑަރސް އެވޯޑުގައި 'ސިމެންތި ސަޕްލަޔަރ އޮފް ދަ އިޔަރ' ގެ މަޤާމު ލިބިފައެވެ. މިއީ އިމާރާތްކުރުމުގެ ސިނާޢަތުގައި ކުންފުނިން ބިނާކޮށްފައިވާ އިތުބާރާއި އަދި ބަރޯސާވެވޭ ކުންފުންޏެއްގެ ގޮތުގައި ވުމުގެ ހެއްކެކެވެ.

މުވައްޒަފުން ބާރުވެރި ކުރުވައި ކުރިއެރުވުމަށް ބޮޑު އިސްކަމެއް

ވިލާ ހަކަތައިގެ ކާމިޔާބީގެ ބޮޑު ބައެއް ހިއްސާއަކީ އެ ކުންފުނީގެ މުވައްޒަފުންނެވެ. ކުންފުނީގެ މުވައްޒަފުންގެ ތަމްރީނާއި ތަރައްޤީގެ ޕްރޮގްރާމްތަކަށް ހޭދަކުރާއިރު، އެއީ އެންމެ ފުރިހަމަ ޚިދުމަތެއް ކަށަވަރުކުރުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެކެވެ.

މިފަހުން މުވައްޒަފުން ތަމްރީނު ކުރުމަށް ކުރެވިފައިވާ މުހިންމު ކަންކަން؛

• ކަސްޓަމަރ ސަރވިސް އެންހޭންސްމަންޓް ޕްރޮގްރާމްތައް: ސޭލްސް ޓީމުތަކުގެ ފަރާތުން ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ބާރުވެރިކުރުވުން.

• ޝެލް ލޫބްރިކަންޓްސް ތަމްރީނު: ކަސްޓަމަރުންގެ ބޭނުންތައް ފުއްދުމަށް ރެޕްރެޒެންޓެޓިވުންނަށް އެޑްވާންސްޑް މަޢުލޫމާތު ދިނުން.

• ލީޑަރޝިޕް ވޯކްޝޮޕްތައް: ކުންފުނީގެ ހިންގުން އިތުރަށް ހަރުދަނާކުރުމަށް ކައިޒެން އިންސްޓިޓިއުޓާއެކު ޕާޓްނަރޝިޕް ޤާއިމުކުރުން.

ވިލާ ހަކަތައިގެ މިވީ 25 އަހަރުގައި ވަނީ ދިވެހިރާއްޖޭގެ ކުރިއެރުމަށް ހިންގޭ ބޮޑެތި އިވެންޓުތައް ސްޕޮންސަރ ކޮށްދީފައެވެ. މީގެ ތެރޭގައި ހޮޓެލިއަރ މޯލްޑިވްސް ޖީއެމް ފޯރަމް، މެރިން އެކްސްޕޯ، ފުޑް އެންޑް ބެވަރޭޖް އެކްސްޕޯ، އަދި ލިވިންގ އެކްސްޕޯ ހިމެނެއެވެ.

ޒުވާނުން ބާރުވެރިކުރުމުގައި އިސްދައުރެއް

ވިލާ ހަކަތައިން ޤަބޫލުކުރާ ގޮތުގައި ޒުވާނުންނަކީ ކުރިމަގުގެ ކާމިޔާބީގެ މައިގަނޑު ބާރެވެ. އެހެންކަމުން، އެ ޒުވާނުންގެ ތަރައްގީއަށާއި ޒުވާނުންނަށް ހިތްވަރު ދިނުމަށް އެކުންފުނިން އަންނަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. އެގޮތުން ކުރިއަށް ގެންދެވުނު ބައެއް އިވެންޓް ތަކުގެ ތެރޭގައި ހިމެނެނީ،

• ޔޫތު ސްކިލްސް ޑޭ 2024: ވިލާ ހަކަތައިން ވިލާ ކޮލެޖްގެ އެސޯސިއޭޝަންތަކާއި ގުޅިގެން އިންޓަރެކްޓިވް އަދި އިލްމީ ހަރާކާތެއް ނިމިދިޔަ އަހަރު ބާއްވާފައިވެއެވެ. މީގައި ކުޅިވަރުތަކާއި ވަރކްޝޮޕްތައް ހިމެނުނެވެ. މިކަންކަމުގެ މަޤްޞަދަކީ ދަރިވަރުންނަށް ކެރިއަރ ގައި ކުރިއަށްދާން ހުރި މަގުތައް ދެއްކުމެވެ.

• ތިލަފުށި އެކްސްޕޯޝަރ ޓްރިޕްތައް: ވިލާ ކޮލެޖާ ގުޅިގެން އިންތިޒާމުކުރެވުނު މި ދަތުރުތަކުގައި ދަރިވަރުންނަށް މެޝިނަރީ އޮޕަރޭޓްކުރުމާއި، ތެޔޮ ޕްރޮސެސްކުރާ ތަންތަނަށް ޒިޔާރަތްކުރުމާއި، އަދި ސިނާޢަތުގެ މުހިންމު މަޢުލޫމާތު ހޯދުމުގެ ފުރުޞަތު ހޯދައިދިނެވެ.

މިކަންކަމުގެ އިތުރުން، ވިލާ ހަކަތައިން ކުޑަކުދިންގެ ދުވަހުގައި، އަމާން ވެށީގައި ހުނަރު ތަރައްޤީކުރުމުގެ ވޯކްޝޮޕްތަކެއް ބާއްވާފައެވެ. މި ވޯކްޝޮޕްގެ މައިގަނޑު މަގުސަދަކީ، އަންނަން އޮތް ޖީލުތަކުގެ ކުދިންގެ އުންމީދުތައް ދިރުވައި، މުސްތަގުބަލާމެދު ފޮނި ހުވަފެންތައް ދެކުމަށް ދޮރު ހުޅުވާލަ ދިނުމެވެ.

މުސްތަޤްބަލުގެ ވިޝަން

ވިލާ ހަކަތައިގެ ވޭތުވެދިޔަ 25 އަހަރުގެ ދަތުރަކީ އިތުބާރާއި، އައު އީޖާދުތަކާއި، އެކުގައި ކުރިއެރުމުގެ ދަތުރެކެވެ. މުސްތަޤްބަލަށް ބަލާއިރު، ކުންފުނި ވަނީ މަސައްކަތްތައް ފުޅާކުރުމަށާއި، މާކެޓްގެ ލީޑަރޝިޕް ވަރުގަދަކުރުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ދިއުމުގެ ވަޢުދު އިތުރަށް ފުރިހަމަކުރުމަށް ތައްޔާރުވެފައެވެ.

އަދި ހަމައެހެންމެ ކުންފުނިން ހުނަރުވެރި ފަރާތްތަކަށް އޭގެ ޑައިނަމިކް ޓީމާ ގުޅުމަށް ދަޢުވަތު ދެއެވެ. މިކަމަށް ކުންފުނީގެ ކެރިއަރ ޕޯޓަލް މެދުވެރިކޮށް ކުރިމަތިލެވޭނެއެވެ: https://careers.vhpl.mv/

"އަޅުގަނޑުމެންގެ ދަތުރަކީ އަޅުގަނޑުމެންގެ ކަސްޓަމަރުންނާއި ޕާޓްނަރުން އަޅުގަނޑުމެންގެ މައްޗަށް ބަހައްޓާފައިވާ އިތުބާރު. އަޅުގަނޑުމެން މި މުހިންމު މަރުޙަލާ ފާހަގަކުރާއިރު، އައު ގޮތްތައް ހޯދުމާއި، ފެންވަރު ދެމެހެއްޓުމާއި، ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީއަށް މަގުފަހިކުރުމުގެ ވަޢުދުގައި ދެމިތިބޭނަން." ވިލާ ހަކަތައިގެ ސްޕޯކްސްޕާސަން ހިއްސާކުރެއްވިއެވެ.

ކުރިއަށް އޮތް 25 އަހަރަށް!

"ވިލާ ހަކަތަ" ކުރިއަރަމުން ދާއިރު، އެ ކުންފުނީގެ އަމާޒަކީ ފޯރިއާއި ޖޯޝާއި، އެންމެންގެ ބައިވެރިވުމާއި ކުރިއަރައިގެން ދިޔުމުގައި ދެމިއޮތުމެވެ. މި ކުންފުންޏަކީ ތަޞައްވުރަކާއި އަޒުމަކާއެކު ކުރިއަށް އޮތް އަހަރުތަކުގައި މިހާރަށްވުރެވެސް ބޮޑެތި ކާމިޔާބީތަކެއް ހޯދުމަށް ބިންގާ އަޅަމުންދިޔުމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
މާލޭގައި ބަނގުރާ ވިޔަފާރިކުރި އިންޑިއާގެ ދެ މީހަކު ހައްޔަރު ކޮށްފި
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ޕްރަވީން ސެންތިލްކުމާރާއި 23 އަހަރުގެ ކަންނަން އިރުލައްޕަންއެވެ.
05 Oct 2026
ސްކޫލުތައް އުފާވެރި މާޙައުލަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ: މިނިސްޓަރ
އެ ޚިޠާބުގައި ވަޒީރު ފާހަގަކުރެއްވީ ޢިލްމީ ފަންނުވެރި އަދި މަސައްކަތްތެރި ޖީލެއް ބިނާކުރުމުގައި މުދައްރިސުން ވާ ގުރުބާނީ ބަލައިގަތުމުގެ މުހިންމުކަމެވެ. މުޖުތަމަޢުގައި މުދައްރިސުންނަށް ޙައްޤު ގަދަރާއި އިޙްތިރާމު އިތުރުކޮށް އެ ދާއިރާ ކުރިއެރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
05 Oct 2026
ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
ފުލުހުން ބުނީ، މާލެއިން ފުރައިގެން އއ. ހިމަންދޫއަށް ދަތުރުކުރި ލޯންޗަކުން ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
05 Oct 2026
ކިނބިދޫ ގޮނޑުދޮށުން ވެލި ނުނެގުމަށް ކައުންސިލުން އިލްތިމާސްކޮށްފި
އެ ކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި ގޮނޑުދޮށުން ވެލި ނެގުމާ ގުޅޭ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ދަނީ ލިބެމުންނެވެ.
05 Oct 2026
މާލޭ ޓްރެފިކް މައްސަލައާ ގުޅޭ ގޮތުން މާލެ ޓްރާންސްޕޯޓް އޮފީހުން ސީޕީއާ ބައްދަލުކޮށްފި
ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ގްރޭޓާ މާލެ ސަރަޙައްދުގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅެން ހުރި ފިޔަވަޅުތަކާ ގުޅޭ ގޮތުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
05 Oct 2026
މުދައްރިސުންނަކީ ޤައުމުގެ ކުރިމަގު ބައްޓަންކޮށް ހިތްވަރު ދީ މަގު ދައްކައިދޭ ފަރާތް: ނައިބު ރައީސް
ދުނިޔޭގެ ޓީޗަރުންގެ ދުވަހާ ގުޅިގެން ރާއްޖޭގެ ނައިބު ރައީސް މުދައްރިސުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި އެ ފަރާތްތަކަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.
05 Oct 2026
ކުރިން އެމްޑީޕީން ބުނީ ރަސްމާލެއަކީ އަގެއް ނެތް ވެލިގަނޑެއް ކަމަށް
ރަސްމާލެ ހިއްކުމުގެ މަޝްރޫއު ފެށިގެން އައިއިރު އިދިކޮޅު ފަރާތްތަކުން އެއީ "އަގެއް ނެތް ވެލިގަނޑެއް" ކަމަށް ބުނެ ވާހަކަ ދެއްކި ނަމަވެސް، މިއަދު އެއީ ދައުލަތުގެ އެންމެ ބޮޑު ރައުސުލްމާލު ކަމަށް އެ ފަރާތްތަކުން ވެސް ގަބޫލުކޮށްފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ޙުސައިން އިމްރާން ލަޠީފް (އިއްމު) މިއަދު ވިދާޅުވެއްޖެއެވެ.
05 Oct 2026
އީގަލް ހިލްސް އެއްބަސްވުން ހާމަކުރުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި
ދޮޅު މަހުގެ ޗުއްޓީއަކަށް ފަހު މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމެވެ. އެ މައްސަލައިގައި ބަޔާންކޮށްފައިވާ ގޮތުން, ސެޕްޓެމްބަރު 21 ގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ރައްޔިތުންގެ ފައިސާއިން ހިއްކާފައިވާ ރަސްމާލެއިން 500 ހެކްޓަރަށް ވުރެ ބޮޑު ބިމެއް 99 އަހަރަށް އީގަލް ހިލްސްއަށް ދޫކޮށްލީ ބިމު ކުއްޔެއް ނުވަތަ އެކުއިޒިޝަން ކޮސްޓެއް ނެގުމެއް ނެތި, ހިއްކުމުގެ ޚަރަދު ވެސް ދައުލަތަށް އަނބުރާ ލިބޭނެ އެއްވެސް ގޮތެއް ނެތް ހާލުގައެވެ.