ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް -- ފޮޓޯ: މަޖިލިސް
ހަބަރު
22 Sep 2022 | 11:21
ޑްރިފްޓިންގ ގެ މައްސަލަ؛ ރައީސް ވިދާޅުވާ ހުރިހާ ކުޅިވަރަކަށް އޮތް ހަމަހަމަ ފުރުޞަތަކީ މިއީތޯ؟: ޝިޔާމް

މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ރޭ ފުލުހުން ޑްރިފްޓް ކުރުމަށް ހުރަސް އަޅާކަމަށް ބުނެ މޯލްޑިވްސް ޑްރިފްޓް އެސޯސިއޭޝަނުން ބޭއްވި އެއްވުމާއި ގުޅިގެން ޒުވާނުން ހައްޔަރު ކުރަމުންދާތީ ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ފާޑުވިދާޅުވެއްޖެއެވެ. 

މޮޓޯ ސްޕޯޓްސްގައި ހަރަކާތްތެރިވާ ޒުވާނުން ވަކިޑިސިޕްލީނެއްގެ ދަށުން އެކަން ކުރަމުން ދަނިކޮށް އެއްވެސް ގޮތެއް ނުދައްކާ ބިޑިއަޅުވާ ހައްޔަރަށްލުން ކުށްވެރި ކުރައްވާ ކަމަށް ބުނެ ޝިޔާމް މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ، ރައީސް ޞާލިހު ވިދާޅުވާ ހުރިހާ ކުޅިވަރަކަށް އޮތް ހަމަހަމަ ފުރުޞަތަކީ މިއީތޯ ސުވާލު ކުރައްވާފައެވެ. އަދި ޑްރިފްޓިންގެ މައްސަލާގައި ހައްޔަރުކޮށްފައިވާ އެންމެން ވަގުތުން ދޫކޮށްލުމަށް ވެސް ޝިޔާމް ވަނީ ގޮވާލައްވާފައެވެ.

ޑްރިފްޓް އެސޯސިއޭޝަނުން ބޭއްވި އެއްވުމުގައި ބައިވެރިވި މީހުން ހައްޔަރު ކުރާތީ ޑްރިފްޓިންގ އެސޯސިއޭޝަނުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ކަންބޮޑުވުންފާޅުކޮށް އެ އެސޯސިއޭޝަނުން ކޮށްފައިވާ ފޭސްބުކް ޕޯސްޓެއްގައި ބުނީ، ބުރާސްފަތި ދުވަހުގެ ރޭ އެ އެސޯސިއޭޝަންގެ ބަޔަކު ހުޅުމާލޭ ޕޮލިސް ސްޓޭޝަން ކުރިމަތީ އެއްވި އެއްވުމުގެ ތެރެއިން އެއްވެސް ހަމަނުޖެހުމެއް ނުހިނގާ ކަމަށާ، އަދި އެ އެއްވުމާއި ގުޅިގެން ފުލުހުން ހިތްހަމަ ނުޖެހޭ އެއްވެސް ކަމެއް ހިނގާފައިވާނަމައެ އެސޯސިއޭޝަނުން އެކަމުގެ ޒިންމާ ނަގަން ތައްޔާރު ކަމަށެވެ.

"ނަމަވެސް ފުލުހުން ވަކިވަކި މީހުން އެކަމާއި ގުޅުވައިގެން ހައްޔަރު ކޮށް މުއްދަތު ޖަހަން ގެންދިޔުން މި އެސޯސިއޭޝަނަށް ބަލައިގަންނަން ދަތި." ޑްރިފްޓް އެސޯސިއޭޝަނުން ބުނެފައިވެއެވެ. 

މީގެ އިތުރުން އެ އެސޯސިއޭޝަނުން ބުނީ، މިވަގުތު ދިވެހިރާއްޖޭގައި ރޭސިން އަށް ވަކި ގާނޫނެއް ހެދިފައި ނުވާތީ، އެފަރާތްތައް ހައްޔަރަށް ގެންދަން ފުލުހުން ބޭނުންކުރާ އުޒުރަކީ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންގެ ވަޒީފާއަށް ހުރަސް އެޅުން ކަމަށެވެ. އެހެން ނަމަވެސް، އެރޭ އެއްވެސް ފުލުހަކަށް އެފަދަ އެއްވެސް ކަމެއް ދިމާވެފައި ނުވާނެ ކަމަށުގެ ޔަގީންކަން އެ އެސޯސިއޭޝަނުން ދޭ ކަމަށްވެސް ބުނެފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.
03 Jun 2026
ބާރަ އަހަރަށް ފަހު ޝިޔާމް އަލުން ވަޒީފާއަށް، މުސާރައިގެ ބައި އިސްތިއުނާފު
ޝިޔާމް ފުލުހުންގެ ވަޒީފާއަށް ނިކުންނަވަން ފެއްޓެވި ނަމަވެސް ދައުލަތުން ވަނީ މުސާރައާ ގުޅޭ ބައި ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކޮށްފަ އެވެ. އެއީ 12 އަހަރުގެ މުސާރަ ދޭން އަންގާފައިވާތީ އެވެ.
03 Jun 2026
އިމްތިހާނު ދުވަސްވަރާ ދިމާވާތީ ޕީއެންސީގެ ކޮންގްރެސްގެ ތާރީހު އަވަސްކޮށްފި
ކޮންގްރެސްގެ ތާރީހު އަވަސް ކުުރުމަށް އެދިވަޑައިގެންނެވީ ވެސް ރައީސް މުޢިއްޒު އެވެ. ރައީސްގެ އެދިވަޑައިގަތުން ފާސްކުރީ މެންބަރުންގެ އިއްތިފާގުންނެވެ.
03 Jun 2026
ރައީސް ކަމަކީ ވަރަށް ބުރަ ކަމެއް، ދެން ކުރިމައްޗެއް ނުލާނަން: ނަޝީދު
އެމަނިކުފާނު އެ ވާހަކަފުޅު ތަކުރާރު ކުރެއްވީ ޗެެއާޕާސަން އިންތިހާބުގެ ކެމްޕެއިނަށް ށ. ފޭދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
03 Jun 2026
އައްޑޫސިޓީ ކައުންސިލުން މިލިއަނުން ހަރަދުކޮށް މެލޭޝިއާ އަދި ސިންގަޕޫރަށް ކުރި ދަތުރު ގޯސްވެއްޖެ
އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، ކައުންސިލުން އެ ދަތުރުތަކަށް ހަރަދުކޮށްފައިވަނީ، ސާކިއުލާގައި އަންގާފައިވާ އެންގުމާ އެއްގޮތަށް ކޮށްފައިވާ ހަރަދުތަކެއް ކަމަށް ބެލެވެން ނެތްކަމަށެވެ