ޝޭފްސް ގިލްޑް އޮފް މޯލްޑިވްސްގެ މެންބަރުން ތަކެއް--ފޮޓޯ: ޝޭފްސް ގިލްޑް އޮފް މޯލްޑިވްސް
ހަބަރު
22 Sep 2022 | 12:55
ޝޭފްސް ގިލްޑް އޮފް މޯލްޑިވްސްގެ "ސީޖީއެމް ޝެފްސް އެވޯޑްސް" އިޢުލާނުކޮށްފި

ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ ރަން ޔޫބިލުގެ މުނާސަބަތާ ގުޅުވައި، ރާއްޖޭގައި ކަލިނަރީ ދާއިރާގެ އަގު ވަޒަންކުރުމަށް ފުރަތަމަ ފަހަރަށް "ސީޖީއެމް ޝެފްސް އެވޯޑްސް" ގެ ނަމުގައި އެވޯޑެއް ތަޢާރަފުކޮށްފިއެވެ.  

ޝެފްސް ގިލްޑް އޮފް މޯލްޑިވްސްއިން ތަޢާރަފްކުރި "ސީޖީއެމް ޝެފްސް އެވޯޑްސް" އަކީ ރާއްޖޭގައި ކަލިނަރީ އާޓްސްގެ ދާއިރާގައި މަސައްކަތްކުރާ، އަދި އެ ފަންނު ދިރުވާ އާލާކުރުމުގައި އުޅޭ އެކި ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ މަޤްސަދުގައި، މި އަހަރުން ފެށިގެން ކޮންމެ ދެ އަހަރަކުން އެއް އަހަރު ދޭނެ އެވޯޑެކެވެ. 

ޝެފްސް ގިލްޑް އޮފް މޯލްޑިވްސްއިން ބުނީ ޝެފުންގެ ކަލިނަރީ ހުނަރުވެރިކަމާއި ފަންނުވެރިކަން ބަދިގެތަކުގެ އިތުރުން މުޖުތަމަޢުގައި ވެސް ބޭނުންކޮށް، ކަލިނަރީ ދާއިރާއިން މުޖުތަމަޢުތަކަށް އެކި ގޮތްގޮތުން ޚިދުމަތްކުރުމަކީ އެ އޯގަނައިޒޭޝަނުން އަބަދުވެސް ބާރުއަޅާ ކަމެއް ކަމަށެވެ.

"ސީޖީއެމް ޝެފްސް އެވޯޑްސް"ގެ މަޤްސަދަކީ މިފަދަ ޝެފުން ފާހަގަކޮށް، އެ ޝެފުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށާއި މުޖުތަމަޢަށް ކޮށްދޭ ޚިދުމަތްތަކުގެ އަގު ވަޒަންކޮށް، ހިތްވަރުދިނުން ކަމަށާ އަދި ރާއްޖޭގައި ކަލިނަރީ ފަންނު ކުރިއެރުވުމުގެ މަސައްކަތްކޮށް، ބައިނަލްއަޤުވާމީ މުބާރާތްތަކާއި ފޯރަމްތަކުގައި ރާއްޖެ ތަމްސީލުކުރާނެ ޤައުމީ ކަލިނަރީ ޓީމެއް އެކުލަވާލުމުގެ މަސައްކަތް ކުރުން ކަމަށްވެސް ޝެފްސް ގިލްޑް އޮފް މޯލްޑިވްސްއިން ބުނެއެވެ.

މި އަހަރުގެ އެވޯޑްސްގައި ހިމެނޭ ކެޓަގަރީތަކަކީ:

• އެގްޒެކެޓިވް ޝެފް

• ސޫ ޝެފް

• ކޮމްޕެޓިޝަން ޝެފް

• އެޑިއުކޭޝަން ޝެފް

• ޕޭސްޓްރީ އެންޑް ބޭކަރީ ޝެފް

• ޔަންގް ޝެފް

• ލޯންގް ސާވިސް ސްޕެޝަލް އެވޯޑު

"ސީޖީއެމް ޝެފްސް އެވޯޑްސް 2022" އަށް ކުރިމަތިލުމަށް ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ޝެފުންނަށް ޝެފްސް ގިލްޑް އޮފް މޯލްޑިވްސްއިން ވަނީ ދަޢުވަތު ދީފައެވެ. އަދި ރާއްޖޭގެ އެކި ރިސޯޓުތަކާއި ރެސްޓޯރަންޓުތަކުން ވެސް، އެ ތަންތަނުގައި މަސައްކަތްކުރާ ޚިދުމަތްތެރި އަދި ހުނަރުވެރި ޝެފުންނާއި ކަލިނަރީ ޕްރޮފެޝަނަލުން މި އެވޯޑަށް ނޮމިނޭޓުކުރުމަށް މި ޖަމިއްޔާއިން ބާރު އަޅައެވެ.

މި އެވޯޑުތަކަށް ކުރިމަތިލާން އެދޭ ފަރާތްތަކުން https://cutt.ly/CGM_ChefsAward ލިންކް މެދުވެރިކޮށް، 10 އޮކްޓޫބަރު 2022 ގެ ކުރިން ނޮމިނޭޝަން ހުށަހެޅުއްވުމަށް އެ ޖަމިއްޔާ އިން ބުނެއެވެ. 

ޝެފްސް ގިލްޑް އޮފް މޯލްޑިވްސް (ސީޖީއެމް)އަކީ ދިވެހިރާއްޖޭގައި މަސައްކަތްކުރާ ޝެފުން ތަމްސީލުކުރުމަށް އުފެއްދި އެންމެ ފުރަތަމަ، އަދި ހަމައެކަނި ނޮން-ޕްރޮފިޓް އަދި ނޮން-ގަވަރންމެންޓް ޖަމްޢިއްޔާއެވެ. މި ޖަމްޢިއްޔާގެ މަޤްސަދަކީ ދިވެހިރާއްޖޭގައި ކަލިނަރީ ފަންނު ކުރިއެރުވުމެވެ. ސީޖީއެމް ރަޖިސްޓްރީކުރީ 2 އޮކްޓޫބަރު 2014 ގައެވެ. އަދި މި ޖަމްޢިއްޔާއަކީ ދުނިޔޭގެ ޝެފުންގެ ޖަމްޢިއްޔާ، ވޯލްޑް އެސޯސިއޭޝަން އޮފް ޝެފްސް ސޮސައިޓީސް (ވޯލްޑްޝެފްސް)އިން ދިވެހިރާއްޖޭގެ ގައުމީ ކަލިނަރީ ޖަމްޢިއްޔާގެ ގޮތުގައި އެންޑޯޒްކުރާ ޖަމްޢިއްޔާއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.
03 Jun 2026
ބާރަ އަހަރަށް ފަހު ޝިޔާމް އަލުން ވަޒީފާއަށް، މުސާރައިގެ ބައި އިސްތިއުނާފު
ޝިޔާމް ފުލުހުންގެ ވަޒީފާއަށް ނިކުންނަވަން ފެއްޓެވި ނަމަވެސް ދައުލަތުން ވަނީ މުސާރައާ ގުޅޭ ބައި ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކޮށްފަ އެވެ. އެއީ 12 އަހަރުގެ މުސާރަ ދޭން އަންގާފައިވާތީ އެވެ.
03 Jun 2026
އިމްތިހާނު ދުވަސްވަރާ ދިމާވާތީ ޕީއެންސީގެ ކޮންގްރެސްގެ ތާރީހު އަވަސްކޮށްފި
ކޮންގްރެސްގެ ތާރީހު އަވަސް ކުުރުމަށް އެދިވަޑައިގެންނެވީ ވެސް ރައީސް މުޢިއްޒު އެވެ. ރައީސްގެ އެދިވަޑައިގަތުން ފާސްކުރީ މެންބަރުންގެ އިއްތިފާގުންނެވެ.
03 Jun 2026
ރައީސް ކަމަކީ ވަރަށް ބުރަ ކަމެއް، ދެން ކުރިމައްޗެއް ނުލާނަން: ނަޝީދު
އެމަނިކުފާނު އެ ވާހަކަފުޅު ތަކުރާރު ކުރެއްވީ ޗެެއާޕާސަން އިންތިހާބުގެ ކެމްޕެއިނަށް ށ. ފޭދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
03 Jun 2026
އައްޑޫސިޓީ ކައުންސިލުން މިލިއަނުން ހަރަދުކޮށް މެލޭޝިއާ އަދި ސިންގަޕޫރަށް ކުރި ދަތުރު ގޯސްވެއްޖެ
އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، ކައުންސިލުން އެ ދަތުރުތަކަށް ހަރަދުކޮށްފައިވަނީ، ސާކިއުލާގައި އަންގާފައިވާ އެންގުމާ އެއްގޮތަށް ކޮށްފައިވާ ހަރަދުތަކެއް ކަމަށް ބެލެވެން ނެތްކަމަށެވެ